ފާދިއްޕޮޅު ނައިފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފައިނޭންސް އޮފިސަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމް.

ފައިނޭންސް އޮފިސަރ

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކް:

އެމް. އެސް. 1

މަޤާމުގެ ކްލެސިފިކޭޝަން:

ޓެކްނިކަލް އޮފިސަރ ގްރޭޑް 1

އޮފީސް / އިދާރާ:

ފާދިއްޕޮޅު ނައިފަރު ކައުންސިލްގެ އިދާރާ

ޔުނިޓް:

ކޯޕަރޭޓް އެފެއާޒް

މަސައްކަތްކުރަންޖެހޭ ތަން

ފާދިއްޕޮޅު ނައިފަރު ކައުންސިލްގެ އިދާރާ

މުސާރަ:

މަހަކު -/5610 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު -/2000 ރުފިޔާ

ބޭނުންވާ އަދަދު:

1 (އެކެއް)

 

 

 

 

 

 

 

 

 

މަޤާމުގެ  މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

ބަޖެޓް އެންޑް ފައިނޭންސް މަސައްކަތްތައް:

1. ކައުންސިލަށް އާމްދަނީ ލިބޭ ކަންކަމުގެ ރަޖިސްޓްރީ ގަވާއިދުން އަޕްޑޭޓްކޮށް ބެލެހެއްޓުން.

2. ކައުންސިލަށް ލިބޭ އާމްދަނީ ބަލައިގަތުމާއެކު، ރިޕޯޓްތައް ތައްޔާރުކުރުން.

3. ސަރުކާރުގެ އެކި މުއައްސަސާތަކުން ކައުންސިލް މެދުވެރިކޮށް ނަގާ ފީއާއި، ޖޫރިމަނާއާއި، މިނޫންވެސް މިފަދަ ފައިސާ ބަލައިގަނެ، ގަވާއިދުން ރިޕޯޓް ތައްޔާރުކޮށް، އެ ރިޕޯޓުތައް ކަމާބޭހޭ ފަރާތްތަކަށް ފޮނުވުން.

4. އެކި ފަރާތްތަކުން ދޭ އެހީގެ ފައިސާގެ ބަލައިގަނެ، ރިޕޯޓް ތައްޔާރުކުރުން.

5. ބަލައިގަންނަ ފައިސާ، އެ ފައިސާއެއް ޖަމާކުރަންޖެހޭ އެކައުންޓަކަށް ގަވާއިދުން ޖަމާކުރަމުން ގެންދިޔުމާއި، ރިޕޯޓްތައް ތައްޔާރުކުރުން.

6. ބަލައިގަންނަ ފައިސާގެ ތެރެއިން އެކި ފަރާތްތަކަށް ފޮނުވަންޖެހޭ ފައިސާ ގަވާއިދުން އެ ފަރާތްތަކަށް ފޮނުވައި، ރިޕޯޓް ތައްޔާރުކުރުން.

7. ކައުންސިލަށް ލިބެންޖެހޭ ނުވަތަ ނުލިބި ގިނަދުވަސްވާ ފައިސާ ހޯދުމަށް ކުރަންޖެހޭ މަސައްކަތް ކުރުން.

8. ކޮންމެ އަހަރެއްގެ ކައުންސިލްގެ ބަޖެޓް ތައްޔާރުކުމަށް ބޭނުންވާ އެންމެހައި މަޢުލޫމާތު އެއްކޮށް، ބަޖެޓް ތައްޔާރުކުރުމުގައި އިސްވެ ހަރަކާތްތެރިވުން.

9. ކައުންސިލްގެ ބަޖެޓް ތައްޔާރުކޮށް ކައުންސިލަށް ހުށަހެޅުން.

10. ބަޖެޓުން ޚަރަދުކުރެވޭ ފައިސާގެ ކަންކަން ގަވާއިދާ އެއްގޮތްވާގޮތުގެތިން ކުރުން.

11. ބަޖެޓުން ޚަރަދުކުރެވޭ ފައިސާގެ ރިޕޯޓްތައް ގަވާއިދުން ތައްޔާރުކޮށް ބެލެހެއްޓުން.

12. ތިޖޫރީގައި ބެހެއްޓޭ ފައިސާގެ ރިކޯޑްތައް ގަވާއިދުން ބަލަހައްޓަމުންގެންދިއުން.

13. ސަރުކާރުގެ މުއައްސަސާތަކުން ބަޖެޓަށް ހޯދަންޖެހޭ ފައިސާ ހޯދުމަށް ތައްޔާރުކުރާ ލިޔެކިއުންތައް ތައްޔާރުކޮށް ކަމާބެހޭ ފަރާތްތަކަށް ފޮނުވުން.

