ފެލިދެއަތޮޅު ފުލިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޓޫރިސްޓް ގެސްޓްހައުސް ތަރައްޤީކޮށް ހިންގުމަށް ބިންދޫކުރުން

އިޢުލާން

ބީލަން ހުށަހެޅުމުގެ ދަޢުވަތު         

(ހ) ފެލިދެއަތޮޅު ފުލިދޫގެ ދެކުނުފަރާތު އިރުވާކޮޅު ތުނޑީ ސަރަޙައްދުން ފަތުރުވެރިކަމުގެ މަސައްކަތް ތަރައްޤީކުރުމަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާފައިވާ ސަރަޙައްދުގައި އޮތް 30,000 (ތިރީސްހާސް) އަކަފޫޓުގެ ބިމުގެ ތެރެއިން އަމިއްލަ ޚަރަދުގައި ޓޫރިސްޓް ގެސްޓްހައުސް ތަރައްޤީކޮށް ހިންގުމަށް 4,000 (ހަތަރުހާސް) އަކަފޫޓުގެ 3 ބިން ބީލަން އުސޫލުން އެންމެ ރަނގަޅު ހުށަހެޅުމެއް ހުށަހަޅާ ފަރާތަކަށް 50 އަހަރުދުވަހުގެ މުއްދަތަށް ކުއްޔަށްދިނުމަށް ވ.ފުލިދޫ ކައުންސިލުން ކަނޑައަޅައިފީމެވެ.

(ށ) 4,000 އަކަފޫޓުގެ އެ 3 ބިމުގައި ނުވަތަ އެ 3 ބިމުން ބިމެއްގައި އަމިއްލަ ޚަރަދުގައި ޓޫރިސްޓް ގެސްޓްހައުސް ޢިމާރާތްކުރުމަށްފަހު، އެތަންތަން ހިންގައި ބެލެހެއްޓުމަށް ޝައުޤުވެރިވާ ފަރާތްތަކުން ބިޑް ޑޮކިއުމެންޓުގައި ބަޔާންކޮށްފައިވާ ގޮތަށް ބިޑް ތައްޔާރުކޮށް، ސިޓީއުރައެއްގައި ބަންދުކުރެއްވުމަށްފަހު، މި ބިޑް ޑޮކިއުމަންޓްގައި ބަޔާންކޮށްފައިވާގޮތަށް، ބިޑް ހުށަހެޅުމަށް ދަޢުވަތު ދެމެވެ.

(ނ) ގެސްޓްހައުސް ތަރައްޤީކުރުމަށް ދޫކުރެވޭ ބިން ކުއްޔަށްދޭނީ ޓޫރިޒަމާބެހޭ ޤާނޫނާއި ގަވާއިދުތަކާ އެއްގޮތްވާގޮތުގެ މަތިން ބިން ކުއްޔަށް ދިނުމުގެ އެއްބަސްވުމުގެ ތާރީޚުން ފެށިގެން 50 (ފަންސާސް) އަހަރުދުވަހުގެ މުއްދަތަށެވެ.

(ރ) އެ ބިމުގައި ޓޫރިސްޓް ގެސްޓުހައުސް ޢިމާރާތްކުރުމަށްފަހު، އެތަން ހިންގައި ބެލެހެއްޓުމަށް ޝައުޤުވެރިވާ ފަރާތްތަކުގެ ތެރެއިން، އިތުރު މަޢުލޫމާތު ހޯއްދެވުމަށާއި މިކަމަށް ތައްޔާރުކުރެވިފައިވާ ބިޑް ޑޮކިއުމަންޓް ގަތުމަށް ބޭނުންވާ ފަރާތްތަކަށް، 2016 ޖޫން 19 ވަނަ ދުވަހުން ފެށިގެން 2016 އޮގަސްޓު 10 ވަނަ ދުވަހުގެ ނިޔަލަށް ބަންދުނޫން ކޮންމެދުވަހެއްގެ ހެނދުނު 9:30 އިން ފެށިގެން 14:00 އާ ދެމެދު އަންނަނިވި އެޑްރެހުގައި، އެކަން ހަމަޖެހިފައި ހުންނާނެއެވެ.

