ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ސަރވޭކުރުމަށް އިނިއުމަރޭޓަރުން ހޯދުމަށް

އިޢުލާން

ގޭބީސީގެ އާމްދަނީއާއި ޚަރަދުކުރުން ހުރިގޮތާ ބެހޭ ސަރވޭކުރުމަށް އިނިއުމަރޭޓަރުން ބޭނުންވެއްޖެ:

ނޭޝަނަލް ބިޔުރޯ އޮފް ސްޓެޓިސްޓިކްސްގެ ފަރާތުން ގޭބީސީގެ އާމްދަނީއާއި ޚަރަދުކުރުން ހުރިގޮތުގެ ސަރވޭއެއް 06 އޮގަސްޓު 2016 ން 13 އޮގަސްޓު 2016 އަށް ހދ. ކުޅުދުއްފުށީގައި ކުރުމަށް ވަނީ ނިންމަވާފައެވެ. އެހެންކަމުން، މިސަރވޭކުރުމަށް 50 އިނިއުމަރޭޓަރުން ބޭނުންވެއްޖެއެވެ.

މިފަރާތްތަކަކީ ޖީ.ސީ.އީ އޯލެވެލް ފެންވަރަށް ތަޢުލީމު ހާސިލުކޮށްފައިވާ މި މަސައްކަތުގައި ފުލްޓައިމް ހަރަކާތްތެރިވެވޭ އަދި ސަރވޭގެ މުއްދަތުގައި ހދ. އަތޮޅުގެ އެހެންރަށުގައި މަސައްކަތް ކުރެވޭނެ އުމުރުން 18 އަހަރާއި 40 އަހަރާ ދެމެދުގެ މީހުންނަށް ވާންޖެހޭނެއެވެ. އަދި ޖީ.ސީ.އީ.އޭ ލެވެލް ފެންވަރު ހުރި، ބޯހިމެނުން ނުވަތަ މިފަދަ ސަރވޭއެއްގައި ބައިވެރިވެ ތަޖުރިބާ ލިބިފައިވާ މީހުންނާއި މަސައްކަތަށް ފަރުވާތެރި މީހުންނަށް އިސްކަންދެވޭނެއެވެ.

މިސަރވޭގައި ހަރަކާތްތެރިވާ އިނިއުމަރޭޓަރުންނަށް 4 ދުވަހުގެ ޓްރެއިނިންގއެއް ދެވޭނެއެވެ. ޓްރެއިނިންގދިނުމަށް ހަމަޖެހިފައިވަނީ އޮގަސްޓު މަހުގެ 01 ން 04 އަށެވެ. ޓްރެއިނިންގގައި ބައިވެރިވާ ކޮންމެ ދުވަހަކަށް -/100 (އެއް ސަތޭކަ) ރުފިޔާ އަދި ސަރވޭގެ މުއްދަތުގައި ފޯމުތައް ފުރުމުގެ މަސައްކަތަށް ނިކުމެ، ފުރިހަމަކުރާ ކޮންމެ ދުވަހަކަށް -/300 (ތިން ސަތޭކަ) ރުފިޔާގެ މަގުން އެލަވަންސެއް ދެވޭނެއެވެ. އަދި ރަށުން ބޭރުގައި މަސައްކަތްކުރާ އިނިއުމަރޭޓަރުންނަށް ހުރުމާއި ކެއުމުގެ އިންތިޒާމު ހަމަޖައްސައިދެވޭނެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ކައުންސިލްގެ އިދާރާއަށް ދުރުވެ އިނިއުމަރޭޓަރުންގެ ގޮތުގައި ނަންނޯޓުކުރެއްވުމަށް ދަންނަވަމެވެ. އިނިއުމަރޭޓަރުންގެ ގޮތުގައި ނަންނޯޓުކުރާ ފޯމު ދޫކުރުމާއި ބަލައިގަތުން 2016 ޖޫން 19 ވަނަ ދުވަހުން ފެށިގެން 2016 ޖުލައި 14 ވާ ބުރާސްފަތި ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން ރަސްމީ ގަޑިތަކުގައި ކައުންސިލްގެ އިދާރާގެ ކައުންޓަރުން ކުރިއަށްދާނެއެވެ.

14 ރަމަޟާން 1437

19 ޖޫން 2016
ހޯދާ