ދިވެހިރާއްޖެ
އިޢުލާން
އަންދާސީހިސާބު ބޭނުންވެއްޖެ
މޯލްޑިވްސް ޕޮލިޓެކްނިކްގެ ކޮންފަރެންސް ހޯލުގައި އަމިއްލަ ތަކެތީގައި ކާޕެޓް އަޅައިދޭނެ ފަރާތެއް ހޯދަން ކުރެވުނު އިޢުލާން ނަންބަރު (IUL)213-AD/1/2016/26 އާ ގުޅިގެން ހުށަހެޅުނު ޕޮރޮޕޯޒަލްތަކުގައި ބައެއް މަޢުލޫމާތު ފުރިހަމަނުވާތީ އެ އިޢުލާން ބާޠިލުކޮށް އަލުން އެ ފުރުސަތު ހުޅުވާލަމެވެ.
ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2016 ޖޫން 26 ވާ އާދީއްތަ ދުވަހުގެ 13:00 އަށް މޯލްޑިވްސް ޕޮލިޓެކްނިކަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2016 ޖުލައި 3 ވާ އާދީއްތަ ދުވަހުގެ 13:00 އަށް ޕޮލިޓެކްނިކަށް ދުރުވެ އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަދި މަޢުލޫމާތު ސާފުކުރުމަށް ގަޑިއަށް ހާޒިރުނުވާ ފަރާތްތަކާއި އަންދާސީހިސާބު ހުށަހެޅުމަށް ގަޑިއަށް ހާޒިރުނުވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައެއްނުގަނެވޭނެއެވެ.
11 ރަމަޟާން 1437