ދިވެހިރާއްޖެ
އިޢުލާން
ވަޒީފާގެ ފުރުޞަތު:
މި ހޮސްޕިޓަލުގައި މަސައްކަތްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުޙަބާ ކިޔަމެވެ. މި ވަޒީފާއަށް ބޭނުންވަނީ، މަސައްކަތަށް ޝައުޤުވެރިކަންހުރި، ޤާބިލް މީހެކެވެ.
ބޭނުންވާ އަދަދު: 1 (އެކެއް) |
އެސިސްޓެންޓް މެއިންޓެނަންސް އޮފިސަރ |
މަޤާމް: |
ސަރވިސް އެލަވަންސް: މަހަކު -/1،500 ރުފިޔާ |
މަހަކު -/4،465 ރުފިޔާ |
މުސާރަ: |
މަސައްކަތް ކުރަންޖެހޭ ތަން: ޅ. އަތޮޅު ހޮސްޕިޓަލް ސެކްޝަން: ހައުސްކީޕިންގ |
- އ. ޓެކްނިކަލް އޮފިސަރ ގްރޭޑް 1 - ޖީ. އެސް. 3 |
ކްލެސިފިކޭޝަން / ރޭންކް: |
- ރިޕެއަރ އެންޑް މެއިންޓެނަންސް، އިލެކްޓްރޯނިކްސް، މެކޭނިކް، އިންޖިނިއަރިންގ، އިލެކްޓްރިކްސް އެންޑް އިލެކްޓްރޯނިކްސްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ރިޕެއަރ އެންޑް މެއިންޓެނަންސް، އިލެކްޓްރޯނިކްސް، މެކޭނިކް، އިންޖިނިއަރިންގ، އިލެކްޓްރިކްސް އެންޑް އިލެކްޓްރޯނިކްސްގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛ - ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައިވުމުގެ އިތުރުން، ސެކެންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން. |
މަޤާމުގެ ޝަރުޠު: |
|
- ހޮސްޕިޓަލުގެ އެންމެހައި މެއިންޓަނަންސް މަސައްކަތް ބަލައި، އެ މަސައްކަތްތައް ކުރުން. - ހޮސްޕިޓަލުގައި ބޭނުންކުރެވޭ ޖަނަރޭޓަރ، އެމްބިޔުލާންސް ފަދަ ތަކެތި، ކަމާގުޅޭ ފަރާތްތައް މެދުވެރިކޮށް ސަރވިސްކޮށް ބެލެހެއްޓުމުގެ މަސައްކަތްކުރުން. - ހޮސްޕިޓަލުގެ އިލެކްޓްރިކަށް ދިމާވާ މައްސަލަތައް ހައްލުކުރުމުގައި އިލެކްޓްރިޝަނާ އެހީތެރިވެ، ބައިވެރިވެގެން މަސައްކަތް ކުރުން. - ހޮސްޕިޓަލުގެ މެޝިނަރީޒްތަކަށް ދިމާވާ މައްސަލަތައް ބަލައި، ބައޯމެޑިކަލް އިންޖިނއަރުން ނުވަތަ ތަމްރީން ލިބިފައިވާ ފަރާތެއްގެ ބެލުމުގެދަށުން މައްސަލަތައް ޙައްލުކުރުމަށް މަސައްކަތްކުރުން. - އަތޮޅު ތެރޭގެ ޞިއްޙީ މަރުކަޒުތަކުގެ އެއްގަމާއި ކަނޑުގެ އުޅަނދުތަކަށް ދިމާވާ މައްސަލަތައް ޙައްލުކުރުމުގައި ހޮސްޕިޓަލުން އަންގަވާ ގޮތެއްގެ މަތިން މަސައްކަތްކުރުން. |
މަޤާމުގެ މައިގަނޑު މަސައްކަތްތައް: |
|
- އިތުރުގަޑީގައި ކުރާ މަސައްކަތަށް އިތުރުގަޑީގެ ފައިސާއާއި، ބަންދުދުވަހެއްގައި މަސައްކަތްކުރަން ޖެހިއްޖެނަމަ، ހަމަޖެހިފައިވާ އުޞޫލުން ބަންދުދުވަހުގެ އެލަވަންސާއި، ރިސްކް އެލަވަންސް. - ހަމަޖެހިފައިވާ އުޞޫލުން ރިސްކް އެލަވަންސް. - ޑިޔުޓީ އުޞޫލުން މަސައްކަތްކުރާނަމަ، ޑިޔުޓީ އެލަވަންސް. |
އިތުރު ޢިނާޔަތްތައް: |
|
- ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު، ޕާސްޕޯޓް ސައިޒުގެ ފޮޓޯއާއެކު (ފޯމު، ޅ. އަތޮޅު ހޮސްޕިޓަލުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ www.csc.gov.mv ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑް ކުރެވެން ވެސް ހުންނާނެއވެ. ނޯޓު: މަޢުލޫމާތު ފުރިހަމަނުކޮށް ހުށަހަޅާ ފޯމުތައް ބަލައެއް ނުގަނެވޭނެއެވެ. - ވަޒީފާއަށް އެދި ހުށަހަޅާ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނާނެ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް. - ވަޒީފާއަށް އެދި ހުށަހަޅާ ފަރާތުގެ ވަނަވަރު. - ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (އެކްރެޑިއެޓްކޮށްފައިވާ ނުވަތަ އެކްރެޑިއެޓްކޮށްދޭނެކަމަށް ބަޔާންކުރާ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީގެ ލިޔުން) - ވަޒީފާގެ ދާއިރާއާ ގުޅޭ، ކުރުމުއްދަތުގެ ކޯހާއި، ވާރކްޝޮޕާއި، ސެމިނާރު ފަދަ ތަމްރީން ޕްރޮގްރާމްތަކުގެ ސެޓުފިކެޓު ނުވަތަ ބައިވެރިވިކަމުގެ ލިޔުންތައް. - ސިވިލް ސަރވިސްގައި ވަޒީފާ އަދާކުރާ މުވައްޒަފުން، އެ މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ބެލުމުގެ ނަތީޖާއާއި، ހާޒިރީއާއި، މަސައްކަތުގެ އަޚްލާޤު ހުރިގޮތް ބަޔާންކޮށް، ވަޒީފާއަދާކުރާ އޮފީހުން ދޫކުރާ "މުވައްޒަފުގެ މަސައްކަތުގެ ފެންވަރު ބެލުމުގެ ނަތީޖާއާއި ހާޒިރީއާއި މަސައްކަތުގެ އުޅުމާއި އަޚްލާޤު ހުރިގޮތް ބަޔާންކުރާ ފޯމު" - ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުން ދޫކުރާ ލިޔުން. - ވަޒީފާއެއް އަދާކޮށްފައިވާނަމަ، ވަޒީފާ އަދާކުރި ތަނަކުން އަދާކުރި ވަޒީފާގެ މުއްދަތު އެނގޭނޭގޮތަށް ދޫކޮށްފައިވާ ލިޔުންތައް. |
ހުށަހަޅަންޖެހޭ ތަކެތި: |
|
ތަޢުލީމާއި ތަމްރީނު، މަސައްކަތުގެ ތަޖުރިބާއާއި، ފެންވަރާއި، ހުނަރު، ޤާބިލުކަމާއި ސިފަތަކަށް ބަލައި، އިންޓަވިއުން އެންމެ މަތީ މާކްސް ހޯދާ މީހެކެވެ. |
ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންކަން: |
|
- މި މަޤާމަށް ކުރިމަތިލާ މީހުންނާ އިންޓަވިއު ކުރެވޭނީ، ޅ. އަތޮޅު ހޮސްޕިޓަލުގައެވެ. - މީހަކު ހޮވުމަށް ބާއްވާ އިންޓަވިއު އޮންނާނީ، މި މަޤާމަށްއެދި އެޕްލިކޭޝަން ހުށަހެޅުމުގެ އެންމެ ފަހު ތާރީޚުން ފެށިގެން 2 ހަފްތާގެ ތެރޭގައެވެ. - ވަޒީފާއަށް އެދި ޝަރުޠު ހަމަވާ 10 ފަރާތަށްވުރެ އިތުރަށް ކުރިމަތިލާފައިވާނަމަ އިންޓަވިއުއަށް ކިޔާނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު ހޮވޭ 10 ފަރާތަކަށެވެ. |
އިންޓަވިއު ކުރުން: |
|
މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުން، ވަޒީފާއަށް އެދޭ ފޯމު ހުށަހެޅުމުގެ އެންމެފަހުގެ ތާރީޚަކީ، 2016 ޖޫން 27 ވަނަ ދުވަހުގެ 14:00 އެވެ. ވަޒީފާއަށް އެދި ފޮނުވާ ސިޓީއާއި ތަކެތި ބަލައިގަންނާނީ، ޅ. އަތޮޅު ހޮސްޕިޓަލުންނެވެ. |
ސުންގަޑި: |
|
އިތުރު މަޢުލޫމާތު ހޯދުމަށް ގުޅާނީ، 6620048 ނަންބަރު ފޯނާއެވެ. |
އިތުރު މަޢުލޫމާތު: |
|
މި އިޢުލާން ނުކުތުމުން، މި ހޮސްޕިޓަލަށް މެއިންޓަނަންސް އޮފިސަރެއް ހޯދުމަށް 4 އެޕްރީލް 2016 ގައި ކުރެވުނު މި ހޮސްޕިޓަލުގެ LHAH-AH/LHAH/2016/2 (އައިޔޫއެލް) ނަންބަރުގެ އިޢުލާނުގައި ބަޔާންކުރެވިފައިވާ މަޤާމާއި މަޤާމުގެ ޝަރުޠު ފުރިހަމަނުވާތީ، އެ އިޢުލާނާ ގުޅިގެން ހުށަހެޅިފައިވާ ހުށަހެޅުންތައް ވަނީ ބާޠިލްކުރެވިފައެވެ. |
ނޯޓު: |
9 ރަމަޟާން 1437