ދިވެހިރާއްޖެ
މި މިނިސްޓްރީގެ ދަށުން ހިނގަމުންދާ ފެމެލީ އެންޑް ޗިލްޑްރަން ސަރިވސް ސެންޓަރތަކުގައި މަސައްކަތް ކުރެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުޙަބާ ދަންނަވަމެވެ. މިވަޒީފާތަކަށް ބޭނުންވަނީ މަސައްކަތަށް ޝައުޤުވެރިކަން ހުރި، ޤާބިލު މީހުންނެވެ.
| 
 މަޤާމު  | 
 މަސައްކަތު  | 
||
| 
 ބޭނުންވާ އަދަދު  | 
 01  | 
 މަޤާމުގެ ކްލެސިފިކޭޝަން: ސަޕޯޓު ސްޓާފް ގ. 1  | 
 ރޭންކް: އެސް.އެސް 1  | 
| 
 މުސާރަ  | 
 މަހަކު -/3100 ރުފިޔާ  | 
||
| 
 ސަރވިސް އެލަވަންސް  | 
 މަހަކު -/1000 ރުފިޔާ  | 
||
| 
 މަސައްކަތް ކުރަންޖެހޭތަން  | 
 (ހދ. އަތޮޅު ފެމިލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރުގައި)  | 
||
| 
 ތަޢުލީމާއި ތަޖުރިބާ  | 
 ލިޔަންކިޔަން ދަތުމާއެކު، މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލުކަން ލިބިފައިވުން.  | 
||
| 
 ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް  | 
 1- ސެންޓަރުގެ މަގުފަޅި އާއި ސެންޓަރުގެ ދެ އިމާރާތް ފޮޅައި ސާފުކޮށް ބެލެހެއްޓުމާއި، މޮޕްކޮށް ފާޚާނާތައް ސާފުކޮށް ބެލެހެއްޓުން. 2- ސެންޓަރުން ފޮނުވަންޖެހޭ ސިޓީއާއި އެހެނިހެން ތަކެތި ބަހަން ޖެހިއްޖެ ހިނދެއްގައި އެތަކެތި ބެހުން. 3- ސިވިލް ސަރވިސްގެ ކޯޑް އޮފް ކޮންޑަކްޓުގައިވާ އެންމެހާ ކަންތައްތަކަށް ޢަމަލުކުރުން. 4- އޮފީހުގެ ރަސްމީ މަސައްކަތްތަކާ ގުޅޭގޮތުން ހަވާލުކުރެވޭ އެންމެހައި ކަންތައްތައް ކުރުން  | 
||
| 
 ޢިނާޔަތްތައް  | 
 ސިވިލް ސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.  | 
||
| 
 ހުށަހަޅަންޖެހޭ ލިޔުންތައް  | 
  | 
||
| 
 ސުންގަޑި  | 
 2016 ޖޫން 28 ވާ އަންގާރަ ދުވަހުގެ 13:30 ގެ ކުރިން މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑަރ (ބިއްލޫރިޖެހިގެ، މަޖީދީމަގު) ނުވަތަ ހދ. އަތޮޅު ފެމިލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރަށް ހުށަހެޅުން.  | 
||
| 
 އިންޓަރވިއު އޮންނާނެ ތާރީޚާއި ތަން:  | 
 މި މަޤާމުތަކަށް އެދިފައިވާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓްކުރެވޭ ފަރާތްތަކަށް އިންޓަރވިއު ކުރުން އޮންނާނީ މި އިޢުލާނުގެ މުއްދަތު ހަމަވާތާ އެއްމަސްދުވަހުގެ ތެރޭގައި (ބަންދު ދުވަސްތައް ނުހިމަނައި) އެވެ. އިންޓަރވިއު އޮންނާނީ އެ އަތޮޅެއްގެ އަތޮޅު ކައުންސިލް އިދާރާ މެދުވެރިކޮށް އެ އަތޮޅެއްގައެވެ.  | 
||
| 
 
  | 
 މަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނެ ނަންބަރަކީ 3027528/ 3027524 އެވެ.  | 
||
