ރިނބުދޫ ސްކޫލް
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ

ވަޒީފާގެ ފުރުޞަތު:

މަޤާމު: އެޑްމިނިސްޓްރޭޓިވް އޮފިސަރ

ބޭނުންވާ އަދަދު: 01 ( އެކެއް )

މަޤާމުގެ ގިންތި: ދާއިމީ

މަޤާމުގެ ރޭންކް: ޖީ.އެސް 4

މަޤާމުގެ ކްލެސިފިކޭޝަން: އޮފިސަރ ގްރޭޑް 2

މުސާރަ: -/5020 ރުފިޔާ

ސަރވިސް އެލަވަންސް: -/1500 ރުފިޔާ

ވަޒީފާ އޮތް އޮފީސް: ދ. ރިނބުދޫ ސްކޫލް، ދ. ރިނބުދޫ

ވަޒީފާ އަދާކުރާ ސެކްޝަނާއި ތަން: އެޑްމިން / ރިނބުދޫ ސްކޫލް

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

1- ސްކޫލަށް ލިބޭ ފައިސާއާއި އެ ފައިސާއާބެހޭ އެންމެހާ ލިޔެކިޔުންތައް ދައުލަތުގެ މާލިއްޔަތުގެ ޤާނޫނާއި ފައިސާއާބެހޭ ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެމަތިން ބެލެހެއްޓުން.

2- ސްކޫލަށް ހޯދަންޖެހޭ ތަކެތި ދައުލަތުގެ މާލިއްޔަތުގެ ޤާނޫނާއި ފައިސާއާބެހޭ ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެމަތިން ހޯދުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން.

3- ސްކޫލުން ހޯދާ ޚިދުމަތްތަކާއި ތަކެއްޗާ ގުޅިގެން އެކި ފަރާތްތަކަށް ދޭންޖެހޭ ފައިސާ ދައުލަތުގެ މާލިއްޔަތުގެ ޤާނޫނާއި ފައިސާއާބެހޭ ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެމަތިން ދައްކަމުން ގެންދިއުމާއި، އެކަމާ ގުޅޭ އެންމެހާ ލިޔެކިޔުންތައް ބެލެހެއްޓުން.

4- މުވައްޒަފުންގެ ހާޒިރީ ދުވަހުން ދުވަހަށް ބެލެހެއްޓުމާއި، މަހުންމަހަށް ހާޒިރީރިޕޯޓް ތައްޔާރުކުރުމާއި، އަދި ކޮންމެ މަހެއްގެ 16 ވަނަ ދުވަހު ގަޑީލާރީގެ ރިޕޯޓު ތައްޔާރުކުރުމަށްފަހު ބަޖެޓް ސެކްޝަނާ ހަވާލުކުރުމާއި، މުވައްޒަފުންގެ ސަލާމާއި ޗުއްޓީގެ ކަންތައްތައް ބަލަހައްޓައި ޗުއްޓީ ހުއްދަ ތައްޔާރުކުރުން.

5- މުވައްޒަފުންގެ ވަޒީފާއާއި އަދި ސްކޫލުގެ އެހެނިހެން ކަންކަމާ ގުޅިގެން ލިޔަންޖެހޭ ސިޓީ، މެސެޖް ފަދަ ތަކެތި ލިޔެ ތައްޔާރުކޮށް ފޮނުވުން. އަދި ސްކޫލަށް ބޭނުންވާ މަޤާމުތައް އުފެއްދުމަށް އިޢުލާންކުރުމުގެ ހުއްދައަށް އެދެން ބޭނުންވާ މަޢުލޫމާތުތައް ފުރިހަމަކޮށް ފޮނުވުމާއި، މަޤާމުތަކަށް އިޢުލާންކޮށް މުއްދަތު ހަމަވުމުން އިންޓަރވިއު ފޯމުތައް ތައްޔާރުކޮށް، އިންޓަރވިއު ނިމުމުން ވަޒީފާ ހަމަޖެއްސުމަށް ބޭނުންވާ ހުރިހާ ލިޔެކިޔުންތަކާއެކު ތަޢުލީމާބެހޭ ޔުނިޓަށް ފޮނުވުން.

6- މުވައްޒަފުންގެ ޕާފޯމަންސް އެޕްރައިޒަލްގައި އިދާރީގޮތުން ފުރިހަމަކުރަންޖެހޭ ބައިތައް (މުވައްޒަފުގެ މަޢުލޫމާތުތައް) ފުރިހަމަ ކުރަންޖެހޭ މުއްދަތަށް ފުރިހަމަކުރުން.

7- ސްކޫލުގެ އިންވެންޓްރީ ގަވާއިދުން ބެލެހެއްޓުން.

