ފުވައްމުލަކު ދިގުވާޑު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވަގުތީ މަސައްކަތު ( ކޮންޓްރެކްޓް)

އިޢުލާން

ވަޒީފާގެ ފުރުޞަތު:      

މަޤާމް:

ވަގުތީ މަސައްކަތު (ކޮންޓްރެކްޓް)

ވަޒީފާ އަދާކުރަންޖެހޭ ތަން:

ފުވައްމުލަކު ދިގުވާނޑު ކައުންސިލްގެ އިދާރާ

ވަޒީފާ އަދާކުރަންޖެހޭ ސެކްޝަން:

ކޯޕަރޭޓް އެފެއާޒް، ފުވައްމުލަކު ދިގުވާނޑު ކައުންސިލްގެ އިދާރާ

މުސާރަ:

މަހަކު -/3100 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު -/1000 ރުފިޔާ

އުޖޫރައާއި ޢިނާޔަތްތައް:

ހަފްތާއަކު ފަސްދުވަހު ދުވާލަކު ހަގަޑިއިރަށްވުރެ އިތުރަށް މަސައްކަތްކުރާނަމަ، ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

ބޭނުންވާ އަދަދު:

1 (އެކެއް)

މަޤާމުގެ ޝަރުޠުތައް:

1- ލިޔަންކިޔަން ދަތުމާއެކު، މަޤާމުގެ ހުނަރު/ ޤާބިލްކަން ލިބިފައިވުން.

2- މަގުބައްތި ފަދަ ތަކެތި މަރާމާތުކުރުމަށްޓަކައި ހޮޅިދަނޑި ފަދަ ތަންތަނަށް އެރޭ މީހަކަށްވުން.

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

 

1- ދިގުވާނޑު އަވަށުގެ އިޖުތިމާޢީ ސަރަހައްދުތަކުގައިވާ ލައިޓްތައް މި އިދާރާއާ ގުޅިގެން މަރާމާތުކުރުން.

2- ދިގުވާނޑު ކުޑަކުދިންގެ ޕާކާއި އިޖުތިމާޢީ ސަރަހައްދުތައް ސާފުކޮށް ބެލެހެއްޓުން.

3- ދިގުވާނޑު އަވަށުގެ ތަރައްޤީއަށް ކައުންސިލުން ކުރާ މަސައްކަތްތަކުގައި އެހީތެރިވުން.

އިންޓަވިއުއާއި ޕްރެކްޓިކަލްސް އޮންނާނެ ތަނާއި މުއްދަތު:

މި މަޤާމަށް މުވައްޒަފަކު ހޮވުމަށް ބޭއްވޭ އިންޓަވިއުކުރުން މި އިޢުލާނުގެ މުއްދަތު ހަމަވާތާ 7 ދުވަހުގެ ތެރޭގައި ފުވައްމުލަކު ދިގުވާނޑު ކައުންސިލްގެ އިދާރާގައި އޮންނާނެއެވެ.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

ސިޓީ ހުށަހަޅާނީ، 2016 ޖޫން 29 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން، ފުވައްމުލަކު ދިގުވާނޑު ކައުންސިލްގެ އިދާރާއަށެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

 

 

1- ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ.

2- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.

3- ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތަކުގެ ކޮޕީ.

4- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.

5- ވަޒީފާއެއްގައި އުޅޭ ނުވަތަ އުޅެފައިވާ ފަރާތެއްނަމަ، އަދާކުރާ ނުވަތަ އަދާކުރި ވަޒީފާގެ މުއްދަތާއި މަސްއޫލިއްޔަތު އެނގޭ ރަސްމީ ލިޔުން.

ނޯޓު: ވަޒީފާއަށް އެދި ހުށަހަޅުއްވާ ސިޓީއާއެކު ހުށަހަޅާ ލިޔުންތަކުގެ އަސްލު އިންޓަވިއުއަށް ހާޒިރުވާއިރު ގެންނަންވާނެއެވެ. މި ލިޔުންތައް، ސިޓީއާއެކު ހުށަހެޅި ތަކެތީގެ ޞައްޙަކަން ކަށަވަރުކުރުމަށްފަހު އަނބުރާ ހަވާލުކުރެވޭނެއެވެ.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތް ހޮވުމަށް ބެލޭނެ މިންގަނޑުތައް:

1- ތަޢުލީމާއި ތަމްރީން.

2- މަސައްކަތުގެ ތަޖުރިބާ.

3- މަސައްކަތުގެ ހުނަރާއި، ފެންވަރާއި، ޤާބިލްކަމުގެ ސިފަތައް.

އިތުރު މަޢުލޫމާތު:

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، 6860009 ނަންބަރު ފޯނާއެވެ.

15 ރަމަޟާން 1437

20 ޖޫން 2016
ހޯދާ