އައިލެންޑް އޭވިއޭޝަން ސަރވިސަސް ލިމިޓެޑް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

މަޤާމް :އިންޖިނިއަރިންގ ހޭންޑް
ބޭނުންވާ އަދަދު :1

އިންޖިނިއަރިންގ ހޭންޑް (ޖޮބް ރިފަރެންސް ނަންބަރު 58/J/2016)

ކުރަންޖެހޭ މައިގަނޑު މަސައްކަތް: މަތިންދާބޯޓު ދޮވުމާއި މަތިންދާބޯޓުގެ މަސައްކަތްތަކުގައި ބޭނުންކުރާ އެކިއެކި އިކްއިޕްމަންޓްތަކުގެ މެއިންޓެނަންސް ބެލެހެއްޓުން. އޮފީސް ސާފުކޮށް ބެލެހެއްޓުމާއި އަދި އޮފީހަށް ބޭނުންވާ ތަކެތި ހަމަކޮށް ބެލެހެއްޓުން.

ފެންވަރު ނުވަތަ ޝަރުޠު:

- ގްރޭޑް 10ގެ ފެންވަރު ހުރުމާއެކު، އިނގިރޭސި ލިޔެ ކިޔަން އެނގުން.

- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގެ ތަޖުރިބާ ލިބިފައިވާ، އަދި އެފަދަ ދާއިރާއެއްގައި މަސައްކަތް ކުރަމުންދާ ނުވަތަ ކުރި މީހެއްކަމުގައިވުން.

- ގިނަ ވަގުތު މަސައްކަތުގައި އުޅެވޭނެ މީހެއްކަމުގައިވުން.

މަސައްކަތް ކުރަންޖެހޭ ތަން: އިންޖިނިއަރިންގ ޑިޕާޓްމަންޓް / އިބްރާހީމް ނާޞިރު އިންޓަރނޭޝަނަލް އެއަރޕޯޓް

ވީމާ، މިމަޤާމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން އެޕްލިކޭޝަން ފޯމާއެކު ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއާއި ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ، 20 ޖޫން 2016 ވާ ހޯމަ ދުވަހުގެ 13:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ހުށަހެޅުއްވުން އެދެމެވެ.

ހިއުމަން ރިސޯސަސް ޑިޕާޓްމަންޓް

އައިލެންޑް އޭވިއޭޝަން ހެޑްއޮފީސް

މ. ރާވެރިގެ، މަޖީދީމަގު، މާލެ، ދިވެހިރާއްޖެ

ފޯން ނަންބަރު: 3331262 ފެކްސް ނަންބަރު: 3314806    

ވަޒީފާއަށް އެދި ހުށަހަޅާ އެޕްލިކޭޝަންފޯމު މިކުންފުނީގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ. މި ކުންފުނީގެ ވެބްސައިޓް އެޑްރެހަކީ www.maldivian.aero އެވެ. އަދި މި ވަޒީފާއާ ބެހޭގޮތުން އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ މިކުންފުނީގެ ހިއުމަން ރިސޯސަސް ޑިޕާޓްމަންޓަށެވެ.

މަޢުލޫމާތު ފުރިހަމަނުވާ އަދި ޝަރުޠު ހަމަނުވާ އެޕްލިކޭޝަންސް ޑިސްކޮލިފައިވާނެވާހަކަ ދެންނެވީމެވެ. އަދި ބަޔާންކުރެވިފައިވާ ވަޒީފާއަށް ގުޅާނީ ހަމައެކަނި ޝޯޓްލިސްޓެޑް ފަރާތްތަކަށް ކަމުގައި ދެންނެވީމެވެ. 

09 ރަމަޟާން 1437

14 ޖޫން 2016
ހޯދާ