ދިވެހިރާއްޖެ
އިޢުލާން
ހުވަދުއަތޮޅު ދެކުނުބުރީ ރަށްރަށުގައި ސިވިކް އެޑިޔުކޭޝަން ޕްރޮގްރާމެއް ހިންގައިދޭނެ ފަރާތެއް ހޯދުމާ ބެހޭގޮތުން ކުރި އިޢުލާނާ ބެހޭ.
ހުވަދުއަތޮޅު ދެކުނުބުރީ ރަށްރަށުގެ މުއައްސަސާތަކުގެ މުވައްޒަފުންނަށް ސިވިކް އެޑިޔުކޭޝަން ޕްރޮގްރާމެއް ހިންގައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެގެން 2016 މޭ 19 ވަނަ ދުވަހު މި ކައުންސިލުން ކޮށްފައިވާ ނަންބަރު: (IUL)242/242/2016/19 އިޢުލާނާ ގުޅިގެން ހުށަހެޅިފައިވާ ޕްރޮޕޯޒަލްތަކުގައި ފުރިހަމަވާންޖެހޭ ބައެއް ކަންކަން ފުރިހަމަވެފައި ނުވުމުން އަންދާސީހިސާބު ހުށަހެޅި ފަރާތްތަކުން ހުށަހަޅާފައިވާ އަންދާސީހިސާބުތައް ބާޠިލުކޮށް، އަލުން މިކަމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލަމެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2016 ޖޫން 19 ވާ އާދީއްތަ ދުވަހުގެ 11:00 އަށް މި އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2016 ޖޫން 21 ވާ އަންގާރަ ދުވަހުގެ 11:00 އަށް މި އިދާރާއަށް ވަޑައިގެން ޕްރޮޕޯޒަލް ހުށަހެޅުއްވުން އެދެމެވެ.
އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ ޕްރޮޕޯޒަލް ބަލައިނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.
09 ރަމަޟާން 1437