ތިލަދުންމަތީ އުތުރުބުރީ މާރަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފައިނޭންސް އޮފިސަރ (ދާއިމީ)

އިޢުލާން

މިއިދާރާގެ ތިރީގައި މިދަންނަވާ މަޤާމަށް މީހަކު ބޭނުންވެއްޖެއެވެ.

މަޤާމު

ފައިނޭންސް އޮފިސަރ (ދާއިމީ)

މަޤާމުގެ ރޭންކް

އެމް.އެސް. 1 (މެނޭޖީރިއަލް ސަރވިސް 1)

މަޤާމުގެ ކުލެސިފިކޭޝަން

ޓެކްނިކަލް އޮފިސަރ ގްރޭޑް 1

އޮފީސް/ އިދާރާ ޔުނިޓް

ތިލަދުންމަތީ އުތުރުބުރީ މާރަންދޫ ކައުންސިލްގެ އިދާރާ (ކޯޕަރޭޓް އެފެއާޒް)

ސެކްޝަން

-  

ވަޒީފާ އަދާކުރަންޖެހޭ ތަން

ތިލަދުންމަތީ އުތުރުބުރީ މާރަންދޫ ކައުންސިލް އިދާރާ، ހއ. މާރަންދޫ

މުސާރަ:

-/5610 ރުފިޔާ

ސަރވިސް އެލަވަންސް:

-/2000 ރުފިޔާ

ބޭނުންވާ އަދަދު:

01 (އެކެއް)

ގިންތި:

ދާއިމީ

މަޤާމުގެ ޝަރުޠުތައް:

1. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ

2. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުން،

ނުވަތަ

3. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 4 ނުވަތަ އެއައްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

މަޤާމުގެ މަސައްކަތާގުޅޭ ދާއިރާތައް:

* އެޑްމިނިސްޓްރޭޝަން އެންޑް މެނޭޖްމަންޓުގެ ދާއިރާ

* އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާ

* ބިޒްނަސް އެޑްމިނިސްޓްރޭޝަނުގެ ދާއިރާ

* ފައިނޭންސްގެ ދާއިރާ

* އެކައުންޓްސްގެ ދާއިރާ

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

މައިގަނޑު މަސައްކަތްތައް:

01- ޕޭމަންޓްވައުޗަރ ތައްޔާރުކުރުމަށްފަހު ބަޖެޓުން ހޯދަންޖެހޭ ފައިސާ ހޯދުން

02- ފައިސާ ހަވާލުކުރަންޖެހޭ ފަރާތްތަކަށް ފާއިސާ ހަވާލުކުރުން

03- ކައުންސިލް އިދާރާ މެދުވެރިކޮށް މުސާރަ ދެއްވާ މުވައްޒަފުންނަށް މުސާރަ މުވައްޒަފުންގެ އެކައުންޓްތަކަށް ޖަމާކުރުން

04- ފައިސާ ޖަމާކުރާ ފޮތް ލިޔެ ބެންކަށް ފައިސާ ޖަމާކުރުން

05- ފައިސާ ބަލައިގަތުން

06- ތިޖޫރީގައިހުރި ފައިސާގެ ހިސާބުތައް ލިޔެ ބެލެހެއްޓުމާއި ތިޖޫރީ ހަވާލުވުން

07- ކައުންސިލް އިދާރާގެ ހުރިހާ އެކައުންޓްތަކުގެ ހިސާބު ބެލެހެއްޓުން

08- ޚަރަދުވައުޗަރ ތައްޔާރުކުރުން

09- ވައުޗަރ ރަޖިސްޓަރީ ބެލެހެއްޓުން

10- ޗެކް ހަވާލުކުރުމާއި ޗެކް ރަޖިސްޓަރީ ބެލެހެއްޓުން

11- ރައްޔިތުންގެ އެކައުންޓްތަކުގެ ފައިސާގެ ހިސާބު ބެލެހެއްޓުން

12- ކުއްޔަށް ދޭ ބިންބިމަށް ލިބޭ ފައިސާގެ ރިޕޯޓު ތައްޔާރުކޮށް ފޮނުވުން

13- އެކިއެކި ފަންޑުތަކާބެހޭ ކަންތައްތަކާއި ހިސާބު ބެލެހެއްޓުން

14- ފައިސާއާބެހޭ ރިޕޯޓްތައް ތައްޔާރުކުރުން

   (ހ) އިތުރުގަޑިއާއި ބަންދުދުވަހުގެ ރިޕޯޓް  

   (ށ) ދިދަގަޑީގެ ރިޕޯޓް

   (ނ) މުސާރަޝީޓު ތައްޔާރުކުރުން      

   (ރ) އާމްދަނީ ފައިސާގެ ރިޕޯޓް

15- އާމްދަނީގެ ގޮތުގައި ލިބޭ ފައިސާ ސަރުކާރުގެ އޮފީސްތަކަށް ފޮނުވުމަށް ފައިސާ ޓްރާންސްފަރ ކުރާ ފޯމާއި ޓްރާންސްފަރ ރަޖިސްޓަރީ ލިޔެ ބެލެހެއްޓުން

