ދިވެހިރާއްޖެ
އިޢުލާން
މިރަށު މަސްޖިދުލް މުނައްވަރު މިސްކިތުގެ އާބާތުރަ ފިލުވުމުގެގޮތުން ކުރަންހުރި މަސައްކަތްތައް، އަމިއްލަ ތަކެތީގައި ކޮށްދޭނޭ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2016 ޖޫން 20 ވާ ހޯމަ ދުވަހުގެ 13.00 އަށް މި އިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރުމަށްފަހު، 2016 ޖޫން 26 ވާ އާދީއްތަ ދުވަހުގެ 13.00 އަށް މި އިދާރާއަށް ދުރުވެ އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
މަޢުލޫމާތު ދިނުމުގެ ސެޝަންތަކުގައި ބައިވެރިވެވޭނީ މި ކައުންސިލަށް -/100 (އެއްސަތޭކަ) ރުފިޔާގެ ފީއެއް ދެއްކުމުންނެވެ. ފޯމާއެކު ދޫކުރެވޭ މަޢުލޫމާތުކަރުދާސް ދޫކުރެވޭނީ އެއްލައްކައިން ދަށް -/100 (އެއްސަތޭކަ) ރުފިޔާ، އެއްލައްކައާއި ފަސްލައްކައާ ދެމެދު -/200 (ދުއިސައްތަ) ރުފިޔާ، ފަސްލައްކައިން މަތި -/500 (ފަސްސަތޭކަ) ރުފިޔާގެ ފީއެއް ދެއްކުމުންނެވެ.
އަންދާސީހިސާބު ހުށަހަޅަންވާނީ ސިޓީއުރައެއްގައި ބަންދުކޮށް، ސިޓީއުރައިގެ ބޭރުގައި "ބިލެތްދޫ މަސްޖިދުލްމުނައްވަރު މިސްކިތް އާބާތުރަ ފިލުވުމުގެ މަސައްކަތުގެ އަންދާސީހިސާބު" މިހެން ލިޔުމަށްފަހުގައެވެ.
ތިރީގައިމިވާ ހާލަތްތަކުގައި އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަން:
- މަޢުލޫމާތު ސާފުކުރުމަށް ހާޒިރުނުވާ ބޭފުޅުންގެ އަންދާސީހިސާބުތައް
- ފެކްސް މެދުވެރިކޮށް ހުށަހަޅާ އަންދާސީހިސާބުތައް
- ގަޑިޖެހުމަށްފަހު، ގެންނަ އަންދާސީހިސާބުތައް
- މަޢުލޫމާތު ފުރިހަމަނުވާ އަންދާސީހިސާބުތައް
- މަޢުލޫމާތު ފުރިހަމަކޮށް ސޮއިކޮށްފައިނުވާ އަންދާސީހިސާބުތައް
- މި އިދާރާއިން އަންދާސީހިސާބު ހުށަހެޅުމަށް ދޫކުރާ ފޯމުގައި ނޫންގޮތަކަށް ހުށަހަޅާ އަންދާސީހިސާބު