އަރިއަތޮޅު އުތުރުބުރީ ހިމަންދޫ ސްކޫލް
ދިވެހިރާއްޖެ
މަސައްކަތު

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމް: މަސައްކަތު

މަޤާމުގެ ރޭންކް: އެސް. އެސް. 1 (ސަޕޯޓް ސްޓާފް ގްރޭޑް 1)

މަސައްކަތްކުރަން ހަމަޖެހިފައިވާ ތަން: އއ. ހިމަންދޫ ސްކޫލް

ވަޒީފާ އަދާކުރަންޖެހޭ ތަން: އއ. ހިމަންދޫ ސްކޫލް

ވަޒީފާ އަދާކުރަންޖެހޭ ސެކްޝަން: A ސެކްޝަން

ވަޒީފާ އަދާކުރަންޖެހޭ އަތޮޅާއި ރަށް: އއ. ހިމަންދޫ     

ބޭނުންވާ އަދަދު: 4 (ހަތަރެއް)                    

މަޤާމުގެ އަސާސީ ޝަރުޠު:   

މަޤާމް

ޝަރުޠު

މުސާރަ

ސަރވިސް އެލަވަންސް

މަސައްކަތު

ލިޔަންކިޔަން ދަތުމާއެކު، މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ ޤާބިލްކަން ސާބިތުކޮށްދިނުން.

 މަހަކު -/3،100 ރުފިޔާ

މަހަކު -/1،000 ރުފިޔާ

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތް:   

- ސްކޫލުން އަންގާ ގޮތެއްގެ މަތިން ސްކޫލްތެރެ ފޮޅައި ސާފުކުރުން.

- ސްކޫލުން ތަންތަނަށް ފޮނުވަންޖެހޭ ތަކެތި ގެންގޮސްދިނުން/ ގެނައުން.

- ސެކްޝަނުން ހަވާލުކުރެވޭ ދާއިރާއާ ގުޅުންހުރި އެހެނިހެން މަސައްކަތް.

ވަޒީފާއަށް މީހުން ހޮވުމުގައި ބެލޭނެ ކަންކަން:

- މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޢުލީމާއި، ހުނަރާއި، ތަޖުރިބާގެ މިންވަރު.

- ޖިސްމާނީ ޤާބިލުކަމާއި، ނަފުސާނީ ޤާބިލުކަމާއި، ފަންނީ ޤާބިލުކަން.

- ގިނަވަގުތު ސްކޫލުގެ މަސައްކަތުގައި ހޭދަކުރެވޭ މީހެއްކަމުގައިވުން.

- ވަގުތަށް ކަމޭހިތުމާއި، މީހުންނާ ގުޅިގެން މަސައްކަތްކުރާ މިންވަރު.

ސުންގަޑި:                    

ޝަރުޠު ހަމަވާ މީހުން، 2016 ޖޫން 29 ވާ ބުދަދުވަހުގެ މެންދުރު 11:00 ގެ ކުރިން، ތިރީގައި ބަޔާންކުރެވިފައިވާ ތަކެއްޗާއެކު، އއ. ހިމަންދޫ ސްކޫލަށް ހުށަހެޅުން އެދެމެވެ.

ހުށަހަޅަންޖެހޭ ތަކެތި:   

1. އެކްރެޑިޓްކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ އެޓެސްޓެޑް ފޮޓޯކޮޕީ.

2. ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ސާފު ފޮޓޯކޮޕީ (އަސްލާ އެއްގޮތްކަމުގެ ތައްގަނޑު ޖަހާފައިވާ)

3. ލިބިފައިވާ ސެޓުފިކެޓުތަކުގެ ކޮޕީ (ދާއިރާއާ ގުޅޭ)

4. ވަޒީފާއަށް އެދޭ ފަރާތުގެ ކަރިކިއުލަމް ވިޓާ (ސީވީ)

5. ސިވިލް ސަރވިސްގެ ވަޒީފާއަށް އެދި ހުށަހަޅާ ފޯމު (ސިވިލް ސަރވިސްގެ ވަޒީފާއަށް އެދި ހުށަހަޅާ ފޯމު، ހިމަންދޫ ސްކޫލުން ލިބެން ހުންނާނެއެވެ.)

6. ސިވިލް ސަރވިސްއަށް/ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް އެ މުވައްޒަފު ހުރި އޮފީހުގެ ލިއުމެއް.

7. ސިވިލް ސަރވިސްގައި ވަޒީފާ އަދާކުރަމުންދާ މުވައްޒަފެއްނަމަ، ''މުވައްޒަފުންގެ ފެންވަރުބެލުމުގެ ނަތީޖާއާއި، މުވައްޒަފުގެ ހާޒިރީ ރިޕޯޓް'' ހުށަހަޅަންޖެހޭނެއެވެ. މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުން ކުރާ އިޢުލާނަކަށް ކުރިމަތިލާނަމަ، މި ލިޔުން ހުށަހަޅާކަށެއް ނުޖެހޭނެއެވެ.                   

މަޤާމަށް މީހުން ހޮވުމަށް ބާއްވާ އިންޓަވިއު އޮންނަ ތަނާއި ތާރީޚާއި ގަޑި:

ތަން: ހިމަންދޫ ސްކޫލް

ތާރީޚު: އިންޓަވިއު ބާއްވާނެ ތާރީޚާއި ގަޑި، 1 ދުވަސް ކުރިން އަންގާނެއެވެ.

އިންޓަވިއުއަށް ކިޔާނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ސޯޓްލިސްޓް ކުރުމަށްފަހު، އެފަރާތްތަކަށެވެ.

އިތުރު މަޢުލޫމާތު:

މި އިޢުލާނާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ހޯދުމަށް ގުޅާނީ، 6660842 ނަންބަރު ފޯނަށެވެ. ފެކްސް ނަންބަރަކީ، 6660842 އެވެ. މެއިލް އެޑްރެހަކީ، [email protected] އެވެ.

16 ރަމަޟާން 1437 

21 ޖޫން 2016
ހޯދާ