14. މުވައްޒަފުންގެ މުސާރަ ދިނުމަށް ކުރަންޖެހޭ މަސައްކަތް ކުރުން.

15. ކައުންސިލުން ހިންގާ ފައިސާގެ އެންމެހައި މުޢާމަލާތަކުގައި އިސްވެ ހަރަކާތްތެރިވުން.

16. ކައުންސިލްގެ ހަރުމުދަލުގެ ރަޖިސްޓްރީ އަޕްޑޭޓުކޮށް ބެލެހެއްޓުން.

 

 

މަޤާމުގެ ޝަރުޠުތައް:

1. މަޤާމުގެ މަސއްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

2. މަޤާމުގެ މަސއްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛

3. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 4 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

 

މަޤާމުގެ ޝަރުޠު ކަނޑައެޅުމުގައި ބެލޭނެ ދާއިރާތައް (މަސައްކަތާ ގުޅޭ ދާއިރާތައް):

  1. އެކައުންޓިންގ
  2. ކޯޕަރޭޓް ފައިނޭންސް
  3. އީ-ކޮމާސް
  4. ފައިނޭންސް އެނޑް ފަނޭންސިއަލް މެނޭޖްމަންޓް
  5. ބެންކިންގ އެންޑް ފައިނޭންސް
  6. ބިޒްނަސް މެނޭޖްމަންޓް
  7. ބިޒްނަސް އެޑްމިނިސްޓްރޭޝަން

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންކަން:

  • ލިބިފައިވާ ތަޢުލީމާއި ތަމްރީން: % 49
  • ލިބިފައިވާ މަސައްކަތުގެ ތަޖުރިބާ: % 8
  • މަސައްކަތްކުރުމުގެ ޤާބިލުކަން / ހުނަރު: % 43

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ، 2016 ޖޫން 30 ވަނަ ދުވަހުގެ 14:00 އެވެ. ތަކެތި ހުށަހަޅާނީ، ނައިފަރު ކައުންސިލްގެ އިދާރާއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ. އީމެއިލް އެޑްރެހަކީ، [email protected] އެވެ. 

 

 

 

 

ހުށަހަޅަންޖެހޭ ލިޔުންތައް:

 

1. ވަޒީފާއަށްއެދި ފުރިހަމަކުރަންޖެހޭ އެޕްލިކޭޝަން ފޯމު (މި ފޯމު، ނައިފަރު ކައުންސިލް އިދާރާއިން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ www.csc.gov.mv ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑްވެސް ކުރެވޭނެއެވެ.)

2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (އެޕްލިކޭޝަން ފޯމާއެކުގައިވާ)

3. ސިވިލް ސަރވިސްއަށް ނުވަތަ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއްއޮތް މުވައްޒަފުން، ސިވިލް ސަރވިސްގެ ވަޒީފާއަކަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒު ނުކުރާކަމަށް އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

4. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީ (ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް)

5. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ.

(ހ). މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ.

(ށ).ސިވިލް ސަރވިސް ޓްރޭނިންގ އިނިސްޓިޓިއުޓުން ހިންގާ ކޯސްތަކުން ކޯހެއް ފުރިހަމަކޮށްފައިވާނަމަ، އެ ސެޓުފިކެޓެއްގެ ކޮޕީ (އެކްރެޑިޓްކޮށްފައި ނުވިނަމަވެސް)

6. ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

7. މަސައްކަތު ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ.

އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 18 ޖުލައި 2016 އާއި 20 ޖުލައި 2016 އާ ދެމެދު، ފާދިއްޕޮޅު ނައިފަރު ކައުންސިލް އިދާރާގައެވެ. ވީމާ، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަވިއުއަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

ޝޯޓް ލިސްޓްކުރުން:

މި ވަޒީފާއަށް އެދި ހުށަހަޅާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 5 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އުޖޫރައާއި ޢިނާޔަތްތައް:

  1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.
  2. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  3. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

ނޯޓު:

  • އިތުރު މަޢުލޫމާތު ހޯދުމަށް 6620340 ނަންބަރު ފޯނާ ގުޅުމުން، މަޢުލޫމާތު ލިބޭނެއެވެ.
  • ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަނުކޮށް ހުށަހަޅާ ފޯމުތައް ބާޠިލްކުރެވޭނެއެވެ.

16 ރަމަޟާން 1437

 

21 ޖޫން 2016
ހޯދާ