އެންޓި-ކޮރަޕްޝަން ކޮމިޝަން
ދިވެހިރާއްޖެ
މަސައްކަތު ގރ 1

ވަޒީފާގެ ފުރުޞަތު

މަޤާމު

މަސައްކަތު ގްރޭޑް 1

ބޭނުންވާ އަދަދު

01 (އެކެއް)

މަސައްކަތް ކުރަންޖެހޭ ތަން

އެންޓި-ކޮރަޕްޝަން ކޮމިޝަން (އައްޑޫސިޓީ ބިޔުރޯ)

މުސާރައާއި ޢިނާޔަތްތައް

  1. މުސާރަ: މަހަކު -/4,000 ރުފިޔާ
  2. ޑެއިލީ އެލަވަންސް: މަހަކު -/46 ރުފިޔާ

ޝަރުޠު

1. ލިޔަންކިޔަން އެނގުން.

2. އުމުރުން 50 އަހަރުވެފައި ނުވުން.

މަޤާމުގެ މަސްއޫލިއްޔަތު

އޮފީސް ފޮޅައި ސާފުކުރުމުގެ މަސައްކަތްކުރުމާއި، އޮފީހުން އެކި ފަރާތަތަކަށް ހަވާލުކުރަންޖެހޭ ސިޓީއާއި، މެސެޖް އަދި ޗިޓުފަދަ ތަކެތި އެފަރާތްތަކަށް ރައްދުކުރުން.

ހުށަހަހަޅަންޖެހޭ ލިޔުންތައް

  1. ފުރިހަމަކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު.
  2. އައިޑީ ކާޑުގެ ފޮޓޯކޮޕީ.

ސުންގަޑި

 2016 ޖުލައި 5 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން

އިތުރު މަޢުލޫމާތު

  1. އެޕްލިކޭޝަން ފޯމު ހުށަހަޅަން ޖެހޭނީ ހުރަވީ ބިލްޑިންގގެ ދެވަނަ ފަންގިފިލާގައި ހުންނަ މި ކޮމިޝަނުގެ ކައުންޓަރަށް ނުވަތަ އައްޑޫ ސިޓީ ހިތަދޫގައި ހުންނަ މި ކޮމިޝަންގެ ސަދަން ރީޖަނަލް އޮފީހަށެވެ.
  2. އެޕްލިކޭޝަން ފޯމު އޮންލައިންކޮށް ނުވަތަ އީ-މެއިލް މެދުވެރިކޮށް ހުށަނޭޅޭނެއެވެ.
  3. އިންޓަރވިއުއަށް ކިޔާނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވިފައިވާ ކެންޑިޑޭޓުންނަށެވެ.
  4. އިންޓަރވިއުއަށް ޝޯޓް ލިސްޓުކުރެވޭ ފަރާތްތަކުގެ މަޢުލޫމާތު، ޝޯޓްލިސްޓުކޮށް ނިމުމުން ކޮމިޝަންގެ ވެބްސައިޓުގައި ޝާއިޢުކުރާނެއެވެ.
  5. ވަޒީފާއަށް އެދޭ ފޯމު މި ކޮމިޝަނުގެ ކައުންޓަރުންނާއި، މި ކޮމިޝަންގެ ވެބްސައިޓް www.acc.gov.mv އައްޑޫސިޓީ ހިތަދޫގައި ހުންނަ މިކޮމިޝަންގެ ސަދަން ރީޖަނަލް އޮފީހުން ލިބިވަޑައިގަންނަވާނެއެވެ.
  6. މަޢުލޫމާތު ފުރިހަމަނުވެ ހުންނަ ފޯމާއި ހުށަހަޅަންޖެހޭ ލިޔުންތައް ހަމަނުކޮށް ހުށަހަޅާ ފޯމުތައް ބަލައިނުގަނެވޭނެއެވެ.
  7. ފޯމު ބަލައިގަތުމަށްފަހުގައިވެސް ސައްޙަނޫން މަޢުލޫމާތެއް ހިމަނާފައިވާކަން ނުވަތަ ޝަރުޠު ހަމަނުވާކަމަށް ފާހަގަވެއްޖެނަމަ އެ ފޯމެއް ބާޠިލުކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް:

ފޯނު ނަންބަރު: 3015217 / 3015200

ފެކްސް ނަންބަރު: 3317182

އީމެއިލް: [email protected]

20 ޖޫން 2016
ހޯދާ