އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލް
ދިވެހިރާއްޖެ
އެސިސްޓެންޓް ބަޔޯމެޑިކަލް ޓެކްނީޝަންގެ މަޤާމަށް މީހުން ބޭނުންވެއްޖެ

މަޤާމް :އެސިސްޓެންޓް ބަޔޯމެޑިކަލް ޓެކްނީޝަން
ބޭނުންވާ އަދަދު :3

ވަޒީފާގެ ފުރުޞަތު   

މިހޮސްޕިޓަލުގެ ތިރީގައިމިވާ މަޤާމަށް މީހުން ބޭނުންވެއެވެ. މި މަޤާމަށް ބޭނުންވަނީ މަސައްކަތަށް ޝައުޤުވެރިކަންހުރި ޤާބިލު މީހުންނެވެ.

މަޤާމު:

 އެސިސްޓެންޓް ބަޔޯމެޑިކަލް ޓެކްނީޝަން

ބޭނުންވާ އަދަދު:

3 (ތިނެއް)

 

މަޤާމުގެ ކްލެސިފިކޭޝަން: އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 2

މަޤާމުގެ ރޭންކް:  GS4

މުސާރަ:

މަހަކު -/5020 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު -/1500 ރުފިޔާ

ރިސްކް އެލަވަންސް:

-/100 ރުފިޔާ (މަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކަށް)

ޑިޕާޓްމަންޓް /ސެކްޝަން:

ބަޔޯމެޑިކަލް ޑިޕާޓްމަންޓް

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  1. ބަޔޯމެޑިކަލް އިންޖިނިއަރިންގ ޑިޕާޓްމަންޓުގައި ދުވަހުން ދުވަހަށް ކުރަންޖެހޭ މެޑިކަލް އިކުއިޕްމަންޓުތަކުގެ މަރާމާތާއި، މެއިންޓެނަންސް އަދި ޕްރިވެންޓިވް މެއިންޓެނަންސްގެ މަސައްކަތްތަކުގައި ޢަމަލީގޮތުން ބައިވެރި އެމަސައްކަތް އިންޖިނިއަރގެ ލަފާގެ މަތިން ކުރުން
  2. ބަޔޯމެޑިކަލް ޔުނިޓުގައި ކުރެވޭ މަސައްކަތްތަކުގެ ލޮގު ބެލެހެއްޓުމާއި އަދިވެސް އިދާރީގޮތުން ޑިޕާޓްމަންޓުގައި ކުރަންޖެހޭ މަސައްކަތްތައްކުރުން.
  3. ހޮސްޕިޓަލުގެ އެކިއެކި ޑިޕާޓްމަންޓުގައި ބެހެއްޓިފައިވާ މެޝިންތަކުގެ އޮޕަރޭޝަނަލް ސްޓޭޓަސް މޮނީޓަރކޮށް އޭގެ މަޢުލޫމާތު އިންޖިނިއަރއަށް އެރުވުން.

ތަޢުލީމާއި ތަޖުރިބާ:

މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން.

މި މަޤާމަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންކަން:

  1. ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.
  2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ ބަލައިގެން.
  3. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއު ކޮށްގެން.

ހުށަހަޅަންޖެހޭ ލިޔުންތައްް:

 

 

 

  1.  ސިވިލް ސަރވިސްއަށް ނުވަތަ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  2. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުގެ ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކިފެންވަރެއްގައި އެކްރެޑިޓްކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)
  3. ރެޖިސްޓްރޭޝަން ލައިސަންސް ހުށަހަޅާ މަޤާމުތަކަށް މުއްދަތު ހަމަނުވާ ރަޖިސްޓްރޭޝަނުގެ ކޮޕީ އަދި ލައިސަންސްގެ ކޮޕީ.
  4. މަސައްކަތުގެ ތަޖުރިބާ ލިޔުން (މި ލިޔުމުގައި، އަދާކޮށްފައިވާ މަޤާމުތަކާއި އެ މަޤާމުތައް އަދާކޮށްފައިވާ ތާރީޚުތައް އެނގެން އޮންނަންވާނެއެވެ.
  5. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.
  6. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ވަޒީފާއަށް އެދޭ ފޯމާއެކު އެޓޭޗްކުރެވިފައިވާ ނަމޫނާއާ އެއްގޮތަށް ތައްޔާރުކޮށްފައިވާ ސީވީ.)

ނޯޓު: ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަނުކޮށް ހުށަހަޅާ ފޯމުތައް ބާޠިލުކުރެވޭނެއެވެ.

ފޯމު ބަލައިގަތުމާއި ދޫކުރުން:

 

ވަޒީފާއަށް އެދޭ ފޯމު، ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:30 ން 12:30 އަށް މި ހޮސްޕިޓަލުގެ އައު އިމާރާތުގެ 11 ވަނަ ފަންގިިފިލާގެ، ހިއުމަން ރިސޯސަސް ޑިޕާޓްމަންޓުން ލިބެން ހުންނާނެއެވެ.

ޢިނާޔަތްތައް:

ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

ސުންގަޑި:

2016 ޖޫން 28 ވާ އަންގާރަ ދުވަހުގެ 12:30ގެ ކުރިން އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް

އަދި 2016 ޖޫން 28 ވާ އަންގާރަ ދުވަހުގެ 12:30ގެ ފަހުން ހުށަހަޅާ އެއްވެސް ލިޔުމެއް، ފޯމެއް ބަލައެއް ނުގަނެވޭނެއެވެ.

އިތުރު މަޢުލޫމާތު:

މަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނެ ނަންބަރަކީ ، 3335343 އެވެ. ނުވަތަ 3335234 އެވެ.

އިންޓަރވިއު އޮންނާނެ ތާރީޚާއި ތަން:

2016 ވަނަ އަހަރުގެ ޖުލައިމަހުގެ ތެރޭގައި، އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލުގައެވެ.

11 ރަމަޟާން 1437
18 ޖޫން 2016
ހޯދާ