ނޮޅިވަރަންފަރު ސްކޫލް
ދިވެހިރާއްޖެ
ބައެއް މަރާމާތުތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

އަންދާސީހިސާބު ހުށަހެޅުއްވުމުގެ ދަޢުވަތު

މި ސްކޫލުގެ ނަންބަރު: GS-89/IUL/2016/22 (16 މޭ 2016) ގެ އިޢުލާނަށް އެއްވެސް ފަރާތަކުން އިޖާބަދީފައިނުވާތީ، އެ އިޢުލާން ބާޠިލުކޮށް، ތިރީގައި މިދަންނަވާ މަރާމާތުކުރުމަށް އަލުން އިޢުލާނުކުރަމެވެ.

ކުރަންޖެހޭ މަސައްކަތްތައް:

  1. ޕްރިންސިޕަލް ކެބިން ހެދުން.
  2. ސްކޫލުގެ ތެރޭގައި ދެ ވަޅު ބެހެއްޓުމާއި ފެންވައިރިންގެ މަސައްކަތްކުރުން.

ވީމާ، މި މަސައްކަތްތައް އަމިއްލަ ތަކެތީގައި ކޮށްދެއްވަން ޝައުޤުވެރިވެލައްވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރުމާއި އަންދާސީހިސާބު ހުށަހެޅުން ތިރީގައިވާ ތާވަލާ އެއްގޮތަށް އޮންނާނެއެވެ. ރަށުން ބޭރު ފަރާތްތަކުން މަޢުލޫމާތު ސާފުކުރެއްވުމަށް، ސްކޫލުގެ ފޯން ނަންބަރު: 6520535 އާ ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވިދާނެއެވެ. މަޢުލޫމާތު ސާފުކުރާ ފަރާތުގެ ބަދަލުގައި އަންދާސީހިސާބު ހުށަހަޅުއްވަން ދުރުވާ ފަރާތްތަކުން އެކަން އެނގޭނެ ސިޓީއެއް ހިފައިގެން ދުރުވުން އެދެމެވެ. މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުނުކުރައްވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. އަދި މި މަސައްކަތްކުރުމަށް ކުރިމަތިލެވޭނީ ވިޔަފާރި ޤާނޫނު (18/2014) ގެ ދަށުން ރަޖިސްޓަރީކުރެވިފައިވާ ކުންފުނިތަކަށާއި އަމިއްލަ ފަރުދުންގެ ވިޔަފާރި ޤާނޫނު (19/2014) ގެ ދަށުން ރަޖިސްޓަރީކުރެވިފައިވާ ފަރާތްތަކަށެވެ.

މަޢުލޫމާތު ސާފުކުރުން

އަންދާސީހިސާބު ހުށަހެޅުން

2016 ޖޫން 20 (ހޯމަ) ދުވަހުގެ 10:00 އަށް.

2016 ޖޫން 27 (ހޯމަ) ދުވަހުގެ 10:00 އަށް.

ނޮޅިވަރަންފަރު ސްކޫލުގެ ލައިބުރަރީގައި

ނޮޅިވަރަންފަރު ސްކޫލުގެ ލައިބުރަރީގައި

08 ރަމަޟާން 1437

13 ޖޫން 2016
ހޯދާ