މުރައިދޫ ސްކޫލް
ދިވެހިރާއްޖެ
ސެކިއުރިޓީރޫމެއް ހަދައިދޭނެ ފަރާތެއް ހޯދުމަށް

ސެކިއުރިޓީރޫމް ހަދައިދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

އަންދާސީހިސާބު ބޭނުންވެއްޖެ.

މި ސްކޫލުން ދޭ މަޢުލޫމާތާ އެއްގޮތަށް ސެކިއުރިޓީރޫމެއް އިމާރާތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުން ވެގެންކުރި ނަންބަރު(IUL)GS83/2016/19  (26 މޭ 2016) އިޢުލާނާ ގުޅިގެން އެކަށީގެންވާ އަދަދަށް މަޢުލޫމާތު ސާފުކޮށްފައިނުވާތީ، އެއިޢުލާން ބާޠިލުކޮށް، އަލުން ސެކިއުރިޓީރޫމެއް ހަދައިދޭނެ ފަރާތެއް ހޯދުމަށް އިޢުލާންކުރަމެވެ.

މިމަސައްކަތް ކުރުމަށް ބީލަން ހުށަހެޅޭނީ ހަމައެކަނި ވިޔަފާރި ޤާނޫނު (ޤާނޫނު 18/2014) ގެ ދަށުން ރަޖިސްޓަރީވެފައިވާ ކުންފުނިތަކާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ޤާނޫނު (19/2014) ދަށުން ރަޖިސްޓަރީވެފައިވާ ފަރާތްތަކަށެވެ.

މި އިޢުލާނާ ގުޅިގެން މައުލޫމާތު ސާފުކުރެއްވުމަށް ހާޒިރުނުވާ ފަރާތްތަކާއި، ގަޑިޖެހިގެން ހާޒިރުވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. ބަދަލުގައި އަންނަ ފަރާތަށް މަޢުލޫމާތު ސާފުކުރެވޭނީ އެއްފަރާތެއްގެ ނަމުގައެވެ. އަންދާސީހިސާބު ހުށަހަޅާ ފަރާތްތައް ފިޔަވައި އެހެން ފަރާތްތަކުން އަންދާސީހިސާބާއި މަޢުލޫމާތު ހޯއްދެވުމަށް ހާޒިރުވާނަމަ އަންދާސީހިސާބު ހުށަހަޅާ ފަރާތުގެ ސިޓީއަކާއެކު ފޮނުއްވުން އެދެމެވެ.

ވީމާ، އަމިއްލަ ތަކެތީގައި މިމަސައްކަތް ކުރެއްވުމަށް ޝައުޤުވެރިވާ ފަރާތަކުން މި ސްކޫލަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރުން: 13 ޖުލައި 2016 ވަނަ ދުވަހުގެ 13:00 ގައި މުރައިދޫ ސްކޫލުގައި

އަންދާސީހިސާބު ހުށަހެޅުން: 24 ޖުލައި 2016 ވަނަ ދުވަހުގެ 13:00 ގައި މުރައިދޫ ސްކޫލުގައި

މިހެންވެ މިކަން އާންމުކޮން އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

16 ރަމަޟާން 1437

21 ޖޫން 2016
ހޯދާ