ދިވެހިރާއްޖެ
| 
 އިޢުލާން  | 
||||||||||||||||
| 
 ވަޒީފާގެ ފުރުޞަތު:  | 
||||||||||||||||
| 
 މަޤާމް:  | 
 ހެލްތު އޮފިސަރ  | 
 ބޭނުންވާ އަދަދު:  | 
 1 (އެކެއް)  | 
|||||||||||||
| 
 ސިވިލް ސަރވިސް ގްރޭޑް:  | 
 10  | 
 މަޤާމުގެ ހުއްދަ ނަންބަރު:  | 
 188-OD/22/2016/09  | 
|||||||||||||
| 
 މަޤާމުގެ ރޭންކް:  | 
 އެމް. އެސް. 1  | 
 މަޤާމުގެ ގިންތި:  | 
 ދާއިމީ  | 
|||||||||||||
| 
 މަޤާމުގެ ކްލެސިފިކޭޝަން:  | 
 ސީނިއަރ ޓެކްނިކަލް އޮފިސަރ ގްރޭޑް 1 / ޓެކްނިކަލް އޮފިސަރ ގްރޭޑް 1  | 
|||||||||||||||
| 
 ވަޒީފާ އަދާކުރަންޖެހޭ ތަން:  | 
 ރަސްމާދޫ ސްކޫލް، ރ. ރަސްމާދޫ، ދިވެހިރާއްޖެ / އެޑްމިން ސެކްޝަން  | 
|||||||||||||||
| 
 ދާއިރާތައް:  | 
 ހެލްތުގެ ދާއިރާ  | 
|||||||||||||||
| 
 މުސާރަ:  | 
 މަހަކު -/5،610 ރުފިޔާ  | 
 ސަރވިސް އެލަވަންސް:  | 
 މަހަކު -/2،500 ރުފިޔާ  | 
|||||||||||||
| 
 އުޖޫރައާއި ޢިނާޔަތްތައް:  | 
 އިތުރުގަޑީގައި މަސައްކަތްކުރާނަމަ، ހަމަޖެހިފައި އޮންނަ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.  | 
|||||||||||||||
| 
 މަޤާމުގެ ޝަރުޠު:  | 
 1. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދަށްވެގެން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތ؛ަ 2. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛ 3. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 4 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.  | 
|||||||||||||||
| 
 ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމުގައި ބެލޭނެ ކަންކަން:  | 
 1. ތަޢުލީމާއި ތަޖުރިބާ. 2. މަސައްކަތު ތަޖުރިބާ. 3. އިންޓަވިއު. 4. ފަހުގެ ޓެކްނޮލޮޖީއާއި ކޮމްޕިއުޓަރަށް އަހުލުވެރިވެފައިވާ މިންވަރު. 5. ގިނަ ވަގުތު މަސައްކަތުގައި ހޭދަކުރެވޭނެ ފަރާތެއްކަމުގައިވުން. 6. މުޢާމަލާތުކުރުމުގެ ހުނަރު.  | 
|||||||||||||||
| 
 މަޤާމުގެ މަސްއޫލިއްޔަތު:  | 
 1. ދަރިވަރުންނަށާއި، މުވައްޒަފުންނާއި، ބެލެނިވެރިންނަށް އަމާޒުކޮށްގެން ޞިއްޙީ ޕްރޮގުރާމްތައް ރާވައި ހިންގުން. 2. ދަރިވަރުންގެ ހެލްތު ޗެކަޕް ޕްރޮގުރާމް ރާވައި ހިންގުން. 3. ހެލްތު ރޫމް ބެލެހެއްޓުން. 4. ހެލްތު ރޫމުން ފަސްޓްއެއިޑް ލިބޭނެގޮތް ހަމަޖެއްސުން. 5. ސްކޫލުގެ އިމާރާތްތަކާއި ގޯތިތެރެއާއި ފާޚާނާތަކުގެ ސާފުތާހިރުކަން ދުވަހުން ދުވަހަށް ޗެކްކުރުން. 6. ޞިއްޙީ މައްސަލަތައް ހުންނަ ދަރިވަރުންގެ ބެލެނިވެރިންނާ ބައްދަލުކޮށް އެހީތެރިވެދިނުން. 7. ދަރިވަރުންނަށް ޞިއްޙީ މަޢުލޫމާތު ފޯރުކޮށްދިނުން. 8. ކުރިއަށް އޮތް އަހަރު ސްކޫލް ހެލްތު ޕްރޮގުރާމް ހިންގާނެގޮތުގެ ތާވަލް ތައްޔާރުކޮށްފައި އެޑިޔުކޭޝަން މިނިސްޓްރީއަށް ފޮނުވުން.  | 
