ދިވެހިރާއްޖެ
އިޢުލާން
މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާރވިސްގެ ލޯގޯ ހެދުމުގެ މުބާރާތް
މި މުބާރާތަކީ މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސްއަށް ލޯގޯއެއް ހެދުމަށްޓަކައި ބޭއްވޭ މުބާރާތެކެވެ. މި މިބާރާތުގައި ބައިވެރިވެވޭނީ ވަކި މިންގަނޑުތަކަކަށް ހުށަހެޅިފައިވާ ލޯގޯތައް އެކަންޏެވެ. މިގޮތުން މި މިންގަނޑުތައް ތިރީގައި ބަޔާންކުރެވިފައިވާނެވެ. މުބާރާތުން އެއްވަނައަށް ހޮވޭ ލޯގޯ އިޢުލާންކުރުން އޮންނާނީ 2016 ޖުލައި 4 ވާ ހޯމަ ދުވަހުއެވެ.
ހުށަހެޅުމުގައި ބަލަންޖެހޭ މިންގަނޑުތައް:
- މުބާރާތުގައި ބައިވެރިވެވޭނީ ހަމަ އެކަނި 18 އަހަރާއި 35 އަހަރާ ދެމެދުގެ ދިވެހިންނަށެވެ.
- އޮފިޝަލް އެންޓްރީ ފޯމް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސްގެ ވެބްސައިޓްއިން www.meteorology.gov.mv ޑައުންލޯޑް ކޮށް ފުރިހަމަ ކުރުމަށް ފަހު، ލޯގޯއާއެކު މި ފޯމު [email protected] މި އީމެއިލް އެޑްރެސްއަށް ހުށަހަޅަންވާނެވެ.
- ލޯގޯ ހުށަހަޅަންވާނީ (.jpeg, .png, ނުވަތަ pdf) ފޯމެޓަށެވެ. އަދި އެއްވަނައަށް ހޮވިއްޖެނަމަ ، ލޯގޯގެ ހައިރެސޮލިއުޝަން ވެކްޓަރ ފައިލު ހުށަހަޅަން ވާނެއެވެ. (އެޑޯބް އިލަސްޓްރޭޓަރ، އީޕީއެސް، ފޮޓޯޝޮޕް، ކޮރަލް ޑްރޯ، އިންޑިޒައިން ފޯރމެޓް )
- ކޮންމެ ބައިވެރިއަކަށްވެސް ގިނަ ވެގެން ހުށަހެޅޭނީ 3 ލޯގޯއެވެ.
- ހުށަހަޅާ ލޯގޯތަކުގެ ކުޑަ އަދި ބޮޑުމިން ބަދަލުކޮށްލަން ބޭނުންވެއްޖެނަމަ ފަސޭހަކަމާއެކު އެކަން ކުރެވެންވާނެއެވެ.
- ޑިޒައިންކުރެވޭ ލޯގޯ ވާންވާނީ ފަސޭހައިން ޕްރިންޓްކުރެވޭ އަދި މީޑިއާގައި ބޭނުން ކޮށްލެވޭ ޑިޒައިނަކަށެވެ.
- ހުށަހެޅުންތައް ހުށަހަޅަން ޖެހޭނީ 2016/6/30 ގެ 1200 ގެ ކުރިންނެވެ.
- މި މުބާރާތުގައި ބައިވެރިވުމަށް ފީއެއް ދައްކާކަށް ނުޖެހޭނެއެވެ.
ލޯގޯގެ މިންގަނޑު
ތީމު:
ލޯގޯ އިން ތަމްސީލުކޮށްދޭން ވާނީ ރާއްޖޭގެ މޫސުމާއި ކްލައިމެޓެވެ.
*ކަނޑު، އުޑު، އިރު، ވިލާތައް، ވާރޭ، ގުގުރުމާއި ވިދުން، ވައި، ރާޅު......
ކުލަ:
*ލޯގޯ ފުރިހަމަކުރުމަށް ވަކި ކުލައެއް ނެތެވެ. އެހެންނަމަވެސް ލޯގޯގައި ނޫ ކުލަ (ސްކައި ބުލޫ) ހިމަނަންވާނެއެވެ.
އިންޓެގްރިޓީ:
ލޯގޯގައި އެއްވެސް ކޮޕީރައިޓްސް މެޓީރިއަލްއެއް ހުރެގެން ނުވާނެއެވެ. ލޯގޯ ޑިޒައިންކޮށް ތައްޔާރުކުރަން ވާނީ އެ ހުށަހަޅާ ފަރާތަކުންނެވެ.
ލޯގޯ ހޮވުން
މި ސަރވިސްގެ މުވައްޒަފުންގެ ތެރެއިން ހޮވާލެވިފައިވާ ޚާއްޞަ ކޮމިޓީއަކުން ހުރިހާ ހުށަހެޅުންތައް ބެލުމަށްފަހު، މާރކްސް ދިނުމުގައި ތިރީގައި މިވާ ކަންތައްތަކަށް ރިޢާޔަތްކުރާނެއެވެ.
- ގުޅުންހުރި މިންވަރު - މި ސަރވިސްއާއި ލޯގޯއާ ގުޅުންހުރި މިންވަރު (%40)
- އުފެއްދުންތެރިކަން - އަމިއްލަ ޚިޔާލު ބޭނުންކޮށްފަހުރި މިންވަރު (%30)
- ރީތިކަމަށް – ކުލަތައް ގެނެސްދީފައިހުރި ރީތިކަމާއި ގުޅުންހުރި މިންވަރު (%30)