ތިލަދުންމަތީ ދެކުނުބުރީ މަކުނުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަސައްކަތު

ތިރީގައި މިބަޔާންކުރާ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލަމެވެ.

މަޤާމު:

މަސައްކަތު

މަޤާމުގެ ކުލެސިފިކޭޝަން:

ސަޕޯޓް ސަރވިސް ގްރޭޑް 1

ރޭންކް:

އެސް.އެސް 1 (ސަޕޯޓް ސަރވިސް)

ސެކްޝަން:

މަކުނުދޫ ކައުންސިލްގެ އިދާރާ

ޔުނިޓް:

އިކޮނޮމިކް ސޯޝަލް އެންޑު މުނިސިޕަލްސަރވިސަސް

މަޤާމުގެ ގިންތި:

ވަގުތީ (ކޮންޓްރެކްޓް އުސޫލުން 01 އަހަރަށް)

މުސާރަ:

-/3100ރ (ތިންހާސް އެއްސަތޭކަ ރުފިޔާ)

ސަރވިސް އެލަވަންސް

-/1000ރ

ބޭނުންވާ އަދަދު:

2 ( ދޭއް )

ޝަރުޠު:

1- ލިޔަންކިޔަން ދަތުމާއެކު މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލުކަން ލިބިފައިވުން

މަޤާމުގެ މަސްއޫލިއްޔަތު:

  1. ބަނދަރު ސަރަޙަދުގެ (ފަޅުތެރެ) ޖެޓީ ބުޑަށް ޖަމާވާ ކުނިތައް ނަގައި އުކާލުން.
  2. ކައުންސިލުން ހަދައި ގެޒެޓްކުރެވިފައިވާ ގަވާއިދު ތަންފީޒުކޮށް އެއަށް ޢަމަލުކުރުން.
  3. ބަނދަރުގައި ހެދިފައިވާ ފެންމުޑިތަކުން ކަނޑައެޅޭ އުސޫލަކުން މަސްވެރިންނަށް ފެންދޫކުރުން.
  4. ކައުންސިލުން ހަދާ މަސްމާރުކޭޓް ބަލައި ދިމާވާ މައްސަލަތައް ހައްލުކޮށް ބެލެހެއްޓުން.
  5. ބަނދަރު ފެހިކުރުމާއި ޒީނަތްތެރިކޮށް ބެލެހެއްޓުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތައްކުރުން.
  6. ރަށުގެ ގޮނޑުދޮށަށް ޖަމާވާ ކުނިތައް ނަގައި އުކާލުން
  7. ސަރުކާރުން ރައްޔިތުންގެ ލާބައާއި މަންފާއަށް ކުރެވޭ އެންމެހާ މަސައްކަތްތަކުގައި ޢަމަލީގޮތުން ބައިވެރިވެ އެއްބާރުލުން ދިނުން.
  8. ލޯކަލް ކައުންސިލްގެ ޤާނޫނު ނުވަތަ އެހެންވެސް ޤާނޫނަކުން ކައުންސިލްތަކަށް ލާޒިމްކުރާ އެންމެހައި ކަންތައްތަކަށް ޢަމަލީގޮތުން އެހީތެރިކަން ދިނުން.
  9. ކައުންސިލްގެ މަސައްކަތްތަކާ ގުޅިގެން ކުރަންޖެހޭ އެންމެހައި މަސައްކަތްތައްކުރުން

ސުންގަޑި:

28 ޖޫން 2016 ވާ އަންގާރަ ދުވަހުގެ 13:00ގެ ކުރިން ތިލަދުންމަތީ ދެކުނުބުރީ މަކުނުދޫ ކައުންސިލްގެ އިދާރާއަށް.

ހުށަހަޅަންޖެހޭ ލިޔެކިޔުންތައް:

1- ސިވިލްސަރވިސް ވަޒީފާއަށް އެދޭ ފޯމު

2- ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ

3- ލިބިފައިވާ ތަޖުރިބާ ދަލީލުކޮށްދޭ ލިޔުންތަކުގެ ކޮޕީ

4- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ

5- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ނަންބަރާއެކު)

6- އެހެން ވަޒީފާއެއްގައި އުޅޭނަމަ، ވަޒީފާ ބަދަލުވުމުގައި މިހާރު އުޅޭ ވަޒީފާއިން ބަދަލުވުމުގެ އިއުތިރާޒެއްނެތްކަމުގެ ލިޔުން.

ނޯޓް: ވަޒީފާގެ އިންޓަރވިއުއަށް ހޮވޭ ފަރާތްތަކުން، އިންޓަރވިއުއަށް ދުރުވާއިރު މަތީގައި ބަޔާންކުރެވިފައިވާ ލިޔެކިޔުންތަކުގެ އަސްލު ގެންނަންވާނެއެވެ.

އިތުރު މަޢުލޫމާތު:

  • މި ވަޒީފާއަށް ކުރިމަތިލައްވާ ފަރާތްތަކުގެ އިންޓަރވިއުއަށް ހާޒިރުވާންޖެހޭ ގަޑި އަދި ތާރީޚު ފަހުން އެންގޭނެއެވެ.
  • މިވަޒީފާއަށް ހޮވޭ ފަރާތްތަކުން މަސައްކަތަށް ނުކުންނަންޖެހޭނީ ކައުންސިލްގެ އިދާރާއިން އަންގާ ދުވަސްތަކުގައެވެ. މިއިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވާނަމަ، ރަސްމީގަޑީގައި މިއިދާރާގެ ނަންބަރު 6520038 ފޯނާ ގުޅުއްވުން އެދެމެވެ.

މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

15 ރަމަޟާން 1437

20 ޖޫން 2016
ހޯދާ