މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ދިވެހިރާއްޖެ
ސާފު ރާއްޖެ ޤައުމީ މަހާސިންތާ 2016 އަށް ބޭނުންވާ ބުކްލެޓްތައް ޕްރިންޓްކުރުމުގެ ޚިދުމަތް ފޯރުކޮށްދިނުމާބެހޭ

އިޢުލާން

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީން 16 ޖުލައި 2016 އިން 19 ޖުލައި 2016 އަށް މާލޭގައި ބޭއްވުމަށް ހަމަޖެހިފައިވާ "ސާފު ރާއްޖެ ޤައުމީ މަހާސިންތާ 2016"ގައި ބައިވެރިވާ ފަރާތްތަކަށް ދިނުމަށް ހަމަޖެހިފައިވާ ބުކްލެޓްތައް ޕްރިންޓުކުރުމުގެ ޚިދުމަތް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

ފޯރުކޮށްދޭންޖެހޭ ޚިދުމަތްތައް

މި މަހާސިންތާއަށް ބޭނުންވާ ބުކްލެޓްތައް ޕްރިންޓްކުރުމުގެ ޚިދުމަތް ފޯރުކޮށް ދޭންޖެހޭ ގޮތްތަކާއި ވަގުތު އަދި ޚިދުމަތުގެ ކޮލެޓީއާއި އެހެނިހެން ކަންކަން ހަމަޖެހިފައި ހުންނަން ޖެހޭގޮތުގެ ތަފުސީލު ހިމަނާފައިވާ ޓަރމްސް އޮފް ރެފަރަންސް މި މިނިސްޓްރީގެ ވެބްސައިޓް ކަމަށްވާ www.environment.gov.mv އިން ޑައުންލޯޑް ކުރެވޭނެއެވެ.

ހުށަހަޅަންވީ ތަކެތި

  • އަންދާސީހިސާބު ހުށަހަޅަން ވާނީ މަސައްކަތުގެ އަގާއި ޖީ.އެސް.ޓީގެ އަގު ވަކިން އެނގޭ ގޮތަށް.
  • އަގު ހުށަހަޅުއްވާއިރު އަގު ހުށަހަޅުއްވާނީ ފޯރުކޮށްދޭންޖެހޭ ޚިދުމަތްތަކުގެ ވަކިވަކި ބައިތަކުގެ އަގު އަދި އަދަދު ވަކިން އެނގޭގޮތަށެވެ.
  • ހުށަހަޅާފައިވާ އަންދާސީހިސާބު ބާޠިލުވާ މުއްދަތު މަދުވެގެން 45 ދުވަހަށް ވާންވާނެއެވެ.
  • ޖީއެސްޓީއަށް ރަޖިސްޓަރީ ކުރެވިފައިވާ ކަމުގެ ލިޔުން ނުވަތަ ސެޓުފިކެޓުގެ ކޮޕީ.
  • އަމިއްލަ ފަރާތެއްނަމަ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ / ކުންފުންނެއްނަމަ ރަޖިސްޓަރީގެ ކޮޕީ.
  • ކުންފުންޏެއްނަމަ ކުންފުނީގެ ޕްރޮފައިލް / އަމިއްލަ ފަރާތެއްނަމަ އެފަރާތެއްގެ ތަޖުރިބާ.
  • މި މަސައްކަތުގައި ލިބިފައިވާ ތަޖުރިބާ (މަސައްކަތުގެ ތަޖުރިބާގެ ގޮތުގައި ބެލެވޭނީ 2013 ގެ ޖަނަވަރީ އިން 2016 ގެ މި ދުވަހާއި ހަމައަށް ކުރައްވާފައިވާ މި ބާވަތުގެ މަސައްކަތްތަކާގުޅޭ ގޮތުން މަސައްކަތް ހަވާލުކުރި ފަރާތުން ދީފައިވާ މަސައްކަތް ނިންމިކަމުގެ ލިއުމަށެވެ.
  • އަގު ހުށަހަޅުއްވާއިރު މަތީގައި ދެންނެވިފައިވާ އެއްވެސް ލިއުމެއް މަދުނަމަ އެ ޕްރޮޕޯސަލެއް ބާޠިލު ކުރެވޭނެއެވެ.