16- ކައުންސިލްގެ ފައިނޭޝަލް ރިޕޯޓް ތައްޔާރުކޮށް، ކޮންމެ 6 މަހަކުން ލޯކަލް ގަވަރމަންޓް އޮތޯރިޓީއަށް ފޮނުވުން

17- ވަގުތީގޮތުން ނަގާ މުވައްޒަފުންނަށް ދޭންޖެހޭ އެލަވަންސް ހަވާލުކުރުން

18- ކޮންމެމަހެއް ނިމުމުން އެމަހެއްގެ 2،1 ގެ ރިޕޯޓްތައް ތައްޔާރުކުރުން

(ހ) ކައުންސިލް އިދާރާގެ ޚަރަދު ރިޕޯޓް

(ށ) މިސްކިތު މުވައްޒަފުންގެ ބަންދު ދުވަހުގެ ރިޕޯޓް

19- ކްރެޑިޓް ސްކީމުގައި ބައިވެރިވުމާއި ސްކީމަށް ފައިސާ ދެއްކުމުގައި އިދާރާއިން ކުރަންޖެހޭ އިދާރީ މަސައްކަތްތައް ކުރުން

20- ކައުންސިލް އިދާރާގެ ލަފާކުރާ ބަޖެޓް ތައްޔާރުކުރުން

21- މުވައްޒަފުންގެ ރަޖިސްޓަރީތައް ބެލެހެއްޓުން

(ހ) ވަޒީފާ ލިބުމުން ރަޖިސްޓަރީއަށް އެރުވުން

(ށ) މުވައްޒަފުންގެ މަޤާމުގެ ކުރިއެރުންތައް ރެކޯޑުކޮށް ބެލެހެއްޓުން

(ނ) މުވައްޒަފުންގެ ފޮހޭ ރަޖިސްޓަރީ ބެލެހެއްޓުން

(ރ) މަޤާމުގެ ރަޖިސްޓަރީ ބެލެހެއްޓުން

22- މުވައްޒަފުންގެ ރެކޯޑު ފައިލްތައް ބެލެހެއްޓުން

  (ހ) ރެކޯޑުފައިލްގައި ހުންނަންޖެހޭ ވަޒީފާ ދެއްވި ޗިޓު، ތަޢުލީމީ ސެޓުފިކެޓު، ވަޒީފާގެ އެއްބަސްވުން، ވަޒީފާ ބަޔާން، ހާޒިރީ ރެކޯޑުޝީޓު، ސަލާމްސިޓީއާއި ސެޓުފިކެޓު އަދި ޗުއްޓީ ރެކޯޑު ފަދަ ލިޔުންތައް ރެކޯޑުފައިލަށް ލުން

  (ށ) ވާރކްޝޮޕް ސެމިނަރ ފަދަ ބައްދަލުވުންތަކުގައި ލިބޭ ސެޓުފިކެޓުތަކުގެ ކޮޕީ ރެކޯޑުފައިލަށް ލުން

  (ނ) މުވައްޒަފުންނަށް ދެވޭ ނަސޭހަތާއި އިންޒާރު ތައްޔާރުކޮށް ސޮއިކޮށް ނިމުމުން ފައިލް ކުރުން

  (ރ) މުވައްޒަފުންގެ އަޕްރައިޒަލް ފޯމު ތައްޔާރުކުރުން

23- މުވައްޒަފުންގެ ބައްދަލުވުން ބޭއްވުން

  (ހ) ޒިންމާދާރުވެރިޔާ އަންގާ ގޮތެއްގެމަތިން މުވައްޒަފުންގެ ބައްދަލުވުންތަކަށް ދަންނަވާ ލިޔުން

  (ށ) ބައްދަލުވުން އިންތިޒާމުކުރުން

24- އިދާރާއިން ފޮނުވަންޖެހޭ ސިޓީ، މެސެޖް، ލިޔުން ތައްޔާރު ކުރުމާއި ފޮނުވުމާއި، ފެކްސް ކުރުމާއި މެއިލް ކުރުން

25- ރަސްމީގަޑިއާއި ނުރަސްމީގަޑީގައި އިދާރާ ހުޅުވައި ބަންދުކުރުން، ރިސެޕްޝަން ކައުންޓަރު ބެލެހެއްޓުމާއި، އެޕޮއިންޓްމަންޓްތައް ހަމަޖެއްސުން އަދި ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ހެއްދުމުގެ މަސައްކަތް

26- އިދާރާއިން ހަވާލުކުރަންޖެހޭ ތަކެތި ހަވާލުކުރުން

27- އިދާރާގެ މޮޑަމް ބެލެހެއްޓުން

28- ފައިލް ކުރުން

29- ފޮތްތަކުގައި ނަންކޮޅު ތައްކުރުމާއި ގަނޑު ލެއްވުމާއި ސެލޯފިން ލެއްވުމާއި އަދި ފައިލްތަކުގައި ނަންކޮޅު ހަރުކުރުން

30- ރަށުގެ ތަރައްޤީއަށްޓަކައި ކުރާ މަސައްކަތްތަކުގައި ޢަމަލީގޮތުން ބައިވެރިވުން.

