މާޅޮސްމަޑުލު އުތުރުބުރީ މާކުރަތު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރުއްގަހުގެ ވެރިފަރާތް ހޯދުމާ ބެހޭ

އިޢުލާން

ރުއްގަހުގެ ވެރިފަރާތް ހޯދުމާ ގުޅޭ

ބަށިކޯޓު އެޅުމަށް ހަމަޖެހިފައިވާ ބިމުގައި ހުރި ރުއްގަހުގެ ވެރިފަރާތްތަކުގެ މަޢުލޫމާތު ސާފުކުރުމަށް ބޭނުންވެއެވެ.

ބަށިކޯޓު އެޅުމަށް ހަމަޖެހިފައިވަނީ ރ. މާކުރަތު ރަސްމީ ފުޓުބޯޅަދަނޑުގެ އިރުއުތުރު ކަނުގައެވެ. މި ސަރަޙައްދުގައި ހުރި، ވެރިފަރާތްތައް ހޯދުމަށް ބޭނުންވާ ރުއްގަހުގައި ހުދު ދަވާދުން ބަންދު އަޅައި ނަންބަރު ޖަހާފައިވާނެއެވެ. އަދި މި ރުއްގަހުގެ ލިސްޓު މި އިޢުލާނާއެކު އާންމުކުރެވިފައިވާނެއެވެ.

ވީމާ، މިސަރަޙައްދުގައި ހުރި ރުއްގަހުގެ ވެރި ފަރާތްތަކުން 2016 ޖޫން 28 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން މި އިދާރާއަށް ލިޔުމަކުން ހުށަހެޅުއްވުން އެދެމެވެ. މި މުއްދަތުގެ ތެރޭގައި ވެރިޔަކު ސާބިތުކޮށްދެވިފައިނުވާ ރުއްގަސް ހުރިނަމަ، ޤާނޫނު ނަންބަރު 21/98 (މީހުން އުޅޭ ރަށްރަށުގެ ރުއްގަހާބެހޭ ޤާނޫނު) ގައިވާ ގޮތުގެ މަތިން ޢަމަލުކުރެވޭނެ ވާހަކަވެސް ދެންނެވީމެވެ.

މިހެންވެ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

11 ރަމަޟާން 1437

16 ޖޫން 2016
ހޯދާ