މާޅޮސްމަޑުލު އުތުރުބުރީ އުނގޫފާރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިމާމް ނުވަތަ މުދިމް (ވަގުތީ)

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމް: އިމާމް ނުވަތަ މުދިމް (ވަގުތީ)

މަޤާމުގެ އަދަދު: 1 (އެކެއް)

މަސައްކަތްކުރާ ތަން: މަސްޖިދުލް ތަޤްވާ / އުނގޫފާރު ކައުންސިލް އިދާރާ

މުސާރަ: އިމާމެއްނަމަ، ހާޒިރުވާ ކޮންމެ ނަމާދު ވަގުތަކަށް 39.77 ( ތިރީސް ނުވަރުފިޔާ ހަތްދިހަ ހަތްލާރި)

      މުދިމެއްނަމަ، ހާޒިރުވާ ކޮންމެ ނަމާދު ވަގުތަކަށް 33.77 ( ތިރީސް ތިންރުފިޔާ ހަތްދިހަ ހަތްލާރި)

އިމާމުގެ ކްލެސިފިކޭޝަން: އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 1

މުދިމުގެ ކްލެސިފިކޭޝަން: އެސިސްޓެންޓް އޮފިސަރ ގްރޭޑް 1

އިމާމުކަމުގެ ފެންވަރު ނުވަތަ ޝަރުޠު:

1- މުދިމްކަމުގެ ސަނަދު ލިބިފައިވުން. ނުވަތަ؛

2- ހުކުރުކުރުމުގެ ސަނަދު ލިބިފައިވުން. ނުވަތަ؛

3- ކަތީބުކަމުގެ ސަނަދު ލިބިފައިވުން. ނުވަތަ؛

4- ކުއްލިއްޔަތުއް ދިރާސާތިލް އިސްލާމިއްޔާގެ ސާނަވީ ދެވަނަ އަހަރު ނިންމައިގެން، ޤުރްއާން، ފިޤްހު، ތަޖުވީދު، މި 3 މާއްދާއިން، ފާސްވެފައިވުން. ނުވަތަ؛

5- ދިވެހި ސަރުކާރު ގަބޫލުކުރައްވާ ދީނީ މަޢުހަދަކުން ސާނަވީ ދެވަނަ އަހަރު ނިންމައި، ޤުރްއާން، ފިޤްހު، ތަޖުވީދު، މި 3 މާއްދާއިން، ފާސްވެފައިވުން.

6- އުމުރުން 55 އަހަރު ފުރިފައިނުވުން.

7- މުދިމުކަމުގެ މަޤާމަށް މީހަކު ހޮވުމުގައި ލިބިފައިވާ ތަޖުރިބާއާއި އިންޓަވިއުއަށް ބެލޭނެއެވެ.

ވަޒީފާގެ މަސްއޫލިއްޔަތު:

1- ރަށުކައުންސިލުން ހަވާލުކުރާ މިސްކިތެއްގައި، ފަރުޟު ފަސްނަމާދު، ކޮންމެ ނަމާދު ވަގުތެއްގެ ގަޑިޖެހުމުގެ 10 މިނެޓުގެ ކުރިން މިސްކިތަށްގޮސް، މިސްކިތުގެ މިސްކިތުގެ ކަންތައްތައް ބަލައި، ރަނގަޅުކުރަންޖެހޭ ކަންތައްތައް ރަނގަޅުކުރުމާއި، ފަރުޟު ފަސްނަމާދު ވަގުތުގައި އިމާމުވެ ނަމާދުކުރުން.

2- މިސްކިތަށް ލިބެމުންދާ ގެއްލުންތަކާއި، ދަތިވާ ކޮންމެކަމެއް ރަށުކައުންސިލަށް އަންގައި އެކަން ރަނގަޅުކުރުމަށް މަސައްކަތް ކުރުން.

3- ރަށުކައުންސިލުން އަންގަވައިފި ހިނދެއްގައި އިމާމުވެ އީދުނަމާދު ކުރުން.

4- މިސްކިތުގައި އިމާމުވެ ތަރާވީޙު ނަމާދުކުރުން.

