ދިވެހިރާއްޖެ
އިޢުލާން
ދެ ކޮޓަރީގެ އެޕާޓްމަންޓެއް ކުއްޔަށް ހިފުން:
ތ. އަތޮޅު ހޮސްޕިޓަލުގައި މަސައްކަތްކުރާ ބިދޭސީ މުވައްޒަފުންނާއި ރަށުން ބޭރުގެ މުވައްޒަފުން ބޭތިއްބުމަށްޓަކައި 2 ކޮޓަރީގެ އެޕާޓްމަންޓެއް ފަރުނީޗަރާއެކު ކުއްޔަށް ހިފުމަށް ކުރެވުނު ނަންބަރު:(IUL)TAH-A/INDIV/2016/7 އިޢުލާނާ ގުޅިގެން އަންދާސީހިސާބު ހުށަހެޅުމަށް ވަޑައިގެންނެވީ އެންމެ ފަރާތެއްކަމުގައިވާތީ، އެ އިޢުލާން ބާޠިލުކޮށް އަލުން އިޢުލާންކުރަމެވެ.
ވީމާ، މިފަދަ ތަނެއް ކުއްޔަށް ދެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2016 ޖޫން 26 ވާ އާދީއްތަ ދުވަހުގެ 13:00 އަށް މި ހޮސްޕިޓަލުގެ އޮފީހަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، އަންދާސީހިސާބު ހުށަހެޅުއްވުމަށް، 2016 ޖޫން 30 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް މި ހޮސްޕިޓަލްގެ އޮފީހަށް ވަޑައިގެންދެއްވުން އެދެމެވެ.
މަޢުލޫމާތު ސާފުނުކުރައްވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީހިސާބު ބަލައިނުގަނެވޭނެއެވެ. އަންދާސީހިސާބު ހުށަހަޅުއްވާ ފަރާތް ފިޔަވައި އެހެން ފަރާތްތަކުން އަންދާސީހިސާބު ހުށަހެޅުމަށާއި، މަޢުލޫމާތު ހޯއްދެވުމަށް ހާޒިރުވާނަމަ، އަންދާސީހިސާބު ހުށަހަޅާ ފަރާތުގެ ސިޓީ އަދި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކޮޕީއަކާއެކު ފޮނުއްވެވުން އެދެމެވެ.