ފެލިދެއަތޮޅު ފުލިދޫ ކައުންސިލްގެ އިދާރާ

ސޯސަން މަގު

ވ. ފުލިދޫ (20001)

ޓެލެފޯނު ނަންބަރު: 6700603

ފެކްސް ނަންބަރު: 6700603

އީމެއިލް އެޑްރެސް: [email protected]

(ބ) މި ބިޑް ޑޮކިއުމަންޓް ބައްލަވައިގަތުމަށް ބޭނުންފުޅުވާ ފަރާތްތަކުން، އެކަމަށް އެދި ހުށަހަޅަންވާނީ، ބިޑް ޑޮކިއުމަންޓް ގަތުމަށް އެދޭ ފޯމު މެދުވެރިކޮށް މި މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ ފެލިދެއަތޮޅު ފުލިދޫ ކައުންސިލްގެ އިދާރާއަށެވެ. ބިޑް ޑޮކިއުމަންޓް ގަތުމަށް އެދޭ ފޯމު ފެލިދެ އަތޮޅު ފުލިދޫ ކައުންސިލްގެ އިދާރާއިން ލިބިވަޑައިގަންނަވާނެއެވެ.

(ޅ) އެ ބިމުގައި ޓޫރިސްޓް ގެސްޓްހައުސް ޢިމާރާތްކުރުމަށްފަހު އެތަން ހިންގައި ބެލެހެއްޓުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ބިޑް ހުށަހެޅުމުގެ ފުރުޞަތު ކަނޑައެޅިފައިވާ މުއްދަތާ ހަމަޔަށް އާންމުކޮށް ވާނީ ހުޅުވާލެވިފައެވެ. ބިޑް ޑޮކިއުމަންޓް ގަންނަން ލިބޭނީ -/1000ރ (އެއްހާސް) ރުފިޔާއަށެވެ.

(ކ) ބިޑް ޑޮކިއުމަންޓް ގަތުމަށް އެދޭ ފޯމާއެކު އަންނަނިވި ތަކެތި ހުށަހަޅަންވާނެއެވެ.

   1 - ބިޑް ޑޮކިއުމަންޓް ގަތުމަށް އެދޭ ފޯމުގައި ސޮއިކުރުމަށްފަހު ހުށަހަޅާނީ، އެ ފޯމު މެދުވެރިކޮށް ގަންނަ ބިޑް ޑޮކިއުމަންޓްގައިވާ ގޮތުގެ މަތިން ބިޑް ހުށަހަޅަން ބޭނުންވާ ފަރާތްނޫން އެހެން ފަރާތަކުން ކަމުގައިވާނަމަ، އޭނާ އެ ބިޑް ޑޮކިއުމަންޓް ގަތުމަށާއި ބިޑް ޑޮކިއުމަންޓް ގަތުމަށް އެދޭ ފޯމުގައި ސޮއިކުރުމަށް ބިޑް ހުށަހަޅަން ބޭނުންވާ ފަރާތުން ހުއްދަކުރާކަމުގެ ޕަވަރ އޮފް އެޓަރނީއާއެކުއެވެ.

   2 - ބިޑް ޑޮކިއުމަންޓް ގަތުމަށް އެދޭ ފޯމު ހުށަހަޅަނީ، ކުންފުންޏަކުންނަމަ، އެ ކުންފުނީގެ ރަޖިސްޓްރޭޝަން ސެޓުފިކެޓުގެ ކޮޕީއެއް ހުށަހަޅަންވާނެއެވެ. ބިޑް ޑޮކިއުމަންޓް ގަތުމަށް އެދޭ ފޯމު ހުށަހަޅަނީ، ޕާޓްނަރޝިޕަކުންނަމަ، އެ ޕާޓްނަރޝިޕެއްގެ ރަޖިސްޓްރޭޝަން ސެޓުފިކެޓުގެ ކޮޕީއެއް ހުށަހަޅަންވާނެއެވެ. އަދި ބިޑް ޑޮކިއުމަންޓް ގަތުމަށް އެދޭ ފޯމު ހުށަހަޅަނީ، ވަކި ފަރުދަކުނަމަ، އެފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއެއް ހުށަހަޅަންވާނެއެވެ.

   3 - ބިޑް ޑޮކިއުމަންޓް ގަތުމަށް ދަންކަންޖެހޭ އަގަށްވާ -/1،000ރ (އެއްހާސް) ރުފިޔާ ހުށަހަޅަންވާނެއެވެ.

(އ) ބިޑް ޑޮކިއުމަންޓް ގަތުމަށް ފައިސާ ދެއްކުމުން، އެ ފައިސާ ބަލައިގަތްކަމުގެ ރަސީދެއް ކައުންސިލްގެ އިދާރާއިން ދޫކުރާނެއެވެ. އަދި ގަންނަ ބިޑް ޑޮކިއުމަންޓްގެ ސީރިއަލް ނަންބަރު އެ ރަސީދުގައި ބަޔާންކޮށްފައި އޮންނާނެއެވެ.