5- މިސްކިތުގެ އިމާމަކު ރަށު ކައުންސިލަށް ނުކުމެ ސޮއިކޮށްފައިވަނިކޮށް، ހަމަ އެދުވަހު އިމާމު މީހާއަށް ކަމެއް ދިމާވެގެން މިސްކިތަށް ދިއުމަށް އުޒުރުވެރިވެއްޖެނަމަ އެދުވަހުގެ ބާކީއޮތް ބަޔަށް މިސްކިތަށް އިމާމަކު ހަމަޖެއްސުމަކީ މިސްކިތް ހަވާލުކޮށްފައިވާ އިމާމު މީހާގެ ޒިންމާއެކެވެ. މިގޮތުން، ހަވާލުކުރާ އިމާމަކީ ތަޖުވީދުމަގުން ޤުރްއާން ކިޔަވަން އެނގޭ މީހަކަށްވުމާއި، ރީތިކޮށް ބަންގި ގޮވަން ދަންނަ މީހަކުކަމުގައި ވާންވާނެއެވެ. އަދި މިކަން ރަށުކައުންސިލަށް ވެސް އަންގަންވާނެއެވެ.

6- ދާއިމީގޮތުން މިސްކިތްތަކާ ހަވާލުވެފައިވާ އިމާމުން/ މުދިމުންނާއި، ވަގުތީގޮތުން މިސްކިތްތަކާ ހަވާލުވެފައިވާ އިމާމުން/ މުދިމުން ރަސްމީ ދުވަސްތަކުގައި 13:00 ގެ ކުރިން ސޮއިކުރަންވާނެއެވެ.

7- މިސްކިތު އިމާމު / މުދިމު މިސްކިތް ސާފުކުރުމާއި ނަމާދުކޮށް ނިމިގެން ދަމުން ބޮކި، ހޮޅިބުރިއާއި ފަންކާ ނިއްވުމާއި، މިސްކިތުގެ ދޮރުތައް ލައްޕާފައިތޯ ޗެކްކުރުން.

8- މިސްކިތުގައި ދީނީ ދަރުސް ދިނުންފަދަ ޕްރޮގުރާމްތައް ހިންގާނަމަ، އެފަދަ ޕްރޮގްރާމްތަކަށް ބޭނުންވާ އެހީތެރިކަން ދިނުމާއި، އެކަމެއް ނިމެންދެން މިސްކިތުގައި މަޑުކުރުން.

9- މިސްކިތުގެ ގޯތިތެރޭގައި ގަސް އިންދައި، ގަސްތަކަށް ފެންދީ ބެލެހެއްޓުމުގެ ކަންތައް ކުރުވުން.

10- މިސްކިތާ ބެހޭގޮތުން ރައްޔިތުން ކުރާ ޝަކުވާގެ އަޑުއަހައި، އެ ޝަކުވާތައް ރަށު ކައުންސިލް އިދާރާއަށް ހުށަހަޅައިގެން ޙައްލުކުރުމަށް މަސައްކަތް ކުރުން.

11- ރަސްމީ މަސައްކަތާ ގުޅޭގޮތުން މިސްކިތުގައި ކުރުމަށް ހަވާލުކުރެވޭ އެންމެހައި ކަންތައްތައް ކުރުން.

ހުށަހަޅަންޖެހޭ ތަކެތި:

1- ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ/ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު

2- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (ކިޔަން އެނގޭ ސާފު ކޮޕީއެއް)

3- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (އެކްރެޑިޓްކޮށްފައިވާ ކޮޕީ)

4- ސްކޫލެއްގައި އުޅެފައިވާނަމަ، ލީވިންގ ސެޓުފިކެޓުގެ ކޮޕީ.

5- ވަޒީފާއެއްގައި އުޅެފައިވާނަމަ، އެ ވަޒީފާއެއްގައި އުޅުނުކުމުގެ ލިޔުން.

ތަކެތި ހުށަހަޅަންޖެހޭ އިދާރާ:  އުނގޫފާރު ކައުންސިލް އިދާރާ

ތަކެތި ހުށަހެޅުމުގެ ސުންގަޑި: 2016 ޖޫން 21 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން.

އިންޓަވިއު: މަޤާމަށް ޝަރުޠު ހަމަވާ ފަރާތްތަކާ އިންޓަވިއުކުރުން، 2016 ޖޫން 23 ވާ ބުރާސްފަތި ދުވަހު އުނގޫފާރު ކައުންސިލްގެ އިދާރާގައި އޮންނާނެއެވެ.

އިތުރު މަޢުލޫމާތު: އިމާމުކަމުގެ ޝަރުޠު ހަމަވާ މީހަކު ނުލިބިއްޖެނަމަ، މި އިޢުލާނާ ގުޅިގެން ކުރިމަތިލާފައިވާ ފަރާތްތަކާ އިންޓަވިޔު ކުރުމާއެކު ދެވޭ ޤުރްއާން ޓެސްޓަކުން ފާސްވެ، އެންމެ މަތީ މާކްސް ލިބޭ، އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މުދިމުކަމުގެ ވަޒީފާ ހަމަޖެއްސޭނެއެވެ.

9 ރަމަޟާން 1437

14 ޖޫން 2016
ހޯދާ