ދިވެހިރާއްޖެ
މަޤާމު: އޮފިސަރ
ޑިޕާޓްމަންޓް: މެޑިކަލް
މަތީގައި ދަންނަވާފައިވާ މަޤާމަކީ މިކުންފުނިން ކުރަމުންދާ އާސަންދަ ސްކީމް އަދި ޞިއްޙީ ދާއިރާއާގުޅޭ ވަޒީފާގެ ފުރުޞަތެކެވެ.
ތަޢުލީމާ ތަޖުރިބާ:
- ޑިޕްލޮމާ އިން ނާރސިންގ ނުވަތަ ގުޅޭ ދާއިރާއަކުން އެފެންވަރުގެ ސަނަދެއް ހާސިލުކޮށްފައިވުން
- ގުޅޭ ދާއިރާއަކުން މަދުވެގެން 1 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ހާސިލުކޮށްފައިވުން.
- މައިކްރޮސޮފްޓް އޮފިސް އެކްސެލް އަދި ވާރޑް ބޭނުންކުރަން އެނގުން
- މުޢާމަލާތުކުރުމުގެ ހުނަރު ލިބިފައިވުން.
ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:
- ރާއްޖެއިން ބޭރުގެ ކްލެއިމްސް، އޯޕީ އައިޕީ އިންވޮއިސްތައް ބަލައި ފާސްކޮށް އަދި ބާޠިލުކުރަންޖެހޭ އެއްޗެއް ބާޠިލުކޮށް އެންގުން.
- ކުއްލި ހާލަތްތަކުގައި ރާއްޖެއިން ބޭރުގެ ކްލެއިމްސް ބަލައި ފާސްކޮށް ކުންފުނީގެ ގަވައިދާ އެއްގޮތުގެމަތިން ބެލެހެއްޓުން.
- ކަސްޓަމަރ ސާރވިސް އިން އަންނަ ފޯންކޯލްތަކަށް ޖަވާބުދާރީވުން، (އެމަޤާމަކަށް ނަގާ ބޭފުޅަކަށް)
މުސާރައާއި އިނާޔަތް: ކުންފުނީގެ އޮނިގަނޑާ އެއްގޮތްވާ ގޮތުގެ މަތިން
ކުރިމަތިލުމުގެ ސުންގަޑި: 26 ޖޫން 2016 ވަނަ ދުވަހު މެންދުރު 12:00 ގެ ކުރިން
މި މަޤާމަށް ޝައުޤުވެރިވާ، ޝަރުޠު ފުރިހަމަވާ ފަރާތްތަކުން، ތިރީގައިމިވާ ތަކެތި، ފެން ބިލްޑިންގުގެ 3 ވަނަ ފަންގިފިލާ (އަމީނީމަގު) އަށް ފޮނުވުން އެދެމެވެ. އީމެއިލުންނަމަ، [email protected] އަށް ފޮނުވުން އެދެމެވެ.
- ވަޒީފާއަށް އެދޭ ފޯމު.
- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
- ސީވީ.
- ތަޢުލީމީ ސެޓުފިކެޓުތަކުގެ އަސްލުކަމަށް ތައްގަނޑު ޖަހާފައިވާ ކޮޕީ.
- މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ލިޔުން
ވަޒީފާއަށް އެދޭ ފޯމު ޑައުންލޯޑްކުރުމަށް:
http://aasandha.mv/wp-content/uploads/2016/04/Job-Application-Form-Aasandha-Dhivehi1.pdf
http://aasandha.mv/wp-content/uploads/2015/09/Job-Application-Form-Aasandha-English.pdf
މީގެ އިތުރުން، ހުޅުމާލެ ހޮސްޕިޓަލުގެ ރިސެޕްޝަނުން ވެސް މި ފޯމު ލިބެން ހުންނާނެއެވެ.
ޚާއްޞަ ސަމާލުކަމަށް:
މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުން، ވަޒީފާއަށް އެދި ހުށަހަޅާ ލިޔުންތަކުގެ ތެރޭގައި، ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ފޯމު ހުށަނާޅާ ފަރާތްތަކުގެ ހުށަހެޅުންތައް ކެންސަލްކުރެވޭނެއެވެ. އަދި ފުރިހަމަނުވާ ފޯމުތައް ބަލައެއް ނުގަނެވޭނެއެވެ.
އަދަދު ގިނަނަމަ، އިންޓަރވިއުކުރާނީ، ޝޯޓްލިސްޓް ކުރެވޭ ފަރާތްތައް އެކަންޏެވެ.
އިތުރު މަޢުލޫމާތު:
އިތުރު މަޢުލޫމާތު ހޯދުމަށް މި ކުންފުނީގެ 1400 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.
