ޖުޑިޝަލް ސަރވިސް ކޮމިޝަން
ދިވެހިރާއްޖެ
ފަނޑިޔާރުކަމުގެ ވަޒީފާގެ ފުރުޞަތު

ފަނޑިޔާރު ކަމުގެ ވަޒީފާގެ ފުރުޞަތު

ކޯޓް އިސްމެޖިސްޓްރޭޓުންނާއި މެޖިސްޓްރޭޓުންގެ ހުސް މަޤާމުތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލަމެވެ. އަދި މިގޮތުން މި މަޤާމުތަކަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠުހަމަވެ ފަނޑިޔާރުކަމަށް އައްޔަންކުރަން ކޮމިޝަނުން ކަނޑައަޅާ ފަރާތްތައް އައްޔަންކުރާނީ ތިރީގައިވާ މެޖިސްޓްރޭޓް ކޯޓުތަކުގެ ތެރެއިން މި ކޮމިޝަނުން ކަނޑައަޅާ މެޖިސްޓްރޭޓް ކޯޓަކަށެވެ.

ބޭނުންވާ އަދަދު

ބޭނުންވާ މަޤާމު

ބޭނުންވާ މެޖިސްޓްރޭޓްކޯޓް

1

މެޖިސްޓްރޭޓް

ހއ. ހޯރަފުށި މެޖިސްޓްރޭޓް ކޯޓް

1

ކޯޓް އިސްމެޖިސްޓްރޭޓް

ހއ. ކެލާ މެޖިސްޓްރޭޓް ކޯޓް

1

ކޯޓް އިސްމެޖިސްޓްރޭޓް

ހއ. މާރަންދޫ މެޖިސްޓްރޭޓް ކޯޓް

1

ކޯޓް އިސްމެޖިސްޓްރޭޓް

ހއ. ތަކަންދޫ މެޖިސްޓްރޭޓް ކޯޓް

1

ކޯޓް އިސްމެޖިސްޓްރޭޓް

ހދ. ކުރިނބީ މެޖިސްޓްރޭޓް  ކޯޓް

1

މެޖިސްޓްރޭޓް

ހދ. ކުޅުދުއްފުށި މެޖިސްޓްރޭޓް  ކޯޓް

1

ކޯޓް އިސްމެޖިސްޓްރޭޓް

ހދ. ނޭކުރެންދޫ މެޖިސްޓްރޭޓް  ކޯޓް

1

ކޯޓް އިސްމެޖިސްޓްރޭޓް

ހދ. މަކުނުދޫ މެޖިސްޓްރޭޓް ކޯޓް

1

ކޯޓް އިސްމެޖިސްޓްރޭޓް

ށ. ކަނޑިތީމު މެޖިސްޓްރޭޓް ކޯޓް

1

ކޯޓް އިސްމެޖިސްޓްރޭޓް

ށ. ގޮއިދޫ މެޖިސްޓްރޭޓް ކޯޓް

1

ކޯޓް އިސްމެޖިސްޓްރޭޓް

ށ. ބިލެތްފަހި މެޖިސްޓްރޭޓް ކޯޓް

1

ކޯޓް އިސްމެޖިސްޓްރޭޓް

ށ. ފޯކައިދޫ މެޖިސްޓްރޭޓް ކޯޓް

1

ކޯޓް އިސްމެޖިސްޓްރޭޓް

ށ. ނަރުދޫ މެޖިސްޓްރޭޓް ކޯޓް

1

ކޯޓް އިސްމެޖިސްޓްރޭޓް

ށ. ކޮމަންޑޫ މެޖިސްޓްރޭޓް ކޯޓް

1

ކޯޓް އިސްމެޖިސްޓްރޭޓް

ށ. މާއުނގޫދޫ މެޖިސްޓްރޭޓް ކޯޓް

1

ކޯޓް އިސްމެޖިސްޓްރޭޓް

ނ. މާޅެންދޫ މެޖިސްޓްރޭޓް ކޯޓް

1

ކޯޓް އިސްމެޖިސްޓްރޭޓް

ނ. ލަންދޫ މެޖިސްޓްރޭޓް ކޯޓް

1

ކޯޓް އިސްމެޖިސްޓްރޭޓް

ނ. މާފަރު މެޖިސްޓްރޭޓް ކޯޓް

1

ކޯޓް އިސްމެޖިސްޓްރޭޓް

ރ. މަޑުއްވަރީ މެޖިސްޓްރޭޓް ކޯޓް

1

ކޯޓް އިސްމެޖިސްޓްރޭޓް

