ކީރިތި ޤުރުއާނާބެހޭ މަރުކަޒު
ދިވެހިރާއްޖެ
މަރުކަޒުގައި ޕާޓިޝަން ޖެހުން

އިޢުލާން

މަރުކަޒުގައި ޕާޓިޝަން ޖެހުމާގުޅޭ

މި މަރުކަޒުގެ އޮފީސް އޭރިޔާގައި ހުރި ޕާޓިޝަންތައް ރޫޅާލުމަށްފަހު އަލުން ޕާޓިޝަން ޖެހުމަށް ބޭނުންގެން ކުރި ނަންބަރު: (IUL)160-A/1/2016/68 ( 15 މޭ 2016 ) އިޢުލާން ބާޠިލުކޮށް، އަލުން އިޢުލާން ކުރަމެވެ.

ވީމާ، މިކަމަށް އެދިވަޑައިގަންނަވާ ފަރާތްތަކުން 2016 ޖޫން 28 ވާ އަންގާރަ ދުވަހުގެ 11.30 އަށް ކީރިތި ޤުރްއާނާބެހޭ މަރުކަޒަށް ހާޒިރުވެވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ. އަދި ދަންނަވަމެވެ. މަޢުލޫމާތު ދޭ ދުވަހު ހާޒިރުވެ ވަޑައިނުގަންނަވާ ފަރާތްތަކުގެ ބީލަން ބަލައިގަތުމަށް ހަމަޖެހިފައި ނުވާ ވާހަކަވެސް ދެންނެވީމެވެ. އަންދާސީހިސާބު ބަލައިގަތުން އޮންނާނީ 2016 ޖުލައި 03 ވާ އާދީއްތަ ދުވަހުގެ 11:30 ގައި ކީރިތި ޤުރްއާނާބެހޭ މަރުކަޒުގައެވެ.

16 ރަމަޟާން 1437

22 ޖޫން 2016
ހޯދާ