އަރިއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކޮމްޕިއުޓަރ ޓެކްނީޝަން

މަޤާމު:

ކޮމްޕިއުޓަރ ޓެކްނީޝަން   

ރޭންކް:

އެމް.އެސް 1

ކްލެސިފިކޭޝން:

ޓެކްނިކަލް އޮފިސަރ ގްރޭޑް 1

އޮފީސް / އިދާރާ:

އަރިއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ

ސެކްޝަން:

ކޯޕަރޭޓް އެފެއާޒް

ވަޒީފާ އަދާކުރަންޖެހޭ ތަން:

އއ.އަތޮޅު ކައުންސިލްގެ އިދާރާ

މުސާރަ:

-/5,610 ރުފިޔާ

ސަރވިސް އެލަވަންސް:

-/2,000 ރުފިޔާ

ބޭނުންވާ އަދަދު:

01 (އެކެއް)

މަޤާމުގެ ޝަރުޠުތައް:

1. މެނޭޖްމަންޓް އިންފޮމޭޝަން ސިސްޓަމް/ކޮމްޕިއުޓަރ ސެކިއުރިޓީ/ޑާޓާބޭސް އެންޑް އިންފޮމޭޝަން ސިސްޓަމް/އޯ.އެސް އެންޑް ނެޓްވާރކިންގ/ކޮމްޕިއުޓަރ އެންޑް ސިސްޓަމް އާރކިޓެކްޗަރ/ޑާޓާ ސްޓޯރޭޖް ސިސްޓަމް/ޑިޖިޓަލް ކޮމިއުނިކޭޝަން އެންޑް ނެޓްވާރކިންގ، ހާޑްވެއަރ ސިސްޓަމް/ސޮފްޓްވެއަރ އިންޖިނޭރިންގ، މިދާއިރާތަކުގެ ތެރެއިން ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ

2. މެނޭޖްމަންޓް އިންފޮމޭޝަން ސިސްޓަމް/ކޮމްޕިއުޓަރ ސެކިއުރިޓީ/ޑާޓާބޭސް އެންޑް އިންފޮމޭޝަން ސިސްޓަމް/އޯ.އެސް އެންޑް ނެޓްވާރކިންގ/ކޮމްޕިއުޓަރ އެންޑް ސިސްޓަމް އާރކިޓެކްޗަރ/ޑާޓާ ސްޓޯރޭޖް ސިސްޓަމް/ޑިޖިޓަލް ކޮމިއުނިކޭޝަން އެންޑް ނެޓްވާރކިންގ، ހާޑްވެއަރ ސިސްޓަމް/ސޮފްޓްވެއަރ އިންޖިނޭރިންގ، މިދާއިރާތަކުގެ ތެރެއިން ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުން.

ނުވަތަ

3. މެނޭޖްމަންޓް އިންފޮމޭޝަން ސިސްޓަމް/ކޮމްޕިއުޓަރ ސެކިއުރިޓީ/ޑާޓާބޭސް އެންޑް އިންފޮމޭޝަން ސިސްޓަމް/އޯ.އެސް އެންޑް ނެޓްވާރކިންގ/ކޮމްޕިއުޓަރ އެންޑް ސިސްޓަމް އާރކިޓެކްޗަރ/ޑާޓާ ސްޓޯރޭޖް ސިސްޓަމް/ޑިޖިޓަލް ކޮމިއުނިކޭޝަން އެންޑް ނެޓްވާރކިންގ، ހާޑްވެއަރ ސިސްޓަމް/ސޮފްޓްވެއަރ އިންޖިނޭރިންގ، މިދާއިރާތަކުގެ ތެރެއިން ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 4 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

މަޤާމުގެ މަސްއޫލިއްޔަތުތަކާއި

ވާޖިބުތައް:

