މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑަރ
ދިވެހިރާއްޖެ
ފިޔަވަތި ހިޔާގެ ބައެއް މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑަރގެ ދަށުން ހުޅުމާލޭގައި ހިނގަމުންދާ ފިޔަވަތި ހިޔާއަށް ތިރީގައި މި ދަންނަވާ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު: (IUL)459-A/1/2016/49 އިޢުލާނަށް އެކަށީގެންވާ ތަރުޙީބު ލިބިފައިނުވާތީ، މި އިޢުލާން ބާޠިލުކޮށް ތިރީގައި މި ދަންނަވާ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާންކުރަމެވެ.

  • ފިޔަވަތި ހިޔާއަށް 1 (އެކެއް) އަހަރުދުވަހުގެ މުއްދަތަށް ކާބޯތަކެއްޗާއި ކުދިންނަށް ބޭނުންވާނެ އެހެނިހެން ތަކެތި ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުން
  • ފިޔަވަތި ހިޔާގެ މެއިންޓަނަންސްގެ މަސައްކަތް 1 (އެކެއް) އަހަރުދުވަހުގެ މުއްދަތަށް ކޮށްދޭނެ ފަރާތެއް ހޯދުން
  • ފިޔަވަތި ހިޔާ ފޮޅާ ސާފުކުރުމުގެ މަސައްކަތް 1 (އެކެއް) އަހަރުދުވަހުގެ މުއްދަތަށް ކޮށްދޭނެ ފަރާތެއް ހޯދުން
  • ފިޔަވަތި ހިޔާގެ އެއަރ ކޮންޑިޝަންތައް 1 (އެކެއް) އަހަރުދުވަހުގެ މުއްދަތަށް ސަރވިސްކޮށްދޭނެ ފަރާތެއް ހޯދުން

ވީމާ، މި މަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2016 ޖޫން 22 ވާ ބުދަ ދުވަހު 11:00 އަށް މި މިނިސްޓްރީ (ގ. ބިއްލޫރިޖެހިގެ) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2016 ޖޫން 28 ވާ އަންގާރަ ދުވަހު 13:00 އަށް މި މިނިސްޓްރީ (ގ. ބިއްލޫރިޖެހިގެ) އަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

އަދި ދަންނަވަމެވެ. މަތީގައި ދެންނެވިފައިވާ މަސައްކަތްތައް ކުރުމަށް އަންދާސީހިސާބު ހުށައަޅުއްވަންޖެހޭނީ ވަކިންނެވެ. އަދި  މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކާއި މަޢުލޫމާތު ފުރިހަމަނުވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

8 ރަމަޟާން  1437

 

 

13 ޖޫން 2016
ހޯދާ