މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ
ދިވެހިރާއްޖެ
ޕްރޮޖެކްޓް ޑިރެކްޓަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު

 

މަޤާމު:  ޕްރޮޖެކްޓް ޑިރެކްޓަރ                                 ބޭނުންވާ އަދަދު 1

މުސާރަ

-/30000 - -/35000 ރުފިޔާ   

 

 

މަސައްކަތް ކުރަންޖެހޭ ތަން

މާލެ، މިނިސްޓްރީ، ޕްރޮޖެކްޓް އިމްޕްލިމެންޓޭޝަން ޔުނިޓް  

މަޤާމުގެ ޝަރުޠު

 

މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ޕްރޮޖެކްޓް މެނޭޖްމަންޓުގެ ދާއިރާއިން 7 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

ކުރަންޖެހޭ މަސައްކަތް

މި މަޤާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތަކުގެ ތަފުސީލު (ޓަރމްސް އޮފް ރިފަރެންސް) ހޯއްދެވުމަށް މިނިސްޓްރީގެ ނަންބަރު 3339286، އަދި 3339244 ފޯނަށް ގުޅުއްވުން އެދެމެވެ.

މަޤާމަށް ޤާބިލު ފަރާތެއް ހޯއްދެވުމަށް ބެލެވޭ ކަންތައްތައް

މި މަޤާމަށް ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް ޓަރމްސް އޮފް ރިފަރެންސްގައި ހިމެނިފައިވާނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް

  • ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (އެކްރެޑިޓް ކޮށްފައިވާ)  
  • ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ (ލިޔެފައިވާ ލިޔުންތައް ކިޔަންއެނގޭ) ކޮޕީ
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ނަންބަރާއެކު)
  • މަސައްކަތުގެ ތަޖުރިބާ ލިބިފައިވާނަމަ، މަސައްކަތު ތަޖުރިބާ ލިބިފައިވާ ކަމުގެ ލިޔުން.

ސުންގަޑި

މި މަޤާމަށް އެދިލައްވާ ފަރާތްތަކުން 2016 ޖޫން 28 ވަނަ ދުވަހުގެ 14:00 ގެ ކުރިން މި މިނިސްޓްރީއަށް ސިޓީ ހުށަހެޅުއްވުން އެދެމެވެ.

އިތުރު މަޢުލޫމާތު

އިތުރު މަޢުލޫމާތު ހޯއްދެވުމަށް ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އާއި 14:00 އާ ދެމެދު މިނިސްޓްރީގެ ނަންބަރު 3339286، އަދި 3339244 ފޯނަށް ގުޅުއްވުން އެދެމެވެ.

19 ޖޫން 2016
ހޯދާ