8- މުވައްޒަފުންގެ ރަޖިސްޓަރީ ބެލެހެއްޓުން. މިގޮތުން ވަޒީފާއަށް އަލަށް ވަންނަ މުވައްޒަފުންނާއި، ވަޒީފާއިން ވަކިވާ ނުވަތަ ބަދަލުވާ މުވައްޒަފުންގެ މަޢުލޫމާތުތައް، ޗިޓުގައިވާގޮތަށް ރަޖިސްޓަރީގައި ލިޔެ ފުރިހަމަކުރުން.

9- ސްކޫލުގެ ސްޓޮކް ބަލަހައްޓައި އަދި ސްޓޮކަށް ބޭނުންވާ ތަކެތި ބަރާބަރަށް މަދުނުވެ ލިބޭނެހެން ހޯދުމުގެ މަސައްކަތް މާލިއްޔަތު ގަވާއިދާ އެއްގޮތަށް ސްކޫލުގެ ވެރިންގެ ލަފާގެމަތިން ކުރިއަށްގެންދިއުން.

10- ސްކޫލުގެ ހުރިހާ ޢިމާރާތެއްގެ ތަޅުދަނޑިއާއި މުވައްޒަފުންގެ ކަބަޑުތަކުގެ ތަޅުދަނޑިތައް، މުވައްޒަފުންނަށް ދޫކުރުމާއި ބެލެހެއްޓުން.

11- ސްކޫލުގައި ބޭއްވޭ ތަފާތު އިމްތިޙާނުތަކާ ގުޅިގެން ކުރަންޖެހޭ މުހިންމު އިދާރީ މަސައްކަތްތައް، އިމްތިޙާނުތަކުގެ ފޯކަލްޕޮއިންޓުގެ ލަފާގެމަތިން ކުރުން.

12- ޓެސްޓްޕޭޕަރާއި އަދި ކިޔަވައިދިނުމަށް ބޭނުންކުރާ ހޭންޑްއައުޓްސް ފަދަ ތަކެތި ޕްރިންޓް ކުރުމުގައި ލީޑިންގ ޓީޗަރުންނާއި އަދި ޓީޗަރުންނަށް އެހީތެރިވުން.

މަޤާމުގެ ޝަރުޠު:

ތަޢުލީމީ ފެންވަރު:

1- އެޑްމިނިސްޓްރޭޝަން / މެނޭޖްމެންޓްގެ / އެކައުންޓިންގ / ފައިނޭންސް / ބިޒްނަސް ނުވަތަ އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން.

2- މަތީ ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'އީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން ހަޔަރ ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' މިމާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން. ނުވަތަ

3- ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' މިމާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުމާއެކު، މަޤާމުގެ މަސައްކަތު ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންކަން:

ހ- ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.

ށ- މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

ނ- ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއު ކޮށްގެން.

އިންޓަރވިއު ކުރުން:

ހ- މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތްތަކުގެ އިންޓަރވިއު، 10 ޖުލައި 2016 ވަނަ ދުވަހު ރިނބުދޫ ސްކޫލުގައި ބޭއްވޭނެއެވެ.

ށ. އިންޓަރވިއުއަށް ކިޔާނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

ހ. ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު، ރިނބުދޫ ސްކޫލުން ލިބޭނެއެވެ. އަދި ސިވިލް ސަރވިސްގެ ވެބްސައިޓް www.csc.com.mv އިން ޑައުންލޯޑްވެސް ކުރެވޭނެއެވެ.)

ށ. ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔެކިޔުންތައް (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑުޖަހާފައިވާ ލިޔުމުގެ ކޮޕީ)

ނ. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

ނ. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ދެފުށުގައިވާ ލިޔުންތައް ފެންނަ އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.

ރ. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯން ނަންބަރާއެކު)

ތަކެތި ހުށަހަޅަންޖެހޭ އޮފީހާއި ސުންގަޑި:

- މިވަޒިފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ، ދ. ރިނބުދޫ ސްކޫލަށެވެ.

- ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ 2016 ޖުލައި 03 ވަނަ ދުވަހުގެ 14:00 އެވެ.

ނޯޓް

މި އިޢުލާނާ ގުޅިގެން މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތްތަކާ އިންޓަރވިއު ކުރުމަށްފަހު، އޭގެ ތެރެއިން އެންމެ މަތީ މާކްސް ލިބޭ އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މިވަޒީފާ ހަމަޖައްސައިދެވޭނެއެވެ.

އިތުރު މަޢުލޫމާތު:

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން، ރިނބުދޫ ސްކޫލުގެ 7952917 ނަންބަރު ފޯނާ ގުޅުއްވުން އެދެމެވެ.

18 ރަމަޟާން 1437

23 ޖޫން 2016
ހޯދާ