ދިވެހިރާއްޖެ
އިޢުލާން
ކޮންސަލްޓެންޓެއް ހޯދުމަށް ބޭނުންވެއްޖެ
އުފާ ޕްރޮގްރާމް އޮފީހަށް ތިރީގައި މިދަންނަވާ މަސައްކަތް ކުރުމަށް 7 މަސްދުވަހަށް ކޮންޓްރެކްޓް އުސޫލުން 01 މުވައްޒަފު ހޯދުމަށް ބޭނުންވެއްޖެއެވެ.
ވީމާ، ތިރީގައި މިދަންނަވާ މަސައްކަތް ކޮށްދެވޭނެ ފަރާތްތަކުން 2016 ޖޫން 27 ވަނަ ދުވަހުގެ 14:00 ގެ ކުރިން ސިޓީ ފޮނުވުން އެދެމެވެ.
ކުރަންޖެހޭ މަސައްކަތް
މި ކޮންސަލްޓެންޓްގެ މައިގަނޑު މަސައްކަތަކީ ބިހޭވިއަރ މެނޭޖުމަންޓް ޕޮލިސީ ޑްރާފްޓް ކުރުމާއި ފައިނަލައިޒު ކުރުމާއި، އެ ޕޮލިސީ ސްކޫލްތަކުގައި ތަންފީޒުކުރުމަށް ރާވާ ޕްލޭން ތައްޔާރުކުރުމާއި އަމިއްލައަށް މަރުވާ ކުދިންނާ މެދު ސްކޫލްތަކުން ޢަމަލުކުރާނެ ގޮތުގެ އިރުޝާދުދީ މިންގަނޑު އެކުލަވައިލުމާއި އުފާ އޮފީހުން ކުރިއަށްގެންދާ ޕްރޮގްރާމްތައް (ދިރިއުޅުމުގެ ހުނަރުތައް ބީޓެކް ދަސްވާރު) ޑޮކިއުމެންޓް ކުރުމެވެ.
މުސާރައާއި އެލަވަންސް
މުސާރައާއި ޢިނާޔަތްތައް -/22,000 ރުފިޔާ
ހުށަހަޅަންޖެހޭ ލިޔުންތައް
1- އެކްރެޑިޓް ކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ
2- ވަޒީފާގެ ތަޖުރިބާ އަންގައިދޭ ލިޔުންތަކުގެ ކޮޕީ
3- ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
4- ސީވީ
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3341436, 3341403