މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް
ދިވެހިރާއްޖެ
މުދިމު

މިސަރވިސްގެ ތިރީގައި މިދަންނަވާ މަޤާމަށް ކޮންޓްރެކްޓް އުސޫލުން މުވައްޒަފުން ބޭނުންވެއްޖެއެވެ.

މަޤާމު               މުދިމު

ރޭންކް               ސަޕޯޓް ސަރވިސް އޮފިސަރ 2

ކްލެސިފިކޭޝަން         ސަޕޯޓް ސަރވިސް

މުސާރަ              -/4,170 ރުފިޔާ

ސަރވިސް އެލަވަންސް      -/3,500 ރުފިޔާ

ނޮންޕްރެކްޓިކްސް         މުސާރައިގެ %45

ބޭނުންވާ އަދަދު          02

މަސައްކަތް ކުރަންޖެހޭ ތަން:  މާފުށި ޖަލު، އައްސޭރި ޖަލު

ޝަރުޠު:             

މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކޮށްދިނުމާއެކު:

  1. މުދިމުކަމުގެ ސަނަދު ލިބިފައިވުން.
  2. ހުކުރު ކުރުމުގެ ސަނަދު ލިބިފައިވުން.
  3. ދީނީ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 03 ގެ ސަނަދެއް ހާސިލުކޮށްފައިވުން.
  4. މީލާދީގޮތުން 18 އަހަރު ފުރި 45 އަހަރު ނުވާ މީހެއް ކަމުގައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

  • ކޮންމެ ނަމާދެއްގެ ވަގުތު ޖެހުމުގެ ކުރިން މިސްކިތަށް ގޮސް މިސްކިތުގެ ކަންކަން ބަލައި ރަނގަޅު ކުރުމަށްފަހު ނަމާދުވަގުތު ޖެހުމުން ބަންގި ގޮވުމާއި އިމާމުވެ ނަމާދުކުރުން.
  • ހުކުރުނަމާދު ކުރުން.
  • މިސްކިތް ސާފުކޮށް ބެލެހެއްޓުން.
  • މިސްކިތުގައި މަރާމާތު ކުރަންޖެހޭ ތަނެއް ހުރިނަމަ، ކަމާބެހޭ ފަރާތްތަކަށް އެކަން އަންގައި ހައްލުކުރުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޯދުމަށް ބަލާނެ ކަންތައްތައް:

  • 25 - 45 އަހަރާ ދެމެދު.
  • ތަޢުލީމީ ފެންވަރު.
  • ދާއިރާއިން ލިބިފައިވާ ތަޖުރިބާ.

 ސުންގަޑި:

 މި މަޤާމުތަކަށް އެދޭ ފަރާތްތަކުން ވަޒީފާއަށް އެދޭ ފޯމާއި ވަނަވަރު އަދި ހުށަހަޅަންޖެހޭ ލިޔެކިޔުންތަކާއެކު 03 ޖުލައި 2016 ވާ އާދީއްތަ ދުވަހުގެ 13:30 ގެ ކުރިން މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއަށް ހުށަހެޅުއްވުން އެދެމެވެ. (ޣާޒީ ބިލްޑިންގ/ ގްރައުންޑް ފްލޯރ).

އިތުރު މަޢުލޫމާތު

  •  ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަނުކޮށް ހުށަހަޅާ ފޯމާއި، ޝަރުޠު ހަމަނުވާ ފަރާތްތަކުން ހުށަހަޅުއްވާ ފޯމުތައް ބާޠިލު ކުރެވޭނެ ވާހަކަ ދަންނަވަމެވެ.
  •  ހުށަހަޅުއްވާފައިވާ ލިޔެކިޔުންތައް ޞައްޙަ ނޫންކަމަށް ސާބިތުވެއްޖެނަމަ ފޯމު ބާޠިލު ކުރެވޭނެ ވާހަކަ ދަންނަވަމެވެ.
  •  އެޕްލިކޭޝަނާއެކު ހުށަހަޅާ ލިޔުންތަކުގެ އަސްލު އިންޓަރވިއުއަށް ހާޒިރުވާއިރު ގެންނަންޖެހޭނެއެވެ.
  •  މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރުމަށް

     ފޯން ނަންބަރު: 3312694، 3328443

     ފެކްސް ނަންބަރު: 3313727

     އީމެއިލް: [email protected]

ހުށަހަޅަންޖެހޭ ލިޔުންތައް:

  • ވަޒީފާއަށް އެދޭ ފޯމު (މި ފޯމު މި ސަރވިސްގެ www.corrections.gov.mv ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ. އަދި މިސަރވިސްގެ ކައުންޓަރުންވެސް ލިބެން ހުންނާނެއެވެ.)
  • ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނާނޭހެން ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.
  • ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ފޮޓޯކޮޕީ. (އެކްރެޑިޓް ކޮށްފައިވާ ސެޓުފިކެޓުގެ ކޮޕީ)
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު ( ސީވީ )
  • ސިވިލް ސަރވިސް އަށް / ސަރުކަރާށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މީހެއްނަމަ، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެމުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ރަސްމީ ލިޔުމުގެ ކޮޕީ.
  • ކުރިން ވަޒީފާ އަދާކޮށްފައިވާ މީހެއްނަމަ ވަޒީފާ އަދާކުރި ތަންތަނުގެ ރަސްމީ ލިޔުމުގެ ކޮޕީ.
  • ނެގި ފަހުން 03 މަސްނުވާ އިސްކޮޅު ފެންނަ ފޮޓޯއެއް.
  • އިންޖީނުލީ އުޅަނދު ދުއްވާނަމަ ލައިސަންސްގެ ކޮޕީ.

(ފޯމާއެކު ހުށަހަޅުއްވާ ހުރިހާ ލިޔެކިޔުންތައް ހުންނަންވާނީ ފޯމާއެކު ސްޓޭޕްލް ކުރެވިފައެވެ.)

18 ރަމަޟާން 1437

22 ޖޫން 2016
ހޯދާ