ދިވެހިރާއްޖެ
އިޢުލާން
ރުއްގަހުގެ ވެރިފަރާތް ހޯދުން:
މިސްކިތްފަންނުމަގާއި އަބާކިރުކަލޭގެމަގު ގުޅުނުހިސާބު ކަންމަތީގައިވާ ބިމުގައި ހުރި ރުއްގަހުގެ ވެރިފަރާތް ހޯދުމަށް ކުރި މި ކައުންސިލްގެ ނަންބަރު (IUL)442-MS/442/2016/30 (8 މޭ 2016) އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން އިޖާބަދީފައިނުވާތީ، އަލުން އިޢުލާންކުރީމެވެ.
މިސްކިތްފަންނު މަގާއި އަބާކިރުކަލޭގެމަގު ގުޅުނު ހިސާބުކަންމަތީގައި ނަންބަރު 05، 09، 11، 12، 13، 14، 15 ޖަހާފައިވާ ރުއްރުކުގެ ވެރިފަރާތް ހޯދުމަށް ވަނީ ބޭނުންވެފައެވެ. މިދެންނެވި ރުއްރުކުގެ ވެރިފަރާތްތަކުން 2016 ޖޫން 22 ވަނަ ދުވަހުގެ 13:00 ގެ ކުރިން ރުއްރުކުގެ ނަންބަރާއެކު ލިޔުމަކުން މި އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.
އަދި އިޢުލާންކުރެވޭ މުއްދަތުގައި އެ ރުއްގަސްތަކުގެ މިލްކުވެރިކަމާ ގުޅޭގޮތުން އެއްވެސް ޝަކުވާއެއް ހުށަހަޅާފައިނުވާނަމަ، އެ ރުއްގަސްތައް ކައުންސިލްގެ ބެލުމުގެ ދަށަށް ނެގޭނެކަމަށް ނުވަތަ ނައްތާލެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.
10 ރަމަޟާން 1437