އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފެންސް ނުޖެހިވާބައިގައި ދާޖަހައި ގޭޓްލުމުގެ މަސައްކަތާއި ލައިޓް ހަރުކުރުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

އައްޑޫސިޓީގެ ފޭދޫއަވަށު ވޮލީކޯޓުގައި ދާޖަހައި ގޭޓްލުމާއި ލައިޓްހަރުކުރުމުގެ މަސައްކަތް:

އައްޑޫސިޓީގެ ފޭދޫއަވަށު ވޮލީކޯޓުގައި ފެންސް ނުޖެހިވާބައިގައި ދާޖަހައި ގޭޓުލުމުގެ މަސައްކަތާއި ލައިޓް ހަރުކުރުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު:(IUL)426-AB/426/2016/109 އިޢުލާނަށް އަންދާސީހިސާބު ހުށަހެޅިފައިވަނީ ދެވިފައިވާ މަޢުލޫމާތާ ޚިލާފަށްކަމުން މި އިޢުލާން ބާޠިލުކޮށް އަލުން މި ފުރުޞަތު ހުޅުވާލަމެވެ.

ވީމާ، މި އިދާރާއިން ދޭ މަޢުލޫމާތާ އެއްގޮތަށް މި މަސައްކަތްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2016 ޖޫން 22 ވާ ބުދަ ދުވަހުގެ 11:00 އަށް މި އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2016 ޖޫން 28 ވާ އަންގާރަ ދުވަހުގެ 11:00 އަށް މި އިދާރާއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކޮށްދިނުމާއި އަންދާސީހިސާބު ބަލައިގަތުން އޮންނާނީ މި އިދާރާގެ ކޮންފަރެންސްހޯލުގައެވެ. މަޢުލޫމާތު ދިނުމަށާއި ޕްރޮޕޯޒަލް ބަލައިގަތުން ހަމަޖެހިފައިވާ ގަޑިއަށް މި އިދާރާގެ ކޮންފަރެންސްހޯލަށް ވަޑައިނުގަންނަވާ ފަރާތްތަކަށް މި ސެޝަންތަކުގައި ބައިވެރިނުވެވޭނެ ވާހަކަ ދެންނެވީމެވެ.

04 ރަމަޟާން 1437

09 ޖޫން 2016
ހޯދާ