|||||||||||||||
| 
 އެޕްލިކޭޝަނާއެކު ހުށަހަޅަންޖެހޭ ތަކެތި:  | 
 1. ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ސާފު ކޮޕީ (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ ކޮޕީގެ އަސްލު) 2. ވަޒީފާގައި އުޅޭ ނުވަތަ އުޅެފައިވާ ފަރާތެއްނަމަ، އަދާކުރާ ނުވަތަ އަދާކުރި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުމެއް (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ ކޮޕީގެ އަސްލު) 3. ވަޒީފާއަށް ކުރިމަތިލާ ފަރާތް މަސައްކަތްކުރި އޮފީހަކުން، އެފަރާތުގެ މަސައްކަތާމެދު ދެކޭގޮތުގެ ލިޔުމެއް. 4. ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު ޢިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް. 5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (އެކްރެޑިޓްކޮށްފައިވާ ސަނަދާއި، އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހަކުން ތައްގަނޑު ޖަހާފައިވާ ކޮޕީގެ އަސްލު) 6. މަސައްކަތު ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހަކުން ތައްގަނޑު ޖަހާފައިވާ ކޮޕީގެ އަސްލު) 7. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު) ނޯޓު: 
  | 
|||||||||||||||
| 
 އެޕްލިކޭޝަން ފޮނުވަންވީ ތާރީޚު:  | 
 2016 ޖޫން 29 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން ރަސްމާދޫ ސުކޫލަށް.  | 
|||||||||||||||
| 
 އިންޓަވިއުއާއި ޕްރެކްޓިކަލް:  | 
 - އިންޓަވިއު ކުރެވޭނީ، އިޢުލާނުގައި ބަޔާންކުރެވިފައިވާ މަޤާމަށް ޝަރުޠު ހަމަވާ ކެންޑިޑޭޓުންގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ. - މި ވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމާއި ތަމްރީނަށް ބަލައިގެން 10 ފަރާތެއް ޝޯޓް ލިސްޓް ކުރެވޭނެއެވެ. - އިންޓވިއުއަށް ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކުން، އެމީހަކު އިންޓަވިއުއަށް ހާޒިރުވާއިރު، ވަޒީފާއަށް އެދޭ ފޯމުގައިވާ ލިޔުންތަކުގެ އަސްލު ގެންނަންވާނެއެވެ.  | 
|||||||||||||||
| 
 އިތުރު މަޢުލޫމާތު:  | 
 - މި މަޤާމަށް ހޮވޭ ކެންޑިޑޭޓަކު ވަޒީފާއަށް ނުކުންނަ ތާރީޚުން ފެށިގެން ފުރަތަމަ 3 މަސްދުވަސް ބެލޭނީ، ވަޒީފާގެ ޕްރޮބޭޝަން މުއްދަތުގެ ގޮތުގައެވެ. މި މުއްދަތުގެ ތެރޭގައި، މުވައްޒަފުގެ މަސައްކަތުގެ ފެންވަރާއި، މަސައްކަތްތަކުގެ އަޚުލާޤަށް ބަލައި، އެއްވެސް ނޯޓިހެއް ދިނުމަކާ ނުލައި، ވަޒީފާގެ އެއްބަސްވުން އުވާލައި، މުވައްޒަފު ވަޒީފާއިން ވަކިކުރުމުގެ ރަސްމާދޫ ސްކޫލަށާއި، މިނިސްޓްރީ އޮފް އެޑިޔުކޭޝަނަށް ލިބިގެންވެއެެވެ. - އިތުރު މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، 6580330 ނަންބަރު ފޯނަށް ނުވަތަ 9693141 ނަންބަރު ފޯނަށެވެ.  | 
|||||||||||||||
15 ރަމަޟާން 1437
