ދިވެހިރާއްޖެ
އިޢުލާން
ހުވަދުއަތޮޅު ދެކުނުބުރީ ރަށްތަކުގެ ދަނޑުވެރިންނަށާއި މަސްވެރިންނަށް އަމާޒުކޮށްގެން ޓްރެއިނިންގ ޕްރޮގްރާމެއް ހިންގާނެ ފަރާތެއް ހޯދުމާބެހޭ:
ހުވަދުއަތޮޅު ދެކުނުބުރީ ރަށްތަކުގެ ދަނޑުވެރިންނަށާއި މަސްވެރިންނަށް އަމާޒުކޮށްގެން ޓްރެއިނިންގ ޕްރޮގްރާމެއް ހިންގައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެގެން 2016 މޭ 19 ވަނަ ދުވަހު މި ކައުންސިލުން ކޮށްފައިވާ ނަންބަރު: (IUL)242/242/2016/20 އިޢުލާނާ ގުޅިގެން ހުށަހެޅިފައިވާ ޕްރޮޕޯޒަލްތަކުގައި ފުރިހަމަވާންޖެހޭ ބައެއް ކަންކަން ފުރިހަމަވެފައި ނުވުމުން އަންދާސީހިސާބު ހުށަހެޅި ފަރާތްތަކުން ހުށަހަޅާފައިވާ އަންދާސީހިސާބުތައް ބާޠިލުކޮށް، އަލުން މިކަމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލަމެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2016 ޖޫން 19 ވާ އާދީއްތަ ދުވަހުގެ 13:00 އަށް މި އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2016 ޖޫން 22 ވާ ބުދަ ދުވަހުގެ 11:00 އަށް މި އިދާރާއަށް ވަޑައިގެން ޕްރޮޕޯޒަލް ހުށަހެޅުއްވުން އެދެމެވެ.
އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ ޕްރޮޕޯޒަލް ބަލައިނުގަނެވޭނެ ވާހަކަ މައުލޫމާތަށްޓަކައި ދެންނެވީމެވެ.
09 ރަމަޟާން 1437