އެޓަރނީ ޖެނެރަލްގެ އޮފީސް
ދިވެހިރާއްޖެ
ނެޝަނަލް ލީގަލް އެއިޑް ކޮންފަރެންސްގައި ޤާނޫނީ ވަކީލުން ބައިވެރިވެވަޑައިގެންނެވުމަށްޓަކައި ރަޖިސްޓަރީވުމުގެ ފުރުޞަތު ހުޅުވާލުން

އިޢުލާން

ލީގަލް އެއިޑް ދިނުމުގައި މިހާރު ކުރިމަތިވަމުންދާ ގޮންޖެހުންތައް ދެނެގަނެ، މި ގޮންޖެހުންތަކަށް ހައްލެއް ހޯދުމުގެ ގޮތުންނާއި، މި މަސައްކަތް ހަރުދަނާކަމާއެކު ކުރިއަށް ގެންދިއުމުގެ މަޤުޞަދުގައި މި އޮފީހާއި ޔޫ.އެން.ޑީ.ޕީ.އާއި، ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީއާ ގުޅިގެން، "ޕްރޯ ބޯނޯ އިނިޝިއޭޓިވްސް: ބިލްޑިންގ ޕާޓްނަރޝިޕްސް އިން ލީގަލް އެއިޑް" މި ތީމުގެ ދަށުން، އަންނަ ޖުލައިމަހުގެ 20 ވާ ބުދަ ދުވަހު "ނެޝަނަލް ލީގަލް އެއިޑް ކޮންފަރެންސް"ގެ ނަމުގައި ޕެރެޑައިޒް އައިލެންޑް ރިސޯޓުގައި ބޭއްވުމަށް ހަމަޖެހިފައިވާ ކޮންފަރެންސުގައި ބައިވެރިވެވަޑައިގަތުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ދިވެހިރާއްޖޭގައި މަސައްކަތްކުރައްވާ ޤާނޫނީ ވަކީލުން، މި ކޮންފަރެންސްގައި ބައިވެރިވެވަޑައިގަތުމަށް ރަޖިސްޓަރީވުމުގެ ފުރުޞަތު ހުޅުވާލަމެވެ.

ވީމާ، މި ކޮންފަރެންސްގައި ބައިވެރިވެވަޑައިގެންނެވުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ޤާނޫނީ ވަކީލުން އެކަމަށް އެދިވަޑައިގެން، 2016 ޖޫން 16 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން މި އޮފީހަށް ލިޔުމުން ހުށަހެޅުއްވުން އެދެމެވެ.

07 ރަމަޟާން 1437

12 ޖޫން 2016
ހޯދާ