މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ދިވެހިރާއްޖެ
ޓެއިލަރ މޭޑް ފައިނޭންޝިއަލް މެނޭޖްމަންޓް ޓްރޭނިންގ ޕްރޮގުރާމެއް ހިންގައިދޭނެ ފަރާތެއް ހޯދުމާއި ގުޅޭ

ޓެއިލަރ މޭޑް ފައިނޭންޝިއަލް މެނޭޖްމަންޓް ޓްރޭނިންގ ޕްރޮގްރާމް

ދިވެހި ސަރުކާރުގެ ފަރާތުން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ (އެމް.އީ.އީ) އިން ޓެއިލަރ މޭޑް ފައިނޭންޝިއަލް މެނޭޖްމަންޓް ޓްރޭނިންގ ޕްރޮގުރާމެއް ހިންގައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

މި ޓްރޭނިންގ ޕްރޮގުރާމުގެ މަޤުޞަދަކީ މި މިނިސްޓްރީގެ މުވައްޒަފުންގެ ފައިނޭންޝިއަލް މެނޭޖްމަންޓްގެ ދާއިރާގެ ފަންނީ ޤާބިލުކަން އިތުރުކުރުމެވެ. މި ޓްރޭނިންގ ޕްރޮގުރާމު ހިންގުމަށް ހަމަޖެހިފައިވަނީ މި މިނިސްޓްރީގެ 10 މުވައްޒަފުންނަށެވެ.

މަތީގައި ދެންނެވިފައިވާ މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް "ޕްރޮޕޯޒަލް" ހުށަހެޅުމުގެ ދަޢުވަތު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީން އަރުވަމެވެ.   

މި މަސައްކަތުގެ " ބިޑް ޑޮކިއުމަންޓް " މިމިނިސްޓްރީގެ ވެބްސައިޓް www.environment.gov.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. މިކަމާ ގުޅިގެން އިތުރު މަޢުލޫމާތު އޮޅުންފިލުވުމަށް ބޭނުންވެއްޖެނަމަ ލިޔުމުން މި މިނިސްޓްރީއަށް ހުށަހެޅުއްވުން އެދެމެވެ.

"ޕްރޮޕޯޒަލް" ހުށަހަޅުއްވާނީ މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީގެ ތިރީގައިވާ އެޑްރެހަށެވެ. ބީލަން ހުޅުވުން އޮންނާނީ ޝައުޤުވެރިވާ ފަރާތްތަކުގެ ހާޒިރުގައި 2016 ޖޫން 29 ވަނަ ދުވަހުގެ 12:00 ގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީގައެވެ.

ޕްރޮކިއުމަންޓް ޔުނިޓް

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ

ހަނދުވަރީ ހިނގުން، މާފަންނު، މާލެ، 20392، ދިވެހިރާއްޖެ

ފެކްސް: -3018-301960+

އީމެއިލް: [email protected]

"ޕްރޮޕޯޒަލް" ހުންނަންވާނީ ބަންދު ކުރެވިފައިވާ ސީޓީއުރައެއްގައެވެ. ބޭރުގައި "ޕްރޮޕޯޒަލް" މި މަސައްކަތުގެ ނަމާއި، ހުށަހެޅި ފަރާތުގެ ނަމާއި، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަގުތު ލިޔެފައި އޮންނަންވާނެއެވެ.

16 ޖޫން 2016
ހޯދާ