ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފުޓްސަލްދަނޑުގެ ދެވަނަ ފިޔަވަހީގެ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

ސަރުކާރުގެ ސްޕޯޓްސް އެރީނާ މެނިފެސްޓޯ ތަންފީޒުކުރުމުގެ ގޮތުން މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސްއިން ހިންގާ ސްޕޯޓްސް އެރީނާގެ މަޝްރޫޢުގެ ދަށުން ނިލަންދޫގައި ޤާއިމުކުރުމަށް ހަމަޖެހިފައިވާ ފުޓްސަލްދަނޑުގެ ދެވަނަ ފިޔަވަހީގައި ހިމެނޭ ފުޓްސަލްދަނޑުގެ މިދަންނަވާ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

01-  ލައިޓިންގ ސިސްޓަމް

02-  ކާނު ހެދުން

03-  ބެންޗު ހެދުން

04-  ލެވެލިންގގެ މަސައްކަތް

ވީމާ، މިކަމަށް އެދި ޝައުޤުވެރިވެލައްވާ ބޭފުޅުން 2016 ޖޫން 23 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް މި ކައުންސިލަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2016 ޖޫން 28 ވާ އަންގާރަ ދުވަހުގެ 11:00 އަށް މި ކައުންސިލަށް ދުރުވެ އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. ގަޑިޖެހުމަށްފަހު ހުށަހެޅޭ އަންދާސީހިސާބާއި މަޢުލޫމާތު ސާފުކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅާ އަންދާސީހިސާބުތައް ބަލައިނުގަނެވޭ ކަމުގައި ދަންނަވަމެވެ. އެހެން މީހެއްގެ ހަވާލުގައި އަންދާސީހިސާބު ހުށަހަޅާނަމަ، ގަޑިޖެހުމުގެ 1 ގަޑިއިރުކުރިން އެކަން ބަޔާންކޮށް މި އިދާރާއަށް އެފަރާތުގެ ލިޔުމެއް ސޮޔާއެކު ހުށަހަޅަންވާނެއެވެ. އަންދާސީހިސާބު ހުށަހަޅާނީ މި އިދާރާއިން ދޫކުރާ އަންދާސީހިސާބު ހުށަހަޅާ ފޯމުގައި ސިޓީއުރައެއްގައި ބަންދުކުރެއްވުމަށްފަހުއެވެ. ސިޓީއުރައިގެ ބޭރުގައި "ފ. ނިލަންދޫ ކުޅިވަރު އެރީނާގެ ފުޓްސަލްދަނޑުގެ ދެވަނަ ފިޔަވަހީގެ މަސައްކަތްތައް ކޮށްދިނުން އެދި" މިހެން ލިޔެފައި އޮންނަންވާނެއެވެ.

މި މަސައްކަތަށް ޕޮއިންޓު ދިނުމަށް ހަމަޖެހިފައިވާގޮތް ބަޔާންކުރެވިފައި މިވަނީއެވެ.

01- ހުށަހަޅާ އަގު      % 60

02- މުއްދަތަށް        % 20

03- މާލީ ތަނަވަސްކަން    % 10

04- ތަޖުރިބާ         % 10

08 ރަމަޟާން 1437

13 ޖޫން 2016
ހޯދާ