(ވ) ބިޑް ޑޮކިއުމަންޓާއި ބިޑްގެ ސީރިއަލް ނަންބަރަކީ ވަކިފަރާތަކަށް ސީދާ ދޫކުރެވޭ އެއްޗެއްކަމުގައިވާތީ، އެއީ، އެހެންފަރާތަކަށް ފަހުން ބަދަލުކުރެވޭނެ ނުވަތަ ނަޤުލުކުރެވޭނެ އެއްޗެއް ނޫނެވެ. އަދި ބިޑް ގަތުމަށް ހޭދަކުރާ ފައިސާއަކީ އަނބުރާ ލިބޭނެ ފައިސާއެއްނޫނެވެ.

(މ) ބިޑް ހުށަހަޅާ ކޮންމެ ފަރާތަކުންވެސް އެ ބިޑް ހުށަހަޅަނީ، އެ ބިމުގައި ޓޫރިސްޓް ގެސްޓްހައުސް ތަރައްޤީކޮށް، އަދި އެތަންތަން ޢިމާރާތްކުރުމަށްފަހު، އެ ތަންތަން ހިންގައި ބެލެހެއްޓުމަށެވެ. އެހެންކަމުން، ބިން ކުއްޔަށް ހިފަން ވަކިބިޑެއް، އަދި ގެސްޓްހައުސް ހެދުމަށް ވަކިބިޑެއް އެއްވެސް ފަރާތަކުން ހުށަހަޅާކަށް ނުޖެހޭނެއެވެ. ކޮންމެ ފަރާތަކުންވެސް މި ބިޑް ޑޮކިއުމަންޓާ އެއްގޮތަށް އެއް ބިޑް ހުށަހެޅުމުން އެ ބިޑް ހުށަހެޅެނީ އެ ހުރިހާ ކަންތަކެއްވެސް ކުރުމަށް އެދި ކަމުގައި ބެލެވޭނެއެވެ.

(ފ) ބިޑް ހުށަހެޅުމަށް ބީލަންފޮތް ގަނެފައިވާ ފަރާތްތަކަށް މަޢުލޫމާތު ދިނުމަށްޓަކައި، 2016 ޖުލައި 10 ވަނަ ދުވަހުގެ މެންދުރުފަހުގެ 1:00 ގައި ފެލިދުއަތޮޅު ފުލިދޫ ކައުންސިލްގެ އިދާރާގައި ޕްރީބިޑް ބައްދަލުވުމެއް އޮންނާނެއެވެ. ޕްރީބިޑް ބައްދަލުވުން ބޭއްވޭނެ ތަނާއި ވަގުތަށް ބަދަލެއް އަތުވެއްޖެނަމަ އެކަން ބިޑް ބައްލަވައިގެންނެވި ފަރާތްތަކަށް ލިޔުމުން އެންގޭނެއެވެ.

(ދ) ބިޑް ހުށަހަޅަން ޖެހޭނީ، ސިޓީއުރައެއްގައި ބަންދުކުރެއްވުމަށްފަހު، 2016 އޮގަސްޓު 11 ވަނަ ދުވަހުގެ މެންދުރުފަހުގެ 2:00 ގައި، ކައުންސިލްގެ އިދާރާއަށެވެ. ނުވަތަ އެކަންކުރުމަށް ކައުންސިލްގެ އިދާރާއިން ކަނޑައަޅައި، ދުރާލައި އާންމުކޮށް އަންގައި އެޑްރެހަކަށެވެ.

(ތ) ބިޑް ހިމެނޭ ބަންދުކޮށްފައިވާ ސިޓީއުރަ ހުޅުވާނީ، ބިޑް ހުށަހެޅި ފަރާތްތަކުގެ ހާޒިރުގައި ނުވަތަ އެފަރާތްތަކުން ފޮނުވާ މަންދޫބެއްގެ ހާޒިރުގައި ބާއްވާ ބައްދަލުވުމެއްގައި 2016 އޮގަސްޓު 11 ވަނަ ދުވަހުގެ މެންދުރުފަހުގެ 2:00 ގައި، ކައުންސިލްގެ އިދާރާގައެވެ. ނުވަތަ އެކަން ކުރުމަށް ކައުންސިލްގެ އިދާރާއިން ކަނޑައަޅައި، ދުރާލައި އާންމުކޮށް އަންގާ އެޑްރެހަކަށެވެ.

(ލ) ބިޑް ހުށަހެޅުމަށް އޮތް އެއްވެސް އުސޫލަކަށް ބަދަލެއް އަންނަކަމަށްވާނަމަ، ބިޑް ބައްލަވައިގަތް އެންމެހާ ފަރާތްތަކަށް ކައުންސިލްގެ އިދާރާއިން ލިޔުމުން އެކަން އަންގަމުން، އަދި، އެކަން އާންމުކޮށް އިޢުލާނުކުރަމުން ގެންދާނެއެވެ.

14 ރަމަޟާން 1437

19 ޖޫން 2016
ހޯދާ