ދިވެހިރާއްޖެ
އިޢުލާން
މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑަރގެ ދަށުން ވިލިނގިލީ އަވަށުގައި ހިނގަމުންދާ ކުޑަކުދިންގެ ހިޔާއަށް ތިރީގައި މި ދަންނަވާ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު: (IUL) 459-A/1/2016/50 އިޢުލާނަށް އެކަށީގެންވާ ތަރުޙީބު ލިބިފައިނުވާތީ، މި އިޢުލާން ބާޠިލުކޮށް ތިރީގައި މި ދަންނަވާ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާންކުރަމެވެ.
- ވިލިމާލެ ކުޑަކުދިންގެ ހިޔާއަށް 1 (އެކެއް) އަހަރުދުވަހުގެ މުއްދަތަށް ކާބޯތަކެއްޗާއި ކުދިންނަށް ބޭނުންވާނެ އެހެނިހެން ތަކެތި ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުން
ވީމާ، މި މަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2016 ޖޫން 22 ވާ ބުދަ ދުވަހު 11:00 އަށް މި މިނިސްޓްރީ (ގ. ބިއްލޫރިޖެހިގެ) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2016 ޖޫން 28 ވާ އަންގާރަ ދުވަހު 11:30 އަށް މި މިނިސްޓްރީ (ގ. ބިއްލޫރިޖެހިގެ) އަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
އަދި ދަންނަވަމެވެ. މަތީގައިވާ މަސައްކަތްތައް ކުރުމަށް އަންދާސީހިސާބު ހުށަހަޅުއްވަންޖެހޭނީ ވަކިންނެވެ. އަދި މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކާއި މަޢުލޫމާތު ފުރިހަމަނުވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.
8 ރަމަޟާން 1437