އެޓަރނީ ޖެނެރަލްގެ އޮފީސް
ދިވެހިރާއްޖެ
ނެޝަނަލް ލީގަލް އެއިޑް ކޮންފަރެންސްގައި ޕްރެސެންޓޭޝަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލުން

އިޢުލާން

ލީގަލް އެއިޑް ދިނުމުގައި މިހާރު ކުރިމަތިވަމުންދާ ގޮންޖެހުންތައް ދެނެގަނެ، މި ގޮންޖެހުންތަކަށް ހައްލެއް ހޯދުމުގެ ގޮތުންނާއި، މި މަސައްކަތް ހަރުދަނާކަމާއެކު ކުރިއަށް ގެންދިއުމުގެ މަޤުޞަދުގައި މި އޮފީހާއި ޔޫ.އެން.ޑީ.ޕީ.އާއި، ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީއާ ގުޅިގެން، "ޕްރޯ ބޯނޯ އިނިޝިއޭޓިވްސް: ބިލްޑިންގ ޕާޓްނަރޝިޕްސް އިން ލީގަލް އެއިޑް" މި ތީމުގެ ދަށުން، އަންނަ ޖުލައި މަހުގެ 20 ވާ ބުދަ ދުވަހު "ނެޝަނަލް ލީގަލް އެއިޑް ކޮންފަރެންސް" ގެ ނަމުގައި ޕެރެޑައިޒް އައިލެންޑް ރިސޯޓުގައި ބޭއްވުމަށް ހަމަޖެހިފައިވާ ކޮންފަރެންސްގައި ދިވެހިރާއްޖޭގައި މަސައްކަތްކުރައްވާ ޤާނޫނީ ވަކީލުންގެ ތެރެއިން ވަކީލަކަށް ޕްރެޒެންޓޭޝަނެއް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

ވީމާ، "ޕްރޯ ބޯނޯ އިނިޝިއޭޓިވްސް: ބިލްޑިންގ ޕާޓްނަރޝިޕްސް އިން ލީގަލް އެއިޑް" މި ތީމުގެ ދަށުން، މި ކޮންފަރެންސްގައި ޕްރެޒެންޓޭޝަން ހުށަހެޅުއްވުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2016 ޖޫން 16 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން އެ ފަރާތަކުން ހުށަހެޅުއްވުމަށް ގަސްދުކުރައްވާ ޕްރެޒެންޓޭޝަންގެ އެބްސްޓްރެކްޓް މި އޮފީހަށް ލިޔުމުން ހުށަހަޅުއްވައިދެއްވުން އެދެމެވެ.

07 ރަމަޟާން 1437

 

12 ޖޫން 2016
ހޯދާ