ދިވެހިރާއްޖެ
އިޢުލާން
އއ. އަތޮޅު ކައުންސިލުގެ އިދާރާގައި ކުލައާއި ދަވާދުލުން:
މި ކައުންސިލްގެ އިދާރާގައި ކުލައާއި ދަވާދުލުމާއި އިންފާރާއި، ކައުންސިލްގެ އިދާރާގެ ގޯތިތެރޭ ޕާކުގެ ފާރުތަކުގައި، ކުލަލައިދޭނެ ފަރާތެއް ހޯދުމަށް ކުރި ނަންބަރު:(IUL)233-ADS/233/2016/5 (20 އެޕްރީލް 2016) އިޢުލާނަށް އެއްވެސް ފަރާތަކުން އަންދާސީހިސާބު ހުށަހަޅުއްވާފައިނުވާތީ، އެ އިޢުލާން ބާޠިލުކޮށް އެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާންކުރަމެވެ.
ވީމާ، މި މަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކުން 2016 ޖޫން 23 ވަނަ ދުވަހުގެ 11:00 އަށް މި އިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2016 ޖޫން 30 ވަނަ ދުވަހުގެ 11:00 އަށް މި އިދާރާއަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
އަންދާސީހިސާބު ހުށަހަޅަންވާނީ އެކަމަށް ތައްޔާރު ކުރެވިފައިވާ "އަންދާސީހިސާބު ހުށަހަޅާ" ފޯމުންނެވެ.
މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމަށް ހާޒިރުނުވާ ފަރާތްތަކުން ހުށަހަޅާ އަންދާސީހިސާބު ބަލައިނުގަނެވޭނެއެވެ. އަދި މަޢުލޫމާތު ފުރިހަމަނުވާ އަންދާސީހިސާބުތައް ބާޠިލުކުރެވޭނެއެވެ. އަންދާސީހިސާބު ހުށަހެޅުމަށް ބަދަލުގައި ބޭފުޅަކު ފޮނުވާނަމަ އެކަން ބަޔާންކޮށް ލިޔުމެއް ހުށަހަޅަންވާނެ އެވެ. އަންދާސީހިސާބުތައް ހުޅުވުން އޮންނާނީ އަންދާސީހިސާބު ހުށަހެޅުމުގެ ބައްދަލުވުމަށް ހާޒިރުވާ ފަރާތްތަކުގެ ހާޒިރުގައި އެ ބައްދަލުވުމުގައެވެ.
އަންދާސީހިސާބުތަކަށް ޕޮއިންޓުދިނުމަށް ކަނޑައެޅިފައިވާ ގޮތް: |
|
މަސައްކަތުގެ އަގު (އެންމެ ކުޑަކޮށް ހުށަހަޅާ އަގަށް) |
60 ޕޮއިންޓް |
މަސައްކަތުގެ މުއްދަތު (އެންމެ ކުރު މުއްދަތަށް) |
20 ޕޮއިންޓް |
މަސައްކަތުގެ ތަޖުރިބާ (ހުށަހަޅާ ލިޔުންތަކަށް ބަލާފައި) |
20 ޕޮއިންޓް |
ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.
10 ރަމަޟާން 1437