އޮޑިޓަރ ޖެނެރަލްގެ އޮފީސް
ދިވެހިރާއްޖެ
ފިންގަރޕްރިންޓް އަދި ކާޑު އެކްސެސް ކޮންޓްރޯލް ސިސްޓަމެއް ހޯދުމަށް

އިޢުލާން

މި އޮފީހަށް ފިންގަރޕްރިންޓް އަދި ކާޑު އެކްސެސް ކޮންޓްރޯލް ސިސްޓަމެއް ހޯދުމަށް ކުރި، މި އޮފީހުގެ ނަންބަރު (IUL)7-ADMN/1/2016/27  އިޢުލާނާ ގުޅިގެން ތިންފަރާތަކުން ޝަރުޠު ހަމަވާ އަންދާސީހިސާބު ހުށަހަޅާފައި ނުވާތީ އެ އިޢުލާން ބާޠިލުކޮށް، މި މަސައްކަތްކޮށްދެއްވުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން އެ ކަމަށް ކުރިމަތިލެއްވުމުގެ ފުރުޞަތު އަލުން ހުޅުވާލަމެވެ.
ވީމާ، މި މަސައްކަތް ކޮށްދިނުމަށް ބޭނުންފުޅުވެވަޑައިގަންނަވާ ފަރާތްތަކުން 2016 ޖޫން 21 ވާ އަންގާރަ ދުވަހު 13:30 އަށް މި އޮފީހަށް ވަޑައިގެން މަޢުލޫމާތު އޮޅުންފިލުއްވުމަށްފަހު، 2016 ޖޫން 20 ވާ ހޯމަ ދުވަހުގެ 13:30 އަށް މި އޮފީހަށް އަގު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު އޮޅުންފިލުއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަވެސް ދެންނެވީމެވެ. 

14 ޖޫން 2016
ހޯދާ