ދިވެހިރާއްޖެ
އިޢުލާން
މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓަށް ޅ. ނައިފަރުން އޮފީސް އިމާރާތެއް ކުއްޔަށް ހިފަން ބޭނުންވެއްޖެ
މި މިނިސްޓްރީން ކުރި ނަންބަރު: (IUL)101- AF/1/2016/84 (31 މޭ 2016) އިޢުލާނަށް އެކަށީގެންވާވަރަށް އަންދާސީހިސާބު ހުށަހަޅާފައިނުވާތީ އެ އިޢުލާން ބާޠިލުކޮށް އޮފީސް އިމާރާތެއް ހޯދުމަށް ދެވަނަ ފަހަރަށް އިޢުލާންކުރަމެވެ.
700 އަކަފޫޓަށްވުރެ ކުޑަނޫން އޮފީސް އިމާރާތެއް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓަށް ޅ.ނައިފަރުން ކުއްޔަށް ހިފަން ބޭނުންވެއްޖެއެވެ. މިތަނަކީ ޢިމާރާތެއްގެ ތިރީބުރި ކަމަށްވިޔަސް އަދި ވަކިން ހުރި ޢިމާރާތަކަށްވިޔަސް ނުވަތަ އެއްބުރިއަށްވުރެ ގިނަބުރި ހުރި ޢިމާރާތަކަށް ވިޔަސް ގްރައުންޑް ފްލޯރއިން 700 އަކަފޫޓަށްވުރެ ކުޑަނޫން ޖާގައެއް ލިބޭކަމަށްވާނަމަ ގަބޫލުކުރެވޭނެއެވެ.
އަގު ހުށަހެޅޭނެ ފަރާތްތައް
- 700 ފޫޓަށްވުރެ ކުޑަނޫން، ވަކިން ހުރި ޢިމާރާތަކަށްވުން. ނުވަތަ
- އެހެން ޢިމާރާތަކާ ގުޅިފައިހުރި ޢިމާރާތަކަށް ވީނަމަވެސް ޢިމާރާތުގެ އެންމެ ތިރީ ބައިން ޖާގައިގެ ގޮތުން 700 އަކަފޫޓަށްވުރެ ކުޑަނޫން ތަނަކަށްވުން. ނުވަތަ
- އެއްބުރިއަށްވުރެ ގިނަ ބުރިއަށް ޢިމާރާތްކޮށްފައިވާ ޢިމާރާތަކަށްވެފައި އެންމެ ތިރީބައިން ޖާގައެއް ލިބެން ނެތްނަމަ، އެ ޢިމާރާތުން 700 އަކަފޫޓަށްވުރެ ކުޑަނޫން ޖާގައެއް ކޮންމެވެސް އެއް ބުރިއަކުން ލިބުން.
ޢިމާރާތާބެހޭ މަޢުލޫމާތު
- ޢިމާރާތަކީ އާންމުނަށް ފަސޭހައިން ވަދެނިކުމެވޭ ގޮތަށްހުރި އަދި ރަށުގެ މައި ސަރަހައްދެއްގައި (ރެޒިޑެންޝަލް އޭރިއާއެއްގައި) ހުރި ޢިމާރާތަކަށް ވުން.
- ޢިމާރާތުގެ އެތެރޭގައި އޮފީސްބައިގެ އިތުރުން، ކައުންޓަރ އޭރިއާއަކާއި ފާޚާނާ އަދި ގިނަވެގެން 4 ނުވަތަ 5 މީހުންގެ ބައްދަލުވުމެއް ބޭއްވޭނެ ފަދަ ތަނަކަށް ވުން.
- ޢިމާރާތުގެ ބޮޑުމިން މަދުވެގެން 700 އަކަފޫޓު. ( މަދުވެގެން 6 މުވައްޒަފުން މަސައްކަތްކުރުމަށް މޭޒު، ފައިލިންގ ކެބިނެޓް، ސްޓޯރޭޖް ފެސިލިޓީއެއް ޤާއިމުކުރެވޭ ވަރުގެ ޖާގަ)
- ޢިމާރާތް މަދުވެގެން 5 އަހަރުގެ މުއްދަތަށް ކުއްޔަށް ދެވެންވާނެއެވެ.
ތިރީގައިވާ ކަންތައްތަކަކީ މިނިސްޓްރީން އިވެލުއޭޝަންގައި ބަލާނެ ކަންތައްތަކެވެ.
- ޢިމާރާތް މަރާމާތުކުރަން ޖެހިއްޖެ ހާލަތެއްގައި މިކަމުގެ ޒިންމާ ޢިމާރާތުގެ ވެރިފަރާތުން ނެގުން
- އޮފީސް ބަންދު ގަޑީގައާއި ބަންދު ދުވަސްދުވަހު އިމާރާތުގެ ސެކިއުރިޓީ ބެލެހެއްޓުން
- މިހާރުގެ އޮފީސް އިމާރާތުގައި ހުރި މި ސެންޓަރުގެ ފަރުނީޗަރު އައު އިމާރާތަށް ބަދަލުކޮށްދިނުމުގެ އިންތިޒާމް ހަމަޖައްސައިދިނުން
ހުށަހަޅަންޖެހޭ ތަކެތި
-
މަތީގައި ބަޔާންކޮށްފައިވާ 3 ގޮތުގެ ތެރެއިން، ބިޑް ހުށަހަޅާ ފަރާތުން ހުށަހަޅާ ގޮތް
-
ޢިމާރާތުގެ ކުލި (މަހަކަށް).