31- މީގެއިތުރުން ދިވެހި ސިވިލް ސަރވިސްގެ ޤާނޫނާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެމަތިން ވެރިން އަންގަވާ އިދާރާގެ މަސައްކަތްތައް ކުރުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

* ލިބިފައިވާ ތަޢުލީމާއި ތަމްރީނު

* ލިބިފައިވާ މަސައްކަތުގެ ތަޖުރިބާ

* ލިބިފައިވާ މަސައްކަތުގެ ހުނަރާއި ފެންވަރާއި ޤާބިލުކަމުގެ ސިފަތައް

އިންޓަރވިއު ބާއްވާނެ ތަނާއި ތާރީޚު

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު އޮންނާނީ 2016 ވަނަ އަހަރުގެ ޖުލައިމަހުގެ ތެރޭގައި، މާރަންދޫ ކައުންސިލްގެ އިދާރާގައެވެ. ވުމާއެކު، މިވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެތާރީޚުތަކުގައި އިންޓަރވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުމަށްވެސް ދަންނަވަމެވެ. (ވަޒީފާއަށް ޝަރުޠު ހަމަވާ ފަރާތްތަކަށް އިންޓަރވިއު އޮންނާނެ ތާރީޚާއި ގަޑި ލިޔުމަކުން އެންގޭނެ)

ޝޯޓްލިސްޓްކުރުން

މިވަޒީފާއަށް އެދި ހުށަހަޅާފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތެއް ޝޯޓްލިސްޓް ކުރެވޭނެއެވެ.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

މިމަޤާމަށް ކުރިމަތި ލެއްވުމަށް ބޭނުންފުޅުވާ ފަރާތްތަކުން "ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު" ފުރިހަމަ ކުރެއްވުމަށްފަހު 13 ޖުލައި 2016 ވާ ބުދަ ދުވަހުގެ 13:30 ގެކުރިން ވަޒީފާއަށް އެދޭ ފޯމާއި އެފޯމާގުޅޭ ލިޔުންތައް މާރަންދޫ ކައުންސިލް އިދާރާއަށް ހުށަހަޅުއްވަން ވާނެއެވެ. އަދި މިފޯމު މިއިދާރާގެ ކައުންޓަރުން ލިބެން ހުންނާނެވާހަކަ ދެންނެވީމެވެ.

އުޖޫރައާއި އިނާޔަތްތައް:

1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް

2. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން

3. ސިވިލްސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ

4. ވަޒީފާއާ ގުޅިގެން ދެވޭ އެހެނިހެން އެލަވަންސްތައް

ހުށަހަޅަންޖެހޭ ލިޔުންތައް:

1- ފުރިހަމަ ކޮށްފައިވާ އެޕްލިކޭޝަންފޯމު (އެޕްލިކޭޝަންފޯމު މިއިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.)

2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (އެޕްލިކޭޝަން ފޯމާއެކުވާ)

3- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެމުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިއުމެއް

4. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހިރާއްޖޭގެ ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް

5. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ

  (ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބަލާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ. (އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުގެ ނުވަތަ ކޯސް ފުރިހަމަކުރި ކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކިފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އެތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ)

   (ށ) ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގާ ކޯސްތައް ފުރިހަމަކޮށް ހުށަހަޅާ ސެޓުފިކެޓުތައް (އެކްރެޑިޓް ކޮށްފައި ނުވި ނަމަވެސް)

6- ފުރިހަމަކޮށްފައިވާ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ

7- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ. (މަސައްކަތްކުރި ތަންތަނުން، މަސައްކަތްކުރި މުއްދަތާއި މަޤާމާއި މަޤާމުގެ ޝަރުޠާއި ރޭންކާއި މަސްއޫލިއްޔަތު ބަޔާންކޮށްފައިވާ)

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ މިއިދާރާގެ ނަންބަރު: 6500029 ފޯނާއެވެ. އަދި ފެކްސް ނަންބަރަކީ 6500061 އެވެ.

މިހެންވެ، މިކަން އާންމުކޮށް އަންގައި އިޢުލާންކުރީމެވެ.

14 ރަމަޟާން 1437

19 ޖޫން 2016
ހޯދާ