މޯލްޑިވްސް ކަސްޓަމްސް ސަރވިސް
ދިވެހިރާއްޖެ
ޔުނިފޯމު ފަހައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ

އިޢުލާން

މި އޮފީހުން ދޭ މަޢުލޫމާތާ އެއްގޮތަށް މި އޮފީހުގެ 223 މުވައްޒަފުންގެ ޔުނިފޯމު ފަހައިދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރި ނަންބަރު (IUL)14-PR/1/2016/32 އިޢުލާނަށް އަންދާސީހިސާބު ހުށަހަޅަން ހާޒިރުވީ އެންމެ ފަރާތަކުން ކަމަށްވާތީ، އެ އިޢުލާނުތައް ބާޠިލުކޮށް އަލުން އިޢުލާނުކުރަމެވެ.

ވީމާ، ކަސްޓަމްސްގެ ވެބްސައިޓް (http://www.customs.gov.mv/Documents/1411) އިން ލިބެންހުރި މަޢުލޫމާތުގައިވާ ގޮތަށް 223 މުވައްޒަފުންގެ ޔުނިފޯމު ފެހުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2016 ޖޫން 26 ވާ އާދީއްތަ ދުވަހުގެ 13:00 އަށް ކަސްޓަމްސްގެ ހެޑްއޮފީހަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީހިސާބު ހުށަހެޅުއްވޭނީ ކަނޑައެޅިފައިވާ ގަޑިއަށް ހާޒިރުވާ ފަރާތްތަކަށެވެ.

16 ރަމަޟާން 1437

21 ޖޫން 2016
ހޯދާ