-
ކުއްޔަށްދޭން ގަސްދުކުރާ މުއްދަތު (އަހަރުން)
-
ކުއްޔަށްދޭން ގަސްދުކުރާ ޖާގައިގެ ކުރެހުން (ދޮރުތަކާއި ކުޑަދޮރުތަކާއި ވެންޓިލޭޝަން އެނގޭނޭގޮތަށް)
-
ކުއްޔަށްދޭން ގަސްދުކުރަނީ ޢިމާރާތުގެ ވެރިފަރާތުންކަމުގައި ވާނަމަ ވެރިފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
-
ކުއްޔަށްދޭން ގަސްދުކުރަނީ ޢިމާރާތުގެ ވެރިފަރާތުންނޫން ފަރާތަކުންނަމަ ކުއްޔަށްދިނުމުގެ ބާރު އެފަރާތަށް ލިބިދޭ ލިޔުމާއި އެފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
އަގު ހުށަހެޅުން
- އަގު ހުށަހެޅުމަށްޓަކައި "ބިޑް ހުށަހަޅާ ފޯމު" ބޭނުންކުރައްވާށެވެ. ބިޑު ހުށަހަޅުއްވާއިރު މި ފޯމުގައި ހިމެނޭ ހުރިހާ މަޢުލޫމާތެއް ފުރިހަމަކުރަންޖެހޭނެއެވެ. މި ފޯމު މިނިސްޓްރީގެ ވެބްސައިޓް އަދި ޅ.ނައިފަރު ބިޒްނަސް ސެންޓަރއިން ލިބެން ހުންނާނެއެވެ.
ޑެލިވަރީ
- މަސައްކަތް ހަވާލުކުރާތާ ގިނަވެގެން 60 ދުވަހުގެ ތެރޭގައި (ބަންދު ދުވަސް ހިމަނައިގެން) ނިންމަންވާނެއެވެ.
- ޑެލިވަރީ މުއްދަތު އޮންނަންވާނީ ބަންދު ދުވަސް ހިމަނައިގެން ދުވަހުންނެވެ.
މާރކްސް ދިނުމުގައި ކަނޑައެޅިފައިވާ ކްރައިޓީރިޔާ
މާރކްސްދެވޭ ކްރައިޓީރިޔާ |
މާރކްސްދެވޭ % |
ތަފްސީލް |
ފޯމިއުލާ |
އަގު |
50 |
|
(Benchmark price / Submitted price) X Allocate percentage |
ތަނުގެ ބޮޑިމިން |
10 |
|
(Benchmark size / Submitted size) X Allocate percentage |
ޑެލިވަރީ ޕީރިއަޑް |
10 |
|
(Benchmark Delivery / Submitted Delivery) X Allocate percentage |
މަރާމަތަށް ވެރިފަރާތުން ޒިންމާ ނެގުން |
20 |
|
If owner takes full responsibility for renovations 20% will be allocated for that bid |
ފަރުނީޗަރު އައު އޮފީހަށް ބަދަލުކުރުން |
10 |
|
If arrangements have been made for transferring furniture to new building 10% will be allocated |
އަންދާސީހިސާބު ހުށަހެޅުން
- އަންދާސީހިސާބު ހުށަހަޅާނީ "ބިޑް ހުށަހަޅާ ފޯމް" އިންނެވެ. މި ފޯރމް ހިމަނާފައިނުވާ ބިޑް ޕްރޮޕޯސަލް މި މިނިސްޓްރީއަކުން ބަލައިނުގަނެވޭނެއެވެ.
- އަންދާސީހިސާބު ހުށަހަޅަންވާނީ ތިރީގައިވާ އޮފީހަށެވެ. އަދި ހުށަހަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ސިޓީ އުރަ އޮންނަންވާނީ ތިރީގައިވާ ގޮތަށް އެޑްރެސްކޮށް ބޭރުގައި އިޢުލާނު ނަންބަރު ޖަހާފައެވެ.
ޅ.ނައިފަރު ބިޒްނަސް ސެންޓަރ
ފާދިއްޕޮޅު އަތޮޅުގެ
ޅ.ނައިފަރު، ދިވެހިރާއްޖެ.
ފޯން ނަންބަރު: 6620350, 6620351
ކުއްޔަށް ހިފާނެ ތަނެއް ނިންމުމުގައި ބަލާނީ ހުށަހަޅާފައިވާ ޢިމާރާތްތަކަށް ބެލުމަށްފަހު މި މިނިސްޓްރީން ބޭނުންވާ ކަންތައްތައް ފުރިހަމަވުމާއެކު އެންމެ ކުޑަ އަގެއް ހުށަހަޅާފައިވާ ފަރާތެކެވެ. ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 2016 ޖޫން 30 ވަނަ ދުވަހު 11:30 އަށް ޅ. ނައިފަރު ބިޒްނަސް ސެންޓަރަށް ހާޒިރުވެ އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މިކަމާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ބޭނުންވާނަމަ، 6620351 އާ ގުޅުއްވުން އެދެމެވެ.
11 ރަމަޟާން 1437