ދިވެހިރާއްޖެ
އިޢުލާން
ހއ. އަތޮޅު ހޮސްޕިޓަލް ފޮޅައި ސާފުކުރުމާބެހޭ:
އަމިއްލަ ތަކެތީގައި މި ހޮސްޕިޓަލްގެ ޢިމާރާތްތަކާއި ގޯތިތެރެ ކުނިކަހައި ފޮޅައި ސާފުކުރުމުގެ މަސައްކަތް ކޮންޓްރެކްޓް އުސޫލުން ކޮށްދޭނެ ފަރާތެއް ހޯދުމަށް އެދި މި ހޮސްޕިޓަލްގެ ކޮށްފައިވާ ނަންބަރު HAAH-A(IUL)/2016/03 (28 އެޕްރީލް 2016) އިޢުލާނަން ހުށަހަޅުއްވާފައިވާ އަންދާސީހިސާބުތައް ފުރިހަމަނުވާތީ، އެ އިޢުލާން ބާޠިލުކޮށް, އަލުން އެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށްޓަކައި އިޢުލާންކުރީމެވެ.
ވީމާ، އަމިއްލަ ތަކެތީގައި ކޮންޓްރެކްޓް އުސޫލުން މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2016 ޖޫން 30 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް ހއ. އަތޮޅު ހޮސްޕިޓަލްގެ އިދާރީ އޮފީހަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2016 ޖުލައި 10 ވާ އާދީއްތަ ދުވަހުގެ 11:00 އަށް ހއ. އަތޮޅު ހޮސްޕިޓަލްގެ އިދާރީ އޮފީހަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
އަދި ދަންނަވަމެވެ. މި މަސައްކަތުގެ މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބާއި، ގަޑިޖެހުމަށްފަހު ހުށަހަޅުއްވާ އަންދާސީހިސާބުތައް ބަލައިނުގަނެވޭނޭ ވާހަކަ ދެންނެވީމެވެ.
މިހެންވެ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.
18 ރަމަޟާން 1437