ރަސްމާދޫ ސްކޫލް
ދިވެހިރާއްޖެ
ރިލީފް ޓީޗަރ (ޕީ.އީ)

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމް:

ރިލީފް ޓީޗަރ (ޕީ.އީ)

ބޭނުންވާ އަދަދު:

1 (އެކެއް)

މަޤާމުގެ ގިންތި:

ވަގުތީ

ވަޒީފާ އަދާކުރަންޖެހޭ ތަން:

ރަސްމާދޫ ސްކޫލް، ރ. ރަސްމާދޫ، ދިވެހިރާއްޖެ / އެކަޑަމިކް ސެކްޝަން

މުސާރަ:

މުވައްޒަފުންގެ އެންމެ މަތީ ތަޢުލީމީ ފެންވަރަކީ

މުސާރަ

ސަރވިސް

 އެލަވަންސް

ސާނަވީ ތަޢުލީމު ފުރިހަމަކޮށްފައިވާނަމަ

މަހަކު -/4،500 ރުފިޔާ

މަހަކު -/1،500 ރުފިޔާ

މަތީ ސާނަވީ ތަޢުލީމު ފުރިހަމކޮށްފައިވާނަމަ

މަހަކު -/5،500 ރުފިޔާ

މަހަކު -/1،500 ރުފިޔާ

ކިޔަވައިދިނުމުގެ ރޮނގުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވާނަމަ

މަހަކު -/6،090 ރުފިޔާ

މަހަކު -/2،500 ރުފިޔާ

އުޖޫރައާއި ޢިނާޔަތްތައް:

އިތުރުގަޑީގައި މަސައްކަތްކުރާނަމަ، ހަމަޖެހިފައި އޮންނަ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމުގައި ބެލޭނެ ކަންކަން:

  1. ތަޢުލީމާއި ތަޖުރިބާ.
  2. މަސައްކަތު ތަޖުރިބާ.
  3. އިންޓަވިއު.
  4. ކުޅިވަރުގެ އެންމެހައި ހަރަކާތްތަކަށް އަހުލުވެރިވެފައިވާ މިންވަރު.

މަޤާމުގެ މަސްއޫލިއްޔަތު:

  1. ހަވާލުކުރެވޭ މާއްދާތައް ކިޔަވައިދިނުމަށްޓަކައި، މުޤައްރަރުގައިވާ ބައިތަކަށް ބަލައިގެން ސްކީމް އޮފް ވޯރކް އެކުލަވައިލުން.
  2. ކިޔަވައިދޭން ހަވާލުކުރެވޭ މާއްދާތައް ކިޔަވައިދިނުމަށްޓަކައި ސްކޫލުން އަންގާ ގޮތެއްގެ މަތީން ލެސަން ޕްލޭން ހަދައި، ކުލާސްތަކަށް ގަޑި ނަގައިދިނުން.
  3. ދަރިވަރުންނަށް ނަގައިދޭ މާއްދާތަކުން ދަރިވަރުން ހާސިލުކުރާ މިންވަރު ދެނެގަތުމަށްޓަކައި ސްކޫލުގެ އެސްމެންޓް ޕޮލިސީއާ އެއްގޮތްވާގޮތުގެމަތީން އެސެސްމަންޓްތައް ދިނުމާއި، އެސެސްމަންޓްތަކުގެ ރެކޯޑްތައް ބެލެހެއްޓުން.
  4. ކިޔަވައިދޭ ކުލާސްތަކުގެ ދަރިވަރުންގެ ހެދި ފޯދޭ މިންވަރު ބެލެހެއްޓުމާއެކު، ދަރިވަރުންގެ އުޅުމުގެ ކަންކަން ދުވަހުން ދުވަހަށް ލީޑިންގ ޓީޗަރުންނަށް ރިޕޯޓްކުރުން.
  5. ސްކޫލާއި ސްކޫލުން ބޭރުގައި ދަރިވަރުންގެ ނަމޫނާއަކަށްވުން.
  6. ސްކޫލުގައި ހިންގޭ އެންމެހައި ކުޅިވަރު ސްކޫލުގެ ޕްރިންސިޕަލް ނުވަތަ ލީޑިންގ ޓީޗަރުގެ ލަފަޔާއެކު ހަރަކާތްތައް އިންތިޒާމްކޮށް، ބަލަހައްޓައި، ހިންގުން.

އެޕްލިކޭޝަނާއެކު ހުށަހަޅަންޖެހޭ ތަކެތި:

  1. ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ސާފު ފޮޓޯކޮޕީއެއް.
  2. އެކްރެޑިޓްކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ފޮޓޯކޮޕީގެ އަސްލު.
  3. ލިބިފައިވާ މަސައްކަތުގެ ތަޖުރިބާ ސާބިތުކުރެވޭ، ވަޒީފާ އަދާކުރި އޮފީސްތަކުގެ ލިޔުންތަކުގެ ފޮޓޯކޮޕީގެ އަސްލު.
  4. ވަޒީފާއަށް އެދޭފަރާތުގެ ވަނަވަރު.

 

ނޯޓު:

  • ތަޖުރިބާގެ މުއްދަތު ގުނާނީ، ވަނަވަރުގައި ބަޔާންކޮށްފައިވާ ތަންތާނގައި ވަޒީފާ އަދާކޮށްފައިވާކަމުގެ ރަސްމީ ލިޔުމެއް ހުށަހެޅުމުންނެވެ.
  • އިޢުލާނުގައި ބަޔާންކުރެވިފައިވާ ހުރިހާ ލިޔެކިޔުންތައް އެޕްލިކޭޝަނާއެކު ފޮނުވަންޖެހޭނެއެވެ.
  • ފުރިހަމަނުވާ އެޕްލިކޭޝަން ފޯމާއި، ހުށަހެޅުމަށް ބަޔާންކުރެވިފައިވާ ލިޔުމެއް، ބަޔާންކުރެވިފައިވާގޮތަށް ހުށަހަޅާފައި ނުވާނަމަ، އެޕްލިކޭޝަން ފޯމު ބާޠިލްކުރެވޭނެއެވެ.

އެޕްލިކޭޝަން ފޮނުވަންވީ ތާރީޚު: 

2016 ޖޫން 29 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން ރަސްމާދޫ ސުކޫލަށް.

އިންޓަވިއުއާއި ޕްރެކްޓިކަލް:

- އިންޓަވިއު ކުރެވޭނީ، އިޢުލާނުގައި ބަޔާންކުރެވިފައިވާ މަޤާމަށް ޝަރުޠު ހަމަވާ ކެންޑިޑޭޓުންގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ.

- މި ވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމާއި ތަމްރީނަށް ބަލައިގެން 10 ފަރާތެއް ޝޯޓް ލިސްޓް ކުރެވޭނެއެވެ.

- އިންޓވިއުއަށް ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކުން، އެމީހަކު އިންޓަވިއުއަށް ހާޒިރުވާއިރު، ވަޒީފާއަށް އެދޭ ފޯމުގައިވާ ލިޔުންތަކުގެ އަސްލު ގެންނަންވާނެއެވެ.

އިތުރު މަޢުލޫމާތު:

އިތުރު މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، 6580330 ނަންބަރު ފޯނާއެވެ.

15 ރަމަޟާން 1437

20 ޖޫން 2016
ހޯދާ