އަންދާސީހިސާބު ހުށަހަޅުއްވަން ވާނީ ތިރީގައި މިދަންނަވާ ގޮތަށް އެޑްރެސް ކޮށްފައެވެ.

ޕްރޮކިއުމަންޓް ޔުނިޓް

 މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނާރޖީ

ސާފު ރާއްޖެ ޤައުމީ މަހާސިންތާ 2016 އަށް ބޭނުންވާ ބުކްލެޓްތައް ޕްރިންޓްކުރުމުގެ ޚިދުމަތް ފޯރުކޮށްދިނުމާބެހޭ އިޢުލާނު ނަންބަރު: (IUL)438-RDS/1/2016/102 

މަޢުލޫމާތު ސާފުކުރުން

މަސައްކަތާބެހޭގޮތުން މަޢުލޫމާތު ސާފުކުރުމަށް ހަމަޖެހިފައިވަނީ 23 ޖޫން 2016 އިން 30 ޖޫން 2016 އާ ދެމެދު މިނިސްޓްރީގެ އީމެއިލް އެޑްރެސް ކަމަށްވާ [email protected] އަށް އީމެއިލް ކުރައްވައިގެންނެވެ. މިމުއްދަތުގެ ފަހުން ކުރެވޭ ސުވާލުތަކަށް ޖަވާބެއް ނުދެވޭނެއެވެ.

ބިޑު ހުޅުވުން

 ބިޑު ހުޅުވުމަށް ހަމަޖެހިފައިވަނީ 2016 ޖުލައި 3 ވާ އާދީއްތަ ދުވަހުގެ ހެނދުނު 11:00 ގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނާރޖީގައި މި މަސައްކަތަށް އަންދާސީހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ހާޒިރުގައެވެ.

ވީމާ، މި މަސައްކަތް ކޮށްދެއްވަން ޝައުޤުވެރިވާ ފަރާތްތަކުން ބީލަން ފުރިހަމަކޮށް ސިޓީއުރައެއްގައި އަންދާސީހިސާބު ބަންދުކުރުމަށްފަހު 2016 ޖުލައި 3 ވާ އާދީއްތަ ދުވަހުގެ ހެނދުނު 11:00 ހުށަހެޅުއްވުން އެދެމެވެ.

ނޯޓު:

  • މަޢުލޫމާތު ފުރިހަމަނޫން ބިޑުތައް ބާޠިލުކުރުމުގެ ފުރިހަމަ އިޚުތިޔާރު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނާރޖީ ލިބިގެންވެއެވެ. އަދި ބިޑު ކޮންމެ ވަގުތެއްގައިވެސް ބާޠިލުކުރުމުގެ އިޚުތިޔާރު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނާރޖީއަށް ލިބިގެންވެއެވެ.

  • ބީލަން ކާމިޔާބުކުރާ ފަރާތެއް ހޮވުމުގައި ބަލާނީ، އިޢުލާނުގައި ދެވިފައިވާ މަޢުލޫމާތުގެ މިންގަނޑުތަކަށެވެ.

  • މި އިޢުލާނާގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3018431 ނަންބަރު ފޯނަށެވެ.

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނާރޖީ

ހަނދުވަރީ ހިނގުން، މާފަންނު، މާލެ، 20392، ދިވެހިރާއްޖެ.

ފޯނު: 3018300 960+ ، ފެކްސް: 3018301 960+

އީމެއިލް: [email protected]

ވެބްސައިޓް: www.environment.gov.mv

23 ޖޫން 2016
ހޯދާ