އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކޭޝިއަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމް:

ކޭޝިއަރ

މަޤާމުގެ ކްލެސިފިކޭޝަން:

އޮފިސަރ ގްރޭޑް 1

މަޤާމުގެ ރޭންކް: ޖީ. އެސް. 3

ބޭނުންވާ އަދަދު:

1 (އެކެއް)

މަޤާމުގެ ނަންބަރު: 236047

މުސާރަ:

މަހަކު -/4،465 ރުފިޔާ  

ސަރވިސް އެލަވަންސް: މަހަކު -/1،500 ރުފިޔާ  

އެލަވަންސްތަކާއި ޢިނާޔަތްތައް:

އިތުރުގަޑީގެ ފައިސާއާއި، ބަންދު ދުވަހުގެ ފައިސާ، "ދިވެހި ސިވިލް ސަރވިސްގެ ގަވާއިދު" ގައި ކަނޑައެޅިފައިވާ ގޮތުގެ މަތިން ދެވޭނެއެވެ.

މަޤާމުގެ މަސްއޫލިއްޔަތު:

ކައުންސިލްގެ އާމްދަނީގެގޮތުގައި ކައުންސިލް އިދާރާއިން ބަލައިގަންނަންޖެހޭ ފީއާއި ކުލި ބަލައިގަތުމާއި، ކައުންސިލަށް ބަލައިގަންނަ ސަރުކާރުގެ ދާއިރާތަކަށް ފޮނުވަންޖެހޭ ފައިސާ ބަލައިގަތުމާއި، އޭގެ ރެކޯޑް ބެލެހެއްޓުމާއި، ފައިސާ ބަލައިގަތުމަށްފަހު ބެންކަށް ޖަމާކުރެވެންދެން ތިޖޫރީގައި ފައިސާ ރައްކާކުރުމާއެކު މިކަންކަމާ ގުޅިގެން ކުރަންޖެހޭ އެންމެހައި މަސައްކަތް ކުރުން.  

މަޤާމުގެ ޝަރުޠުތައް:

ބިޒްނަސް / މެނޭޖްމަންޓް، އެކައުންޓިންގ، ފައިނޭންސް މެނޭޖްމަންޓުގެ ދާއިރާއިން:

1. ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

2. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމުގެ އިތުރުން، ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

ވަޒީފާ އަދާކުރަންޖެހޭ ތަން:

ފައިނޭންސް ސެކްޝަން / އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންކަން:

1. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ލިބިފައިވާ ތަޢުލީމާއި ތަމްރީން.

2. މަސައްކަތާ ގުޅޭ ދާއިރާއެއްގައި މަސައްކަތްކޮށްފައިވާނަމަ، މަސައްކަތުގެ ތަޖުރިބާ.

3. މަސައްކަތުގެ ހުނަރާއި ޤާބިލްކަން.

4. މަސައްކަތުގެ ހުނަރާއި، ފެންވަރާއި، ޤާބިލުކަން ބެލުމަށް ބޭއްވޭ ޕްރެކްޓިކަލްސް.

އިންޓަވިއު ބޭއްވޭނެ ތަނާއި ތާރީޚު:

އިންޓަވިއުއަށް ހާޒިރުވުމުގެ 24 ގަޑިއިރުގެ ކުރިން (ބަންދު ދުވަސް ނުހިމަނައި) އިންޓަވިއު ބޭއްވޭނެ ތަނަކާއި ގަޑި، ލިއުމަކުން އެންގޭނެއެވެ.

 

 

ހުށަހަޅަންޖެހޭ ލިޔުންތައް:

 

 

 

 

  1. ވަޒީފާއަށް އެދި ހުށަހަޅާ، ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު، އައްޑޫ ސިޓީ ކައުންސިލްގެ އިދާރާއިންނާއި، އައްޑޫސިޓީ ކައުންސިލްގެ އިދާރާގެ އަވަށު އޮފީސްތަކުން ލިބެން ހުންނާނެއެވެ.)
  2. ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ސާފު ކޮޕީއެއްް.
  3. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް
  4. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (އެކްރެޑިޓް ކޮށްފައިވާ)
  5. ކޯސް ފުރިހަމަކުރުމަށްފަހު، ކޯހުން ފާސްވެފައިވާކަމުގެ ލިޔުން ލިބިފައިވާ ފަރާތްތަކުން، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު، ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެ ކަމަށް ބަޔާންކޮށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާ "ކޮލިފިކޭޝަން އެސެސްމަންޓް ރިޕޯޓް" ހުށަހަޅަންވާނެ.
  6. ވަޒީފާއެއްގައި އުޅޭ ނުވަތަ އުޅެފައިވާ ފަރާތެއްނަމަ، އަދާކުރާ ނުވަތަ އަދާކުރި ވަޒީފާގެ މަސްއޫލިއްޔަތާއި މުއްދަތު އެނގޭނެ ރަސްމީ ލިޔުމެއް (މި އިދާރާގެ މުވައްޒަފުން މި ލިޔުން ހުށަހަޅާކަށެއް ނުޖެހޭނެއެވެ.)
  7. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި، އީމެއިލް އެޑްރެހާއެކު)

ވަޒީފާއަށް އެދޭ ފަރާތްތައް ސްކްރީން ކުރުމާއި ޝޯޓް ލިސްޓް ކުރުން:

ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން ސްކްރީންކުރުމާއެކު، މަޤާމަށް އެދޭ، ޝަރުޠު ހަމަވާ ފަރާތްތަކުގެއަދަދު 10 އަށްވުރެ ގިނަނަމަ، ހިއުމަން ރިސޯސް މެނޭޖްމަންޓް އެންޑް ޑިވެލޮޕްމަންޓް ކޮމިޓީގެ މަޝްވަރާއާއެކު، އެފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ. ޝޯޓްލިސްޓްކުރުމުގައި ބެލޭނެ ކަންތައްތަކަކީ:

1- ލިބިފައިވާ ތަޢުލީމާއި ތަމްރީން 2- ލިބިފައިވާ މަސައްކަތުގެ ތަޖުރިބާ  3- މަސައްކަތުގެ ހުނަރާއި ޤާބިލްކަން.

ސުންގަޑި:

2016 ޖޫން 29 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން، އައްޑޫ ސިޓީ ކައުންސިލްގެ އިދާރާއަށް.

އިތުރު މަޢުލޫމާތު:

އިތުރު މަޢުލޫމާތު ސާފުކުރުމަށް އައްޑޫސިޓީ ކައުންސިލްގެ އިދާރާގެ 6885003 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.

11 ރަމަޟާން 1437

16 ޖޫން 2016
ހޯދާ