އޮޑިޓަރ ޖެނެރަލްގެ އޮފީސް
ދިވެހިރާއްޖެ
ބައެއް ފަރުނީޗަރު ގަތުމަށް ބޭނުންވެއްޖެ

އައްޑޫ ސިޓީ ހިތަދޫގައި ހުންނަ މިއޮފީހުގެ ސަރަހައްދީ ގޮތްޕަށް ބައެއް ފަރުނީޗަރު ގަތުމަށް ކުރި މި އޮފީހުގެ ނަންބަރު (IUL)7-ADMN/1/2016/13 އިޢުލާނާ ގުޅިގެން ހޯދަން ބޭނުން ތަކެތީގެ ރިކުއަޔަރމަންޓް ބަދަލުވެފައިވާތީ، އެ އިޢުލާނު ބާޠިލުކޮށް، މިމަސައްކަތް ކޮށްދެއްވުމަށް ބޭނުންފުޅުވެލައްވާ ފަރާތްތަކުން އެ ކަމަށް ކުރިމަތިލެއްވުމުގެ ފުރުޞަތު އަލުން ހުޅުވާލަމެވެ.

ވީމާ، މި މަސައްކަތް ކޮށްދެއްވުމަށް ބޭނުންފުޅުވެލައްވާ ފަރާތްތަކުން 23 ޖޫން 2016 ވާ ބުރާސްފަތި ދުވަހުގެ 13:30 އަށް އައްޑޫ ސިޓީ ހިތަދޫގައި ހުންނަ މިއޮފީހގެ އިމާރާތަށް ވަޑައިގެން މަޢުލޫމާތު އޮޅުންފިލުއްވުމަށްފަހު، 30 ޖޫން 2016 ވާ ބުރާސްފަތި ދުވަހުގެ 13:30އަށް އައްޑޫ ސިޓީ ހިތަދޫގައި ހުންނަ މިއޮފީހުގެ އިމާރާތަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު އޮޅުންފިލުއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ. އަދި 13:30 ގެ ފަހުން މިކަމާ ގުޅޭ މަޢުލޫމާތު ހޯއްދެވުމަށް ހާޒިރުވެލައްވާ ފަރާތްތަކާއި އަންދާސީހިސާބު ހުށަހެޅުއްވުމަށް ހާޒިރުވެލައްވާ ފަރާތްތައް ހޯލަށް ނުވެއްދޭނެ ވާހަކަވެސް ދެންނެވީމެވެ.

14 ޖޫން 2016
ހޯދާ