މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް
ދިވެހިރާއްޖެ
އެސިސްޓެންޓް ޑިރެކްޓަރ

މަޤާމު

އެސިސްޓެންޓް ޑިރެކްޓަރ

ބޭނުންވާ އަދަދު:

01 (އެކެއް)

ރޭންކް:

އެމްއެސް 3

ކްލެސިފިކޭޝަން :  އެސިސްޓެންޓް ޑިރެކްޓަރ

މުސާރަ:

-/7035 ރ.

ސާރވިސް އެލަވަންސް: -/2,000 ރ.

މަސައްކަތް ކުރަންޖެހޭ ތަނާއި ރަށް

ކ. މާލެ / މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް / ބަޖެޓް ސެކްޝަން

މަޤާމުގެ ޝަރުޠު:

1. މަޤާމުގެ މަސްއޫލިއްޔަތާ ގުޅޭ ދާއިރާއަކުން ( ބިޒްނަސް ، ފައިނޭންސް، އެކައުންޓިންގ ) ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، މަޤާމު މަސައްކަތު ދާއިރާއެއްގައި 6 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ،

2. މަޤާމުގެ މަސްއޫލިއްޔަތާ ގުޅޭ ދާއިރާއަކުން ( ބިޒްނަސް ، ފައިނޭންސް، އެކައުންޓިން ) ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، މަޤާމު މަސައްކަތު ދާއިރާއެއްގައި 4 އަހަރުދުވަހުގެ މަސައްކަތުގެ ތަޖްރިބާ ލިބިފައިވުން.

 ނުވަތަ،

3. މަޤާމުގެ މަސްއޫލިއްޔަތާ ގުޅޭ ދާއިރާއަކުން ( ބިޒްނަސް ، ފައިނޭންސް، އެކައުންޓިން ) ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، މަޤާމު މަސައްކަތު ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖްރިބާ ލިބިފައިވުން.

ނުވަތަ،

4. މަޤާމުގެ މަސްއޫލިއްޔަތާ ގުޅޭ ދާއިރާއަކުން ) ބިޒްނަސް ، ފައިނޭންސް، އެކައުންޓިންގ ) ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ހާސިލުކޮށްފައިވުން.

ނުވަތަ

5. މަޤާމުގެ މަސްއޫލިއްޔަތާ ގުޅޭ ދާއިރާއަކުން (ބިޒްނަސް ، ފައިނޭންސް، އެކައުންޓިންގ) ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 2 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، މަޤާމު މަސައްކަތުގެ ދާއިރާއެއްގައި 6 އަހަރުދުވަހުގެ މަސައްކަތުގެ ތަޖްރިބާ ލިބިފައިވުން.

އިޢުލާން

ވަޒީފާއަށް އެދޭ ފޯމާއެކު ހުށައަޅަންޖެހޭ ލިޔުންތައް:

  • ފުރިހަމަ ކޮށްފައިވާ އެޕްލިކޭޝަން ފޯމު (ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު މި މިނިސްޓްރީގެ ކައުންޓަރުންނާއި ވެބްސައިޓުން ލިބިވަޑައިގަންނަވާނެއެވެ.)
  • ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއްއޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
  • ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް. (އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުގެ ނުވަތަ ކޯސް ފުރިހަމަކުރި ކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)
  • މަސައްކަތު ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  • ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުން ފެންނާނޭހެން ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީ.
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު.

ސުންގަޑި:

  • 03 ޖުލައި 2016 ވާ އާދީއްތަ ދުވަހުގެ 12:00 ގެ ކުރިން މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒަށް ( އިސްލާމީ މަރުކަޒު )
  • މި މަޤާމަށް ހަމަޖައްސާ މުވައްޒަފު މަސައްކަތް ކުރުމަށް ހަމަޖެހިފައިވަނީ މި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް / އިސްލާމީ މަރުކަޒުގައެވެ.
  • މި މަޤާމުގެ އިންޓަރވިއު އަދި ޕްރެކްޓިކަލްސް އިޢުލާނުގެ މުއްދަތު ހަމަވާތާ މަސައްކަތު 30 ދުވަހުގެ ތެރޭގައި ބޭއްވޭނެއެވެ. އަދި، އިންޓަރވިއު ބޭއްވޭނީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒަށެވެ.

    ވެބްސައިޓް އެޑްރެސް www.islamicaffairs.gov.mv

  • އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ 3020232 އަށް އަދި ފެކްސް ނަންބަރަކީ 3315161
  • އީމެއިލް ކުރައްވާނީ [email protected] އަށެވެ.

14 ރަމަޟާން 1437

19 ޖޫން 2016
ހޯދާ