ބ. ދަރަވަންދޫ މެޖިސްޓްރޭޓް ކޯޓް

1

ކޯޓް އިސްމެޖިސްޓްރޭޓް

ޅ. ހިންނަވަރު މެޖިސްޓްރޭޓް ކޯޓް

1

މެޖިސްޓްރޭޓް

ޅ. ނައިފަރު މެޖިސްޓްރޭޓް ކޯޓް

1

ކޯޓް އިސްމެޖިސްޓްރޭޓް

އއ. ފެރިދޫ މެޖިސްޓްރޭޓް  ކޯޓް

1

ކޯޓް އިސްމެޖިސްޓްރޭޓް

އދ. ދަނގެތީ މެޖިސްޓްރޭޓް  ކޯޓް

1

ކޯޓް އިސްމެޖިސްޓްރޭޓް

އދ. ފެންފުށީ މެޖިސްޓްރޭޓް  ކޯޓް

1

މެޖިސްޓްރޭޓް

މ. މުލީ މެޖިސްޓްރޭޓް  ކޯޓް

1

ކޯޓް އިސްމެޖިސްޓްރޭޓް

ފ. ބިލެތްދޫ މެޖިސްޓްރޭޓް ކޯޓް

1

ކޯޓް އިސްމެޖިސްޓްރޭޓް

ފ. ފީއަލީ މެޖިސްޓްރޭޓް ކޯޓް

1

ކޯޓް އިސްމެޖިސްޓްރޭޓް

ދ. ހުޅުދެލި މެޖިސްޓްރޭޓް ކޯޓް

1

ކޯޓް އިސްމެޖިސްޓްރޭޓް

ތ. ވިލުފުށީ މެޖިސްޓްރޭޓް ކޯޓް

1

ކޯޓް އިސްމެޖިސްޓްރޭޓް

ތ. ގާދިއްފުށި މެޖިސްޓްރޭޓް ކޯޓް

1

ކޯޓް އިސްމެޖިސްޓްރޭޓް

ތ. ތިމަރަފުށި މެޖިސްޓްރޭޓް  ކޯޓް

1

މެޖިސްޓްރޭޓް

ތ. ތިމަރަފުށި މެޖިސްޓްރޭޓް  ކޯޓް

1

ކޯޓް އިސްމެޖިސްޓްރޭޓް

ތ. ކިނބިދޫ މެޖިސްޓްރޭޓް  ކޯޓް

1

ކޯޓް އިސްމެޖިސްޓްރޭޓް

ލ. މާމެންދޫ މެޖިސްޓްރޭޓް  ކޯޓް

1

މެޖިސްޓްރޭޓް

ގއ. ދާންދޫ މެޖިސްޓްރޭޓް  ކޯޓް

1

މެޖިސްޓްރޭޓް

ލ. ގަމު މެޖިސްޓްރޭޓް ކޯޓް

1

ކޯޓް އިސްމެޖިސްޓްރޭޓް

ގއ. ދެއްވަދޫ މެޖިސްޓްރޭޓް ކޯޓް

1

މެޖިސްޓްރޭޓް

ގދ. ގައްދޫ މެޖިސްޓްރޭޓް  ކޯޓް

1

ކޯޓް އިސްމެޖިސްޓްރޭޓް

ގދ. ވާދޫ މެޖިސްޓްރޭޓް ކޯޓް

2

މެޖިސްޓްރޭޓް

ޏ. ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓް

1

މެޖިސްޓްރޭޓް

ސ. ހިތަދޫ މެޖިސްޓްރޭޓް ކޯޓް

މުސާރައާއި ޢިނާޔަތް

 

މެޖިސްޓްރޭޓް

ކޯޓް އިސްމެޖިސްޓްރޭޓް

އަސާސީ މުސާރަ

-/18,850 ރުފިޔާ

-/21,000 ރުފިޔާ

ލިވިންގ އެލަވަންސް

-/4,000 ރުފިޔާ

-/4,000 ރުފިޔާ

ރިސްކް އެލަވަންސް

-/600 ރުފިޔާ

-/600 ރުފިޔާ

މެޑިކަލް އިންޝުއަރެންސް

ޤާނޫނު ނަންބަރު 13/2010 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު) ގައިވާ ގޮތުގެމަތިން ރައްޔިތުންގެ މަޖިލީހުންް ކަނޑައަޅާފައިވާ ގޮތުގެމަތިން ލިބިދެވޭނެއެވެ.