  1. އިދާރާގެ ސަރވަރ އާއި ލޯކަލް ނެޓްވާރކަށް ދިމާވާ މައްސަލަތައް ޙައްލުކުރުމާއި ސަރވަރ އަޕްޑޭކޮށް ބެލެހެއްޓުން.
  2. ކޮމްޕިއުޓަރ ސިސްޓަމްތަކާއި، މެޝިނަރީތަކަށް ދިމާވާ މައްސަލަތައް ބަލައި ޙައްލުކުރެވެން ހުންނަ ކަންކަން ޙައްލުކުރުމާއި، މަރާމާތަށް ބޭނުންވާ ތަކެތި ފާހަގަކޮށް، މަރާމާތު ކުރުމުގެ މަސައްކަތާ ހަވާލުވެހުރި މުވައްޒަފަށް ދަންނަވައިގެން މަރާމާތުގެ ކަންކަން ހިންގައި ބެލެހެއްޓުން.
  3. އިދާރާގެ ވެބްސައިޓް ހެދުމާއި، ވެބްސައިޓް އަޕްޑޭޓްކޮށް ބެލެހެއްޓުމާ ބެހޭގޮތުން ކުރަންޖެހޭ ކަންކަން ކުރުމާއި، މުވައްޒަފުންގެ ރަސްމީ އީމެއިލް ތައްޔާރު ކުރުމާއި، އެކަމާ ގުޅިގެން ދިމާވާ މައްސަލަތައް ޙައްލުކުރުން
  4. ސަރުކާރުގެ އީ-ލެޓަރ ނިޒާމާ ގުޅިގެން ކުރަންޖެހޭ ކަންކަން ކުރުމާއި، ހުށަހެޅޭ މައްސަލަތައް ހިންގައި ބެލެހެއްޓުން.
  5. އިދާރާގެ ޕީ.އޭ.ބީ. އެކްސް ސިސްޓަމާއި، އައިގާޑް ސިސްޓަމް ދިމާވާ މައްސަލަތަކާ ގުޅިގެން ކުރަންޖެހޭ ކަންކަން ކުރުން
  6. މުވައްޒަފާ ހަވާލުކޮށްފައިވާ މައްސަލަތަކުގެ ރެކޯޑު ލިޔެ އަޕްޑޭޓްކޮށް ބެލެހެއްޓުމާއި ފައިލްކުރުން.
  7. އޮފީހުން ކުރިއަށް ގެންދާ ޚާއްޞަ މަސައްކަތްތަކުގައި ބައިވެރިވުމާއި، އޮފީހުގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ހަވާލުކުރެވޭ އެހެނިހެން ކަންކަން ކުރުން.

ވަޒީފާއަށް އެންމެ ގާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  1. ލިބިފައިވާ ތަޢުލީމާއި ތަމްރީނު:   (ކަނޑައެޅިފައިވާ އިންސައްތަ %49)
  2. ލިބިފައިވާ މަސައްކަތުގެ ތަޖުރިބާ:  (ކަނޑައެޅިފައިވާ އިންސައްތަ %8)
  3. ލިބިފައިވާ ހުނަރު / އިންޓަރވިއު:  (ކަނޑައެޅިފައިވާ އިންސައްތަ %43)

އިންޓަރވިއު އަދި ޕްރެކްޓިކަލްސް އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހުން ހޮވުމަށް ބާއްވާ އިންޓަރވިއު، ވަޒީފާއަށް އެދުމުގެ ސުންގަޑި ހަމަވުމަށްފަހު ޖެހިގެން އަންނަ މަސައްކަތު 15 ދުވަހުގެ ތެރޭގައި އޮންނާނެއެވެ. އިންޓަރވިއު އޮންނަ ތަނާއި ހާޒިރުވާންވީ ތާރީޚާއި ގަޑި ވަޒީފާއަށް އެދޭ ފަރާތްތަކަށް އެންގޭނެއެވެ.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

މި މަޤާމަށް އެދެންވާނީ، ފުރިހަމަކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމަކުންނެވެ. ވަޒީފާއަށް އެދޭ ފޯމު ހުށަހެޅޭނެ އެންމެ ފަހު ތާރީޚަކީ، 2016 ޖުލައި 11 ވާ ހޯމަ ދުވަހުގެ 14:00 އެވެ. ފޯމު ހުށަހަޅާނީ، އަރިއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާއަށެވެ.

އުޖޫރައާއި އިނާޔަތްތައް:

  • އިތުރުގަޑީގެ ފައިސާ: އިތުރުގަޑީގައި މަސައްކަތްކުރާ ދުވަސްތަކަށް ކަނޑައެޅިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.
  • ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ކަނޑައެޅިފައިވާ އެހެނިހެން އިނާޔަތްތައް ދެވޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (އއ.އަތޮޅު ކައުންސިލް އިދާރާއިންނާއި، ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓް www.csc.gov.mv އިން ލިބެން ހުންނާނެއެވެ.)
  2. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
  3. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުގެ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)
  4. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  5. ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ (މުއްދަތު ހަމަނުވާ) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީ.
  6. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީ.ވީ)

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވާނަމަ، 6660606 ނަންބަރު ފޯނާ ގުޅުއްވުމުން ލިބިވަޑައިގަންނަވާނެއެވެ. ފެކްސް ނަންބަރަކީ 6660707 އެވެ. އީ-މެއިލް އެޑްރެހަކީ [email protected] އެވެ.

22 ޖޫން 2016
ހޯދާ