ދިވެހިރާއްޖެ
މި ކޮމިޝަނުގެ ނަންބަރު: A)CA-2013/252)ފ(23 ޖޫން 2013) އިޢުލާނަށް ހަވާލާދީ ދަންނަވަމެވެ.
2013 ސެޕްޓެންބަރު 7 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖައްސާފައިވާ ރިޔާސީ އިންތިޚާބުގައި ވޯޓުފޮށި ބެހެއްޓުމަށް އިޢުލާނުކޮށްފައިވާ ޞިނާޢީ މަސައްކަތް ކުރާ 5 ތަނުގެ ތެރެއިން މި ކޮމިޝަނުން ކަނޑައަޅާފައިވާ އަދަދަށް (މަދުވެގެން 50 މީހުން) އެ ތަނެއްގައި ވޯޓުލުމަށް ރަޖިސްޓަރީކޮށްފައިވަނީ 4 ތަނެއްގައެވެ.
ވީމާ، ޞިނާޢީ މަސައްކަތްކުރާ ތަންތަނުގެ ތެރެއިން ވޯޓުފޮށި ބަހައްޓާގޮތަށް ނިންމާފައިވާ 4 ތަނުގައި ބަހައްޓާ ވޯޓުފޮށީގެ މަޢުލޫމާތު މިދަންނަވަނީއެވެ.
# |
ވޯޓުފޮށީގެ ނަން |
ވޯޓުފޮށި ބަހައްޓާ ރަށް/ތަން |
ވޯޓުލާ ސަރަޙައްދު |
ވޯޓުފޮށީގެ ނަންބަރު |
1 |
V01.1.1
|
ތިލަފުށި -1 |
މި ފޮށްޓަށް ވޯޓުލާނީ ތިލަފުށީގައި މަސައްކަތް ކުރާ ދިވެހި މުވައްޒަފުންގެ ތެރެއިން މި ފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީ ކޮށްފައިވާ މީހުންނެވެ. |
ކ. ތިލަފުށި
ސެކްޓަރ 3 ގެ ޕްލޮޓް ނަންބަރ S3041 (M9) |
2 |
V03.1.1
|
ކޫއްޑޫ-1 |
މި ފޮށްޓަށް ވޯޓުލާނީ ކޫއްޑޫ ގައި މަސައްކަތް ކުރާ ދިވެހި މުވައްޒަފުންގެ ތެރެއިން މި ފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީ ކޮށްފައިވާ މީހުންނެވެ. |
ގއ. ކޫއްޑޫ
ކޯލްޑް ސްޓޯރ އޭރިއަރ |
3 |
V04.1.1
|
ގަން-1 |
މި ފޮށްޓަށް ވޯޓުލާނީ އައްޑޫ އިންޓަރނޭޝަނަލް އެއަރޕޯޓުގައި މަސައްކަތް ކުރާ ދިވެހި މުވައްޒަފުންގެ ތެރެއިން މި ފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީ ކޮށްފައިވާ މީހުންނެވެ. |
އައްޑޫ ސިޓީ، ގަން
ޒުވާނުންގެ މަރުކަޒު |
4 |
V05.1.1 |
ހުޅުލެ-1 |
މި ފޮށްޓަށް ވޯޓުލާނީ އިބްރާހިމް ނާޞިރް އިންޓަރނޭޝަނަލް އެއަރޕޯޓުގައި މަސައްކަތް ކުރާ ދިވެހި މުވައްޒަފުންގެ ތެރެއިން މި ފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީ ކޮށްފައިވާ މީހުންނެވެ. |
ހުޅުލެ
އެއަރޕޯޓް ރިކްރިއޭޝަން ސެންޓަރ (އޭ.އާރް.ސީ) |
މިހެންވެ މިކަން ޢާންމުކޮށް އެންގުމަށް އިޢުލާނު ކުރީމެވެ.
6 ޝައްވާލް 1434