ފަނޑިޔާރުކަމަށް ކުރިމަތިލާ މީހުންގެ ކިބައިގައި އަންނަނިވި ޝަރުޠުތައް ފުރިހަމަވާންވާނެއެވެ.

އަޚުލާޤާއި ސުލޫކު

  1. މުސްލިމަކު ކަމުގައިވުމާއި، ސުންނަތް ޖަމާޢަތުގެ މީހަކު ކަމުގައިވުން؛
  2. ބުއްދިހަމައަށް ހުރި މީހަކު ކަމުގައިވުން؛
  3. ޤާނޫނުއަސާސީގެ ދަށުން ނުވަތަ ޤާނޫނެއްގެ ދަށުން އިންތިޚާބުކޮށްފައިވާ ނުވަތަ ޢައްޔަންކޮށްފައިވާ ސިޔާސީ މަޤާމެއް ފުރަމުންދާ މީހަކުކަމުގައި ނުވުން؛
  4. ސިޔާސީ ޕާޓީއެއްގެ މެންބަރަކު ކަމުގައި ނުވަތަ ސިޔާސީ ޕާޓީއެއްގައި ޙަރަކާތްތެރިވާ މީހަކު ކަމުގައި ނުވުން؛
  5. އިސްލާމްދީނުގައި ޙައްދެއް ކަނޑައެޅިފައިވާ ކުށެއް، ނުވަތަ ޚިޔާނާތުގެ ކުށެއް، ނުވަތަ ރިޝްވަތުގެ ކުށެއް ކުރިކަން ޝަރީޢަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން؛
  6. ޤާނޫނުލްޢުޤޫބާތުގެ ދަށުން ކުށެއް ކުރިކަމަށް ނުވަތަ އެއްވެސް ބާވަތެއްގެ ބަދުއަޚުލާޤީ ޢަމަލެއް ހިންގިކަމަށް ނުވަތަ ޓެރަރިޒަމްގެ ކުށެއް ކުރިކަމަށް ޙުކުމްކުރެވި އެ ޙުކުމް ވޭތުވެދިޔަ 7 އަހަރުދުވަހުގެ ތެރޭގައި ތަންފީޛުކޮށް ނިމިފައިވާ މީހަކު ކަމުގައި ނުވުން؛
  7. އަދާކުރަންޖެހޭ ސާބިތު ދަރަންޏެއް އޮތް މީހަކުނަމަ، ޙުކުމާ އެއްގޮތަށް އެ ދަރަނި އަދާކުރަމުންދާ މީހެއްކަމުގައިވުން.

ޢުމުރު

  1. ޢުމުރުން ފަންސަވީސް އަހަރު ފުރިފައިވާ މީހަކު ކަމުގައިވުން.

ތަޢުލީމާއި ތަޖުރިބާ

  1. އިސްލާމީ ޝަރީޢާ ނުވަތަ ޤާނޫނު؛ ނުވަތަ ޤާނޫނާއި ޝަރީޢަތުގެ ރޮނގުން ދަށްވެގެން ޑިޕްލޮމާ ހާސިލުކޮށްފައިވުމާއެކު، ފަނޑިޔާރުކަމުގައި ނުވަތަ ޤާނޫނީ ވަކީލުކަން ކުރުމުގައި ނުވަތަ މިދެކަމުގައި ނުވަތަ މެޖިސްޓްރޭޓް ކޯޓެއްގެ ލީގަލް އެސިސްޓެންޓް ކަމުގެ މަޤާމުގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން؛

ފަނޑިޔާރުކަމުގެ ވަޒީފާއަށް އެދި ހުށަހަޅާފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި

  1. މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބަލާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ ޓްރާންސްކްރިޕްޓާއެކު (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ރަޖިސްޓަރީކޮށްފައިވާ ލޯފާމަކުން ތައްގަނޑުޖަހާފައިވާ އަސްލު) (އެކްރެޑިޓޭޝަން ބޯޑުން ތައްގަނޑުޖަހާފައިވާ އަސްލު އަދި ސެޓުފިކެޓުތަކުގެ އަސްލު ކޮމިޝަނުން ބަލަން ބޭނުންވެއްޖެ ހާލަތެއްގައި ކޮމިޝަނަށް ހުށަހަޅަންވާނެއެވެ.)
  2. ވަނަވަރު 
  3. ވަނަވަރުގައި ޤާނޫނީ މަސައްކަތް ކުރަންޖެހޭ ވަޒީފާއެއް އަދާކޮށްފައިވާކަމަށް ބަޔާންކޮށްފައިވާނަމަ، އެ ވަޒީފާ އަދާކޮށްފައިވާ ތަންތަނާއި އަދާކުރި ވަޒީފާތަކާއި އެ ވަޒީފާތައް އަދާކުރި މުއްދަތު ހިމެނޭ ސަޕޯޓިންގ ޑޮކިއުމަންޓް
  4. ޝަރުޢީ ކޯޓުތަކުގައި ވަކާލާތުކުރުމުގެ ހުއްދައިގެ ކޮޕީ (މިހުއްދަ ހުށަހަޅާނީ ތަޖުރިބާގެ ބައިން ޤާނޫނީ ވަކީލުކަމުގެ ބައި ގުނޭ ބޭފުޅުންނެވެ.)
  5. ޤާނޫނީ ވަކީލެއްގެ ގޮތުގައި ކޯޓުތަކުގައި ވަކާލާތުކޮށްފައިވާކަން ނުވަތަ ކުރަމުންދާކަން އެނގޭނެ ކޯޓުގެ ރަސްމީ ލިޔުމެއް (މި ލިޔުމުގައި އެ ކޯޓެއްގައި އެމީހަކު ޕްރެކްޓިސް ކޮށްފައިވާ މުއްދަތު އެނގެން އޮންނަންވާނެއެވެ.)
  6. ޕާސްޕޯޓްސައިޒުގެ 1 ފޮޓޯ
  7. އައިޑީ ކާޑުގެ ކޮޕީ
  8. ފަނޑިޔާރުކަމުގެ ވަޒީފާއަށް ކުރިމަތިލައްވާފައިވާ ފަރާތްތަކުގެ ކުށުގެ ރެކޯޑު ނެތްކަމުގެ އިޤުރާރު
  9. ފުރިހަމަކޮށްފައިވާ ކުށުގެ ރެކޯޑު ފޯމު
  10. ފަނޑިޔާރުކަމަށް ކުރިމަތިލާ ފަރާތަކީ ސިޔާސީ ޕާޓީއެއްގެ މެންބަރެއް ނޫންކަން އެނގޭނޭ އިލެކްޝަންސް ކޮމިޝަންގެ ލިޔުން
  11. ރާއްޖޭގައި ނުވަތަ ރާއްޖެއިން ބޭރުގައި ތަޢުލީމު ހާސިލުކުރުމުގެ ސަބަބުން ނުވަތަ އެނޫންވެސް ގޮތަކުން ދައުލަތުގެ ނުވަތަ އަމިއްލަ އެއްވެސް އިދާރާއަކާއެކު ވަކި މުއްދަތަކަށް ޚިދުމަތް ކުރުމުގެ ބޮންޑެއްވާނަމަ ބޮންޑުން ދޫކުރާނެ ކަމުގެ ލިޔުން

ސުންގަޑި

2016 ޖުލައި 11 ވަނަ ދުވަހުގެ 13:00 ގެ ކުރިން، ޖުޑީޝަލް ސަރވިސް ކޮމިޝަނަށް (ތީމުގެ، އާބުރުޒުހިނގުން) ހުށަހަޅަންވާނެއެވެ.

ގަވާއިދު

މެޖިސްޓްރޭޓް ކޯޓުތަކަށް ފަނޑިޔާރުން ޢައްޔަންކުރުމުގައި ޢަމަލުކުރާނެގޮތުގެ ގަވާއިދު މި ކޮމިޝަންގެ ވެބްސައިޓުން ލިބިވަޑައިގަންނަވާނެއެވެ.

އިތުރު މަޢުލޫމާތު

އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭނެކަމަށް މިއިޢުލާނުގައި ބަޔާންކޮށްފައިވާ ތަކެތި އިޢުލާނުގައި ބުނެފައިވާގޮތަށް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ފޯމު ބަލައިނުގަނެވޭނެއެވެ.

މަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނެ ނަންބަރަކީ 3303501 އެވެ. ފެކްސް ނަންބަރަކީ 3303504 އެވެ. ވަޒީފާއަށް އެދޭ ފޯމާއި އިޤުރާރު ފޯމު www.jsc.gov.mv ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ. އަދި މި ކޮމިޝަންގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.)

15 ޖޫން 2